ވަކި ޢިމާރާތަކަށް ކްރިމިނަލް ކޯޓު ބަދަލުކުރުމަށްފަހު މަސައްކަތް ފަށައިފި

crmct

އެސް.ޓީ.އޯ ހެޑްއޮފީސް ކުރިން ހިންގި ޢިމާރާތަށް ކްރިމިނަލް ކޯޓު ބަދަލުކުރުމަށްފަހު އެ ކޯޓުގެ މަސައްކަތްތައް މިއަދުވަނީ ފަށާފައެވެ. ކުށުގެ ތުހުމަތުގައި ކޯޓަށް ޙާޟިރުކުރެވޭ ފަރާތްތަކުގެ މުއްދަތު ޖެހުމުގެ ޝަރީޢަތުގެ މަޖިލީސްތައް މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހަވީރީހިނގުމުގައި ހުންނަ ޢިމާރާތުގައެވެ.

ޖަސްޓިސް ބިލްޑިންގ ގައި ހިންގަމުންގެންދިޔައިރު ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި އެ ކޯޓުގެ ހިންގުން އެސް.ޓީ.އޯ ހެޑްއޮފީސް ހިންގި އިމާރާތަށް ބަދަލުކުރުމަށް ނިންމާފައިވަނީ 16 މާރިޗު 2016 ގައެވެ.

އެ ޢިމާރާތުގައި ކުރިން ހިންގަމުންދިޔަ ސިވިލް ކޯޓުގެ ބައެއް ސެކްޝަންތައް ޖަސްޓިސް ބިލްޑިންގ އަށް ބަދަލުކުރުމަށްފަހު، އެ ޢިމާރާތަށް ކްރިމިނަލް ކޯޓު ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ 17 މާރިޗު 2016 ވީ ބުރާސްފަތި ދުވަހުއެވެ.

07 ފަނޑިޔާރުންނާއެކު 93 މުވައްޒަފުން ކްރިމިނަލް ކޯޓުގައި މިވަގުތު މަސައްކަތްކުރަމުން ގެންދާއިރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 70 އަށްވުރެ ގިނަ މައްސަލަ ކޯޓަށް ހުށަހެޅެއެވެ. އަދި މިކޯޓަކީ ދުވާލަކު އެވްރެޖްކޮށް 18 ގަޑިއިރު މަސައްކަތްކުރަމުންދާ ކޯޓެކެވެ.

ޖަސްޓިސް ބިލްޑިންގ ގައި ކްރިމިނަލް ކޯޓު ހިންގަމުން ގެންދިޔައީ ގާތްގަނޑަކަށް 9000 އަކަފޫޓުގެ އޭރިއާ އެއްގައެވެ. މިއީ ސަލާމަތާއި ރައްކާތެރިކަމާއެކު ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި އެންމެ އެކަށީގެންވާ ޖާގައަކަށް ނުވާތީ، ކޯޓުގެ ހިންގުން ވަކި ޢިމާރާތަށް ބަދަލުކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް އެންމެ އެކަށީގެންވާގޮތަށް އެސް.ޓީ.އޯ ހެޑްއޮފީސް ހިންގި ޢިމާރާތް 2013 ވަނަ އަހަރުގެ ތެރޭގައި ފަރުމާކުރެވުނު ނަމަވެސް، އެ ޢިމާރާތަށް ކޯޓު ބަދަލުކުރެވިފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގެ ހިންގުން މި ޢިމާރާތަށް ބަދަލުކުރެވުމާއެކު ކޯޓު ހިންގުމަށްޓަކައި ގާތްގަނޑަކަށް 18000 އަކަފޫޓުގެ ޖާގަ އެ ކޯޓަށް ލިބިގެންދާނެއެވެ.

ކްރިމިނަލް ކޯޓު ހިންގަމުން ގެންދިޔަ ޢިމާރާތަށް މި ގެނެވުނު ބަދަލާއެކު، ކޯޓުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރެވި ކުށުގެ ތުހުމަތުގައި ކޯޓަށް ޙާޟިރުކުރެވޭ ފަރާތްތަކާއި އިދާރީ ބޭނުންތަކުގައި ކޯޓަށް ޙާޟިރުވާ ފަރާތްތައް މަސްހުނި ނުވެ ކޯޓުގެ މަސައްކަތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހި ވެގެންދާނެއެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno