އެސްޓީއޯ ކުރިން ހިންގި އިމާރާތަށް ސިވިލްކޯޓުގެ ބައެއް ސެކްޝަންތައް ބަދަލުކޮށްފި

 

ސުޕީރިއާ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން (އެސް.ޓީ.އޯ) ކުރީން ހިންގި އިމާރާތް މަރާމާތުކޮށް ނިންމައި އެއިމާރާތަށް ސިވިލްކޯޓުގެ އެގްރިމެންޓްތައް ރަޖިސްޓްރީ ކުރުމާބެހޭ ސެކްޝަނާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމާބެހޭ ސެކްޝަން ބަދަލުކޮށްފިއެވެ. މިސެކްޝަންތައް ކުރިން ހިންގަމުންދިޔައީ ހެންވޭރުގައި ހުންނަ ކުރީގެ ހައިކޯޓު ހިންގި އިމާރާތުގައެވެ.
އެސް.ޓީ.އޯ ކުރީން ހިންގި އިމާރާތަށް 28 ސެޕްޓެމްބަރ 2014 ބަދަލުކުރެވުނު މި ދެ ސެކްޝަންގެ އިތުރަށް، ސިވިލް ކޯޓުގެ އިދާރީ ބައެއް މަސައްކަތްތަކާއި ޖަސްޓިސް ބިލްޑިންގގައި ހިންގަމުންދާ ޝަރީޢަތް ހިންގުމާބެހޭ ބައެއް ސެކްޝަންތައްވެސް ކުރިޔަށް އޮތް ހަފްތާގެތެރޭގައި މިއިމާރާތަށް ބަދަލުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
މިމަސައްކަތަކީ ރާއްޖޭގެ ސިވިލް ޖަސްޓިސް ނިޒާމް ހަރުދަނާކޮށް، މައްސަލަތައް ނިންމުން ހަލުވިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ އެކްޝަންޕްލޭނުގެ ދަށުން ސިވިލްކޯޓުގެ ޚިދުމަތްގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި އެކޯޓުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ގުޅިގެން ކުރައްވާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.
އެސް.ޓީ.އޯ ކުރީން ހިންގި އިމާރާތް ފުރަތަމަ މަރާމާތު ކުރެވުނީ ކްރިމިނަލް ކޯޓު ބަދަލުކުރުމަށެވެ.

އެސްޓީއޯ ކުރިންހިންގި އިމާރާތަށް ސިވިލްކޯޓުގެ ބައެއް ސެކްޝަންތައް ބަދަލުކުރުމަށް ނިންމައިފި

ސުޕީރިއާ ކޯޓުތަކަށް ދިމާވެފައި ވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ޓަކައި ކުރީގެ އެސްޓީއޯ ހިންގި އިމާރާތް މަރާމާތުކޮށް ނިންމައި އެއިމާރާތަށް ސިވިލްކޯޓުގެ ބައެއް ސެކްޝަންތައް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތު ދެއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ވިދާޅުވެފައި ވަނީ، ކުރިޔަށްއޮތް ޖުލައި މަހުގެ ތެރޭގައި ސިވިލް ކޯޓު ބައެއް ސެކްޝަންތައް އެއިމާރާތަށްބަދަލުވެ ކުރެވޭނެކަމަށެވެ. އެއިމާރާތަށް ބަދަލުކުރެވެނީ އެގްރިމެންޓްތައް ރަޖިސްޓްރީ ކުރުމާބެހޭ ސެކްޝަނާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމާބެހޭ ސެކްޝަނާއި އިދާރީ ބައެއް މަސައްކަތްތަކާއި އަދި ޖަސްޓިސް ބިލްޑިންގގައި ކުރިޔަތްދާ ޝަރީޢަތް ހިންގުމާބެހޭ ބައެއް ސެކްޝަންތަކެވެ.

މި އިމާރާތް މަރާމާތުކޮށް ކޯޓުހިންގުމަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ސިވިލްކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން މިހާރު ކުރިއަށް ދެއެވެ.
މިމަސައްކަތަކީ ރާއްޖޭގެ ސިވިލް ޖަސްޓިސް ނިޒާމް ހަރުދަނާކޮށް މައްސަލަތައް ހަލުއިކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ކަނޑައަޅުއްވާފައިވާ އެކްޝަންޕްލޭނުގެ ދަށުން ސިވިލްކޯޓުގެ ޚިދުމަތްގެ ފެންވަރު ރަގަނޅު ކުރުމަށް ޓަކައި އެކޯޓުން ޑިޕާޓްމަންޓާ ގުޅިގެން ކުރައްވާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

ވަޒީފާގެ ފުރުޞަތު

ޑްރައިވަރ (ވަގުތީ) ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު 02 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

 

އިޢުލާން ވިދާޅުވުމަށް

ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް ނަޒާހަތްތެރިކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ވޯކްޝޮޕެއް ކުރިޔަށް ގެންގޮސްފި

ACC

ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް ނަޒާހަތްތެރިކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ވޯކްޝޮޕެއް 23 ޖަނަވަރީ 2016 ވީ ހޮނިހިރު ކުރިޔަށް ގެންގޮސްފިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ބޭއްވި މި ސެޝަން އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނުގައެވެ. 2 ސެޝަނަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ވޯކްޝޮޕްގައި ޖުވެނައިލް ކޯޓުގެ 21 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް...

ޙުކުމް ތަންފީޛުކުރުމަށްޓަކައި އިސްލާޙީ މަރުކަޒެއް (ޖުވެނައިލް ޑިޓެންޝަން ސެންޓަރ) ގައި ބޭތިއްބުމަށް ޖުވެނައިލް ކޯޓުން ފުރަތަމަ ފަހަރަށް ޙުކުމްކޮށްފި

''ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު'' ގެ 17 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެ މުޢާހަދާތަކުގެ ދަށުން އެކުލަވާލެވިފައިވާ ގައިޑްލައިންސްތަކަށް ރިޢާޔަތްކޮށް، ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން 15 އަހަރާއި 18 އަހަރުގެ ކުއްޖަކު، ކުށްކުރާ ކުދިން ބޭތިއްބުމަށް ޤާއިމްކޮށްފައިވާ އިޞްލާޙީ މަރުކަޒެއް (ޖުވެނައިލް ޑިޓެންޝަން ސެންޓަރ) ގައި ބައިތިއްބައިގެން ޙުކުމް ތަންފީޛުކުރުމަށް ޖުވެނައިލް ކޯޓުން ފުރަތަމަ ފަހަރަށް ޙުކުމްކޮށްފިއެވެ. މިފަދައިން ޖުވެނައިލް ކޯޓުން ޙުކުމްކޮށްފައިވަނީ، މިފަދަ ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމުގައި ވާތީ އާއި މިކަމާ ގުޅުންހުރި އެންމެހައި މުއައްސަސާތަކައި އެކު އެކިފަހަރު މަތިން ޖުވެނައިލް ކޯޓުގައި ބައްދަލުވުންތަކެއް ބާއްވާ އެފަރާތްތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމަށްޓަކައި ކުރެވުނު މަސައްކަތުގެ މައްޗަށް ރިޢާޔަތްކޮށް، ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިފަދަ މަރުކަޒުތަކުގައި ކުދިން ބޭތިއްބުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެންނެވެ.

އިތުރަށް ވިދާޅުވުމަށް...

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno