އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ކްރިމިނަލް ކޯޓުން ޢަމަލުކުރާ އުޞޫލު

އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގެ ޢާއްމު އުޞޫލަކީ ދަޢުވާ ލިބޭ މީހުންނާއި ދަޢުވާކުރާ ފަރާތާއި ހެކީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި އެމީހުންގެ މައްސަލަ ހުށަހަޅާ ފަރާތްތަކާއި މައްސަލަ ބަލާ ޤާޟީއާއި އެއްޙާޟިރެއްގައި އަދި އެއްމަޖިލިހެއްގައި ގޮތެއް ނިންމުން ނުވަތަ ޝަރީއަތް ހިންގުމެވެ. ޢަދުލު އިންޞާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެމަތީން އަވަސްކަމާއި ރައްކާތެރިކަމާއެކު އިންސާފު ފޯރުކޮށްދިނުމަށްޓަކައި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދުގައި ގޮތެއް ނިންމުމާއި ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުރިޔަށް ގެންދިއުމުގެ އިންތިޒާމް ޝަރުޢީ ދާއިރާގައި މިހާރު ވަނީ ހަމަޖެހިގެންގޮސްފައެވެ. އެގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދުގައި ގޮތެއް ނިންމުމާއި ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުރިޔަށް ގެންދިއުމުގައި ކްރިމިނަލް ކޯޓުން ޢަމަލު ކުރައްވަމުން ގެންދަވަނީ 03 ސެޕްޓެމްބަރު 2015 ގައި ކްރިމިނަލް ކޯޓުން ޢާންމުކުރައްވާފައިވާ " އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ދަށުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ކުރީގެ އެސިސްޓެންޓް އެޓަރނީ ޖެނެރަލް ވިޝާމް އާއި އަނބިކަނބަލުން ހަނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާފައެއް ނުވޭ

މަސްތުވާތަކެއްޗާ އެކު 28 ސެޕްޓެމްބަރު 2015 ވަނަ ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި ކުރީގެ އެސިސްޓެންޓް އެޓަރނީ ޖެނެރަލް އިސްމާއީލް ވިޝާމް އާއި އަނބިކަނބަލުން އަދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ ހަނާ ވަޙީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާފައި ނުވާކަމަށް ކްރިމިނަލް ކޯޓުން މަޢުލޫމާތު ދެއްވައިފިއެވެ. ކްރިމިނަލް ކޯޓުން މިގޮތަށް މަޢުލޫމާތު ދެއްވާފައި މިވަނީ އިސްމާއީލް ވިޝާމް އާއި ހަނާ ވަހީދުގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން، ފުރުން މަނާކޮށް ގޭ ބަންދުން ދޫކޮށްލައިފައިވާކަމަށް ފުލުހުން ބުނެފައިވާ ކަމަށް މީޑިޔާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އިތުރަށް ވިދާޅުވުމަށް...

މިއަހަރުގެ ތިންވަނަ ފިޔަވަހީގެ ލަނޑުދަނޑިއަށް ސިވިލް ކޯޓުން ވާޞިލުވެއްޖެ

civ

މިއަހަރުގެ ތިންވަނަ ފިޔަވަހީގައި ނިންމުމަށް ކަނޑައެޅިފައިވާ 08 މަހަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއް ފިޔަވައި 08 މަހަށްވުރެ ގިނަދުވަސްވެފައިވާ ހުރިހާ މައްސަލައެއް ނިންމައި، 2016 ވަނަ އަހަރުގެ ތިންވަނަ ފިޔަވަހީގެ ލަނޑުދަނޑިއަށް ސިވިލް ކޯޓުން ވާޞިލުވެއްޖެއެވެ.

އިތުރަށް ވިދާޅުވުމަށް...

ސިވިލް ކޯޓުގެ "ތުޅުދަނޑި" 2016ގެ ދެވަނަ ފިޔަވަހީގެ ލަނޑުދަނޑިތައް ޙާޞިލުކޮށްފި

2016 ވަނަ އަހަރުގެ ދެވަނަ ފިޔަވަހީގައި ނިންމުމަށް ކަނޑައެޅިފައިވާ 01 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއް ފިޔަވައި، އަހަރަކަށްވުރެ ގިނަދުވަސްވެފައިވާ ހުރިހާ މައްސަލައެއް ނިންމައި، 2016 ވަނަ އަހަރުގެ ދެވަނަ ފިޔަވަހީގައި ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ސިވިލް ކޯޓުން ޙާޞިލްކޮށްފިއެވެ.

މިއީ ސިވިލް ކޯޓަށް، އެނަމެއް ނިސްބަތްވާ މަދަނީ ކޯޓު އުފެދުނު ހިސާބުން ފެށިގެން މިހާތަނަށް ޙާޞިލުވެފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެކެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހި ދައުލަތުގެ ބަންޑާރަނައިބަށް އަންގާ އެންގުން

ސިވިލް ކޯޓުން ކުރާ ޙުކުމްތަކާއި، ނެރޭއަމުރުތަކާއި، ނިންމާ ނިންމުންތަކާ މެދުގައި ޢާންމުންގެ ހިތްތަކުގައި ނަފުރަތެއް އުފެދި، ނުކިޔަމަންތެރިކަމެއް ގެނެސްގަތުމުގެ މަގެއްފަހިކޮށްދެވޭގޮތަށް  ކުރާ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން، ކަން އޮތްގޮތް ބުނެދީ, ކޯޓުގެ ޙުރުމަތް ކެނޑޭގޮތަށް ޢަމަލުނުކުރުމަށް ދިވެހި ދައުލަތުގެ ބަންޑާރަނައިބަށް ސިވިލް ކޯޓުން އެންގުމެއް އަންގައިފިއެވެ.

 

ސިވިލް ކޯޓުގެ އެންގުން ވިދާޅުވުމަށް

 

 

ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް ހުށަހަޅާ ލިޔުންތަކާއި ތަކެތި ސިވިލް ކޯޓުގެ އިދާރީ ކައުންޓަރު ތަކުން ބަލައިގަންނަމުންދާނެ

ސިވިލް ކޯޓުން އެހެން ގޮތަކަށް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް ހުށަހަޅަންޖެހޭ މައްސަލަތަކާއި، ވަގުތީ އަމުރުތަކާއި ސިޓީ ފަދަ ތެކެތި ޖަސްޓިސް ބިލްޑިންގްގައި ހުންނަ ސިވިލް ކޯޓުގެ އިދާރީ ކައުންޓަރުތަކުން ބަލައި ގަންނަމުން ދާނެއެވެ.

 

ސިވިލް ކޯޓުގެ އިޢުލާނު ވިދާޅުވުމަށް

ސިވިލް ކޯޓުގެ ހުރިހާ ސެކްޝަންތައް ޖަސްޓިސް ބިލްޑިންގ އަށް ބަދަލުކޮށްފި

IMG 5471

ތީމުގޭ އުތުރުން ހަނވީރީ ހިނގުމުގައި ހުންނަ މަދަނީ ވެހި ޢިމާރާތުގައި ހިންގަމުން ގެންދިޔަ ސިވިލް ކޯޓުގެ ހުރިހާ ޑިވިޜަންތަކާއި ސެކްޝަންތައް ޖަސްޓިސް ބިލްޑިންގ އަށް ބަދަލުކޮށްފިއެވެ. މިބަދަލާއެކު، 20 މާރިޗް 2016 ވަނަ ދުވަހުން ދުވަހުން ފެށިގެން މިޑިވިޜަންތަކާއި ސެކްޝަންތައް ހިންގަމުން ގެންދާނީ ޖަސްޓިސް ބިލްޑިންގ ގައެވެ.

އިތުރަށް ވިދާޅުވުމަށް...

ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން %40 މައްސަލަ ޙައްލުވި – ސިވިލް ކޯޓު

civilc

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް ހުށަހެޅުނު މައްސަލަތަކުގެ %40 މައްސަލަ ނިމިފައިވަނީ ޞުލްޙަވެރިކަމާއެކު ޙައްލުވެގެން ކަމަށް ސިވިލް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. "ސިވިލް ކޯޓުގެ ތުޅުދަނޑި" ގެ ނަމުގައި 31 ޖަނަވަރީ 2016 ގައި ސިވިލް ކޯޓުން ޝާއިޢުކޮށްފައިވާ ސިވިލް ކޯޓުގެ 2015 ވަނަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް 2015 ވަނަ އަހަރު ހުށަހެޅިފައިވަނީ 1568 މައްސަލައެވެ.

އިތުރަށް ވިދާޅުވުމަށް...

ސިވިލް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ނިންމަވައިފި

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ދުވަސްވެފައިވާ މައްސަލަތައް މިއަހަރުގެ ތެރޭގައި ކުޑައަޑިކޮށް ނިންމުމަށް އެ ކޯޓުގެ ޤާޟީން ގަދައަޅާ ކުރާ މަސައްކަތުގައި 01 ޑިސެމްބަރ 2015 އިން 20 ޑިސެމްބަރ 2015 އަށް މިހިނގާ ދުވަސްތަކުގައިވެސް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ކޯޓުގެ ޤާޟީން ނިންމަވައިފިއެވެ.

ސިވިލް ކޯޓުގެ ދެންނެވުން ވިދާޅުވުމަށް

ސިވިލް ކޯޓުގައި ޤާއިމުކޮށްފައިވާ 5 ޑިވިޜަނަށް ޤާޟީން ހަމަޖައްސަވައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/02/SC (08 ޖަނަވަރީ 2015) އާއި 2015/04/SC (14 ޖަނަވަރީ 2015) ސަރކިއުލަރގެ ދަށުން ސިވިލް ކޯޓުގައި ޤާއިމުކޮށްފައިވާ 5 ޑިވިޜަނަށް ޤާޟީން ހަމަޖައްސަވައިފިއެވެ. ސިވިލް ކޯޓުގައި ޤާއިމުކޮށްފައިވާ 5 ޑިވިޜަނަށް ޤާޟީން ހަމަޖައްސަވާފައިވަނީ 21 ފެބުރުވަރީ 2015 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 10 ވަނަ ބައްދަލުވުމުގައެވެ.

އިތުރަށް ވިދާޅުވުމަށް...

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno