ކްރިމިނަލް ކޯޓަށް ޤާޟީއަކާއި ސިވިލް ކޯޓަށް ހަތަރު ޤާޟީއަކު ޢައްޔަން ކުރައްވައިފި

ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓަށް ޤާޟީއަކާއި ސިވިލް ކޯޓަށް ހަތަރު ޤާޟީއަކު18  ފެބްރުއަރީ 2015 ވަނަ ދުވަހުގެ ރޭ  ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް ޢައްޔަންކުރައްވާފައިވަނީ ހުޅުމާލޭ ގޯތި 14-06، އަލްއުސްތާޛު އަޙްމަދު ރަޝީދެވެ. ސިވިލްކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރައްވާފައިވަނީ ހދ.މަކުނުދޫ/ޕިކެޑްލީ އަލްއުސްތާޛު ޙަސަން ފަޙީމް އިބްރާހީމާއި ގ.ފަރިދޫ އަލްއުސްތާޛު ޢަލީ ޢަބްދުﷲ އާއި ޅ.ކުރެންދޫ ރީޙުއްޞަބާ އަލްއުސްތާޛު ޢަބްދުއްނާޞިރު ޝަފީޤާއި ނ.ވެލިދޫ/އެލްޕާޝޯ އަލްއުސްތާޛު މުޙައްމަދު ޙަލީމެވެ.

މިކަމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ރޭ ބޭއްވުނު ރަސްމިއްޔާތުގައި އަލަށް ޢައްޔަންކުރެވުނު ޤާޟީންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު އެވެ. އަދި އަލަށް ޢައްޔަންކުރެވުނު ޤާޟީންނަށް ފަތްކޮޅު ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި އަލަށް ޢައްޔަންކުރެއްވި ޤާޟީންނާ މުޚާތަބުކުރައްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުންގެ އިންޓެގުރިޓީއާއި ޖުޑީޝަލް ވެލިއުސް އަދި ރޫލް އޮފް ލޯ ނެގެހެއްޓުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބޭފުޅުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno