އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ކްރިމިނަލް ކޯޓުން ޢަމަލުކުރާ އުޞޫލު

އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގެ ޢާއްމު އުޞޫލަކީ ދަޢުވާ ލިބޭ މީހުންނާއި ދަޢުވާކުރާ ފަރާތާއި ހެކީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި އެމީހުންގެ މައްސަލަ ހުށަހަޅާ ފަރާތްތަކާއި މައްސަލަ ބަލާ ޤާޟީއާއި އެއްޙާޟިރެއްގައި އަދި އެއްމަޖިލިހެއްގައި ގޮތެއް ނިންމުން ނުވަތަ ޝަރީއަތް ހިންގުމެވެ. ޢަދުލު އިންޞާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެމަތީން އަވަސްކަމާއި ރައްކާތެރިކަމާއެކު އިންސާފު ފޯރުކޮށްދިނުމަށްޓަކައި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދުގައި ގޮތެއް ނިންމުމާއި ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުރިޔަށް ގެންދިއުމުގެ އިންތިޒާމް ޝަރުޢީ ދާއިރާގައި މިހާރު ވަނީ ހަމަޖެހިގެންގޮސްފައެވެ. އެގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދުގައި ގޮތެއް ނިންމުމާއި ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުރިޔަށް ގެންދިއުމުގައި ކްރިމިނަލް ކޯޓުން ޢަމަލު ކުރައްވަމުން ގެންދަވަނީ 03 ސެޕްޓެމްބަރު 2015 ގައި ކްރިމިނަލް ކޯޓުން ޢާންމުކުރައްވާފައިވާ " އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ދަށުންނެވެ.

އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ހިންގާ ޙާލަތުތަކަކީ ކޮބާ؟

އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ހިންގޭނީ ހަތަރު ޙާލަތެއްގައެވެ. އެޙާލަތްތަކަކީ:

1. ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރަންޖެހޭ މީހާ ހުރި ރަށްނޫން އެހެން ރަށެއްގައި ޝަރީޢަތް ހިންގުން
2. ކާކުކަން ނޭންގޭގޮތަށް ހެކިބަސްނެގުން
3. އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ހެކިބަސް ނެގުން
4. ދަޢުވާލިބޭ ފަރާތުގެ ޙާޟިރުގައި ހެކިބަސްދިނުމަށް ޢުޒުރުވެރިވާ ފަދަ ސަބަބެއް އޮތުން.

އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ނުވަތަ ބަންދު ކުރެވޭ މީހުންގެ ހައްޔަރު ނުވަތަ ބަންދާ މެދުގައި ގޮތެއް ނިންމުމުގެ ކަންކަން ކުރިޔަށް ގެންދާ ޙާލަތުތަކަކީ ކޮބާ؟

އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ނުވަތަ ބަންދު ކުރެވޭ މީހުންގެ ހައްޔަރު ނުވަތަ ބަންދާ މެދުގައި ގޮތެއް ނިންމުމުގެ ކަންކަން ކުރިޔަށް ގެންދާނީ 6 ޙާލަތެއްގައެވެ. އެއީ:

1. ކުށުގެ ތުހުމަތުގައި ހުރި މީހަކީ މާލެ ފިޔަވައި އެހެން ރަށެއްގައި ހުރި މީހަކު ކަމުގައި ވުން
2. ސަލާމަތީ ސަބަބުތަކަށްޓަކައި ކޯޓަށް ޙާޟިރުކުރުމަށް ޢުޛުރުވެރިވާ ފަދަ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރުން
3. ޙާޟިރުކުރަންޖެހޭ މީހަކީ ސިއްޙީ ސަބަބަކަށްޓަކައި ކޯޓަށް ޙާޟިރުކުރުން ރަނގަޅު ނޫން މީހެއް ކަމަށް ޤަބޫލުކުރެވޭފަދަ ބައްޔެއް ހުރި މީހަކު ކަމުގައިވުން.
4. ސުލޫކީ މައްސަލައެއްގެ ސަބަބުން ކޯޓަށް ޙާޟިރުކުރުމަށް ކޯޓުން ކަނޑައަޅާފައިވާ މީހަކު ކަމުގައިވުން
5. ކަމިޝަނަރ ނުވަތަ ޑެޕިއުޓީ ކަމިޝަނަރ ނުވަތަ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުރި މީހަކު ސަބަބު ބަޔާންކޮށް ކޯޓުގައި އެކަމަށް އެދުން
6. ކޯޓުން ވަކިގޮތަކަށް ނިންމުން

އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމާނީ އަދި ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގާނީ ކިހިނެތް؟

ޝަރީޢަތް ހިންގާ މަޖިލިސް ހިނގަމުންދާނީ ހުޅުވާލެވިގެން.

ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ނުވަތަ ކޯޓުން ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ހިންގާ މަޖިލިސް ހިނގަމުންދާނީ ހުޅުވާލެވިގެންނެވެ. އަދި ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި މެނުވީ ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ ޢާއްމުކޮށް ހުޅުވާލެވިފައިވާ މަޖިލިހެއްގައެވެ.

ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރަންޖެހޭ މީހާ ގުޅާލެވިފައިވާ ކޯޓަކަށް ނުވަތަ ކޯޓުން ކަނޑައަޅާ ތަނަކަށް ޙާޟިރުކުރާނެ.

އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ދަޢުވާ ލިބޭ ފަރާތް ގުޅާލެވިފައިވާ ކޯޓަކަށް ނުވަތަ ކޯޓުން ކަނޑައަޅާ ތަނަކަށް ޙާޟިރުކުރާނެއެވެ. "ގުޅާލެވިފައިވާ ކޯޓު" ނުވަތަ ތަނަކީ ޝަރީޢަތް ހިންގާ ކޯޓާއި އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ގުޅާލެވިފައިވާ ކޮންމެ ކޯޓެއް ނުވަތަ ތަނެކެވެ.

"އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 7 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ،
"...މިއުޞޫލުގެ 6 ވަނަ މާއްދާގައި ބުނެފައިވާ ޝަރީޢަތުގެ މަޖިލީހުގެ އަޑުއެހުންތައް ކުރިޔަށް ގެންދިއުމުގައި ދަޢުވާ ލިބޭ ފަރާތް ގުޅާލެވިފައިވާ ކޯޓަކަށް ނުވަތަ ކޯޓުން ކަނޑައަޅާ ތަނަކަށް ޙާޟިރުކޮށް...."

ގުޅާލެވިފައިވާ ކޯޓު ނުވަތަ ތަނުގައި ޙާޟިރުވެ ތިބޭނީ ދަޢުވާ ލިބޭ ފަރާތާއެކު، އޭނާގެ ވަކީލާއި ކޯޓުގެ އޮފިޝަލަކު ނުވަތަ ކޯޓުން ކަނޑައަޅާ ބަޔަކު.

ގުޅާލެވިފައިވާ ކޯޓު ނުވަތަ ކޯޓުން ކަނޑައަޅާ ތަނަކަށް ވަދެވޭނީ، ދަޢުވާ ލިބޭ ފަރާތާއި އޭނާގެ ވަކީލާއި ކޯޓުގެ އޮފިޝަލަކު ނުވަތަ ކޯޓުން ކަނޑައަޅާ ބަޔަކަށެވެ. "އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 7 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ،

"... ގުޅާލެވިފައިވާ ކޯޓަކަށް ނުވަތަ ކޯޓުން ކަނޑައަޅާ ތަނަކަށް ޙާޟިރުކޮށް މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދާ ވަގުތު ދަޢުވާލިބޭ ފަރާތާއިއެކު ކޯޓުގެ އޮފިޝަލަކު ނުވަތަ ކޯޓުން ކަނޑައަޅާ ބަޔަކު ޙާޟިރުވެ ތިބެންވާނެއެވެ."

އަދި 7 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ: "... މިއުޞޫލުގެ 7 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަރާތްތަކާއި، ދަޢުވާލިބޭފަރާތުގެ ވަކީލު ފިޔަވައި އިތުރުބަޔަކަށް ނުވަދެވޭނެއެވެ."

ޙާޟިރުކޮށްފައިވާ މީހާއަކީ ޝަރީޢަތުގެ މަޖިލިހަށް ބޭނުންވާ މީހާކަން ދެފަރާތުންވެސް ކަށަވަރުކުރާނެ

ޙާޟިރުކޮށްފައިވާ މީހާއަކީ ޝަރީޢަތުގެ މަޖިލިހަށް ބޭނުންވާ މީހާކަން ދެފަރާތުންވެސް ކަށަވަރުކުރާނެއެވެ. ޙާޟިރުކޮށްފައިވާ މީހާއަކީ ޝަރީޢަތުގެ މަޖިލިހަށް ބޭނުންވާ މީހާކަން ކަށަވަރުކުރާނީ، ދަޢުވާ އުފުލިފައިވާ ފަރާތެއް ނަމަ "އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ޖަދުވަލު 1 ގައިވާ ނަމޫނާ އެއްގޮތަށް ނަގާ ބަޔާނުގެ މައްޗަށް ބިނާކޮށެވެ. އަދި އެފަރަތަކީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހެއް ނަމަ އެ އުޞޫލުގެ ޖަދުވަލު 2 ގައިވާ ނަމޫނާ އެއްގޮތަށް ނަގާ ބަޔާނުގެ މައްޗަށް ބިނާކޮށެވެ.

"އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ވިދާޅުވުމަށް

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno