ކުރީގެ އެސިސްޓެންޓް އެޓަރނީ ޖެނެރަލް ވިޝާމް އާއި އަނބިކަނބަލުން ހަނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާފައެއް ނުވޭ

މަސްތުވާތަކެއްޗާ އެކު 28 ސެޕްޓެމްބަރު 2015 ވަނަ ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި ކުރީގެ އެސިސްޓެންޓް އެޓަރނީ ޖެނެރަލް އިސްމާއީލް ވިޝާމް އާއި އަނބިކަނބަލުން އަދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ ހަނާ ވަޙީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާފައި ނުވާކަމަށް ކްރިމިނަލް ކޯޓުން މަޢުލޫމާތު ދެއްވައިފިއެވެ. ކްރިމިނަލް ކޯޓުން މިގޮތަށް މަޢުލޫމާތު ދެއްވާފައި މިވަނީ އިސްމާއީލް ވިޝާމް އާއި ހަނާ ވަހީދުގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން، ފުރުން މަނާކޮށް ގޭ ބަންދުން ދޫކޮށްލައިފައިވާކަމަށް ފުލުހުން ބުނެފައިވާ ކަމަށް މީޑިޔާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، ކްރިމިނަލް ކޯޓުން އަމުރުކުރައްވައިފައިވަނީ 05 ދުވަހުގެ މުއްދަތަށް ގޭ ބަންދުގައި ބޭތިއްބުމަށް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބުނަނީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތިން ތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެކަމަށާއި ޝަރުޠަކާއެކު ނުވަތަ ޝަރުޠަކާ ނުލައި އެމީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ ފަނޑިޔާރަކަށް ލިބިގެންވާކަމަށެވެ. އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ މުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ށ) ދަށުން ގިނަވެގެން 15 ދުވަހުގެ މުއްދަތަށް އެމީހަކު ހައްޔަރުކޮށްފައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރު ފަނޑިޔާރަށް ނެރުއްވިދާނެއެވެ.

އިސްމާއިލް ވިޝާމް އާއި ހަނާ ވަހީދު މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކޮށްފައިވަނީ 29 ސެޕްޓެމްބަރު 2015 ވަނަ ދުވަހުއެވެ. ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، ކްރިމިނަލް ކޯޓުން އަމުރުކުރައްވައިފައިވަނީ 05 ދުވަހުގެ މުއްދަތަށް އިސްމާއީލް ވިޝާމް އާއި ހަނާ ވަހީދު ގޭ ބަންދުގައި ބޭތިއްބުމަށެވެ.

ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެއް ނުވޭ

ހައްޔަރުކޮށްފައި ނުވަތަ ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ދެއްވާ މުއްދަތު ހަމަވުމުގެ ކުރިން، ހައްޔަރުކޮށްފައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި ފަނޑިޔާރެއްގެ ކުރިފުޅު މައްޗަށް ހުށަހަޅައިފިނަމަ، އިތުރު މުއްދަތަކަށް ހައްޔަރުކޮށްފައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރު ފަނޑިޔާރަށް ނެރުއްވިދާނެކަމަށް ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރި މައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ނ) ގައި ބުނެއެވެ.

އިސްމާއީލް ވިޝާމް އާއި ހަނާ ވަޙީދު ގޭ ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ނެރުއްވި އަމުރުގައި ބުނާ މުއްދަތު ހަމަވެފައިވަނީ 04 އޮކްޓޯބަރު 2015 ވަނަ ދުވަހުގެ 12:29 ގައެވެ. ނަމަވެސް ބަންދުގެ މުއްދަތު ހަމަވުމުގެ ކުރީގައި ވެސް އަދި ބަންދުގެ މުއްދަތު ހަމަވި ފަހުން މިއަދާ ހަމައަށްވެސް، ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިސްމާއީލް ވިޝާމް އާއި ހަނާ ވަޙީދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno