2016 ވަނަ އަހަރުގައި ކުރިމިނަލް ކޯޓަށް ގިނަ އަދަދެއްގެ މައްސަލަތަކެއް ބަލައިގެންފި

slide-005

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް 2015 ވަނަ އަހަރުގައި ހުށަހެޅި މައްސަލަތަކަށް ވުރެ 2016 ވަނަ އަހަރުގައި ހުށަހެޅި މައްސަލަތައް ވަރަށް ބޮޑުތަން އިތުރުވެގެން ހިނގައްޖެއެވެ. މި އަހަރު ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ ، މުޅިން އަލަށް ހުށަހަޅާފައިވާ މައްސަލަތަކެވެ. 2015 ވަނަ އަހަރު، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން، ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޖުމުލަ 806 މައްސަލަ އެވެ. 2016 ވަނަ އަހަރުގައި މިހާތަނަށްވެސް އެކަނި 1563 މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. މިއީ 2015 ވަނަ އަހަރުގައި ހުށަހެޅި މައްސަލަތަކާ އަޅާ ބަލާއިރު 93% މައްސަލާގެ އިތުރުވުމެކެވެ. މި އަހަރުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އެންމެ ގިނައިން މައްސަލަތައް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ، މި އަހަރުގެ އެންމެ ފަހު ތިން މަހުގެ ތެރޭގައެވެ. އެގޮތުން، އޮކުޓޫބަރު މަހު 241 މައްސަލައާއި، ނޮވެންބަރު މަހު 140 މައްސަލަ އަދި ޑިސެންބަރު މަހުގެ މިހާތަނަށް 210 މައްސަލަ ހުށަހަޅާފައިވެއެވެ. އޮގޮތުން 04 ޑިސެންބަރު 2016 އިން 10 ޑިސެންބަރު 2016 އަށް ކުރިމިނަލް ކޯޓަށް ޖުމުލަ 114 މައްސަލަ ހުށަހަޅާފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. މިއީ، ޑިސެންބަރު މަހުގައި ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 96% މައްސަލައެވެ. އިސްލާޙް ކުރަން ހުރި ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އަނބުރާ ފޮނުވާލާފައިވާ 163 މައްސަލަ ފިޔަވައި ދެން ހުރި ހުރިހާ މައްސަލައެއް ވަނީ ކުރިމިނަލް ކޯޓުން ބަލާގެންފައެވެ.

ކްރިމިނަލް ކޯޓާއި ސިވިލްކޯޓަށް އަލަށް ޢައްޔަންކުރެއްވި ފަނޑިޔާރުން މަޤާމުގެ ހުވާކުރައްވައިފި

judgesoath

ކްރިމިނަލް ކޯޓާއި ސިވިލްކޯޓަށް ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވާފައިވާ 4 ފަނޑިޔާރުން މަޤާމުގެ ހުވާ ކުރައްވައި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ސިވިލް ކޯޓުގެ "ތުޅުދަނޑި" 2016ގެ ފުރަތަމަ ފިޔަވަހީގެ ލަނޑުދަނޑިތައް ޙާޞިލުކޮށްފި

civilcourtthulhudhandi2016

ސިވިލް ކޯޓަށް އެނަމެއް ނިސްބަތްވާ މަދަނީ ކޯޓު އުފެދުނު ހިސާބުން ފެށިގެން މިހާތަނަށް ޙާޞިލުވެފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެއް 2016 ވަނަ އަހަރުގެ ފުރަތަމަ ފިޔަވަހީގައި އެކޯޓުން ޙާޞިލުކޮށްފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ކްރިމިނަލް ކޯޓުގެ ޖާގަ ތަނަވަސްކޮށްދިނުމަށް ނިންމައިފި

IMG 5471

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި އެ ކޯޓުގެ ހިންގުން ހަވީރީ ހިނގުމުގައި ހުންނަ ކުރީގެ އެސް.ޓީ.އޯ ހިންގަމުންދިޔަ އިމާރާތަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

02 މާރިޗު 2016 ގައި ކްރިމިނަލް ކޯޓުން ނެރުއްވި ނޫސް ބަޔާނާ ގުޅޭ

crimm

މީސްތަކުންގެ އަބުރާއި ޢިއްޒަތާއި ޝަރަފާއި ކަރާމާތަށް، އެއްވެސް އިމެއްނެތި ބަޔަކު އަރައިގަންނަ އަރައިގަތުން ހުއްޓުވުމަށްޓަކައި، ދިވެހިރާއްޖޭގެ ކުރިމިނަލް ކޯޓުން އިސްވެ އަޅަން ޖެހިއްޖެ ކޮންމެ ފިޔަވަޅެއްމެ އަޅަމުން ގެންދާނެކަމުގެ ޔަޤީންކަން ކްރިމިނަލް ކޯޓުން ދެއްވައިފިއެވެ. މިކަން ބަޔާންކުރައްވައި 02 މާރިޗު 2016 ގައި ކްރިމިނަލް ކޯޓުން ނެރުއްވި ނޫސް ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައިވާ ނުކުތާތައް ތިރީގައި އެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

ކްރިމިނަލް ކޯޓަށް ޤާޟީއަކާއި ސިވިލް ކޯޓަށް ހަތަރު ޤާޟީއަކު ޢައްޔަން ކުރައްވައިފި

ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓަށް ޤާޟީއަކާއި ސިވިލް ކޯޓަށް ހަތަރު ޤާޟީއަކު18  ފެބްރުއަރީ 2015 ވަނަ ދުވަހުގެ ރޭ  ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް ޢައްޔަންކުރައްވާފައިވަނީ ހުޅުމާލޭ ގޯތި 14-06، އަލްއުސްތާޛު އަޙްމަދު ރަޝީދެވެ. ސިވިލްކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރައްވާފައިވަނީ ހދ.މަކުނުދޫ/ޕިކެޑްލީ އަލްއުސްތާޛު ޙަސަން ފަޙީމް އިބްރާހީމާއި ގ.ފަރިދޫ އަލްއުސްތާޛު ޢަލީ ޢަބްދުﷲ އާއި ޅ.ކުރެންދޫ ރީޙުއްޞަބާ އަލްއުސްތާޛު ޢަބްދުއްނާޞިރު ޝަފީޤާއި ނ.ވެލިދޫ/އެލްޕާޝޯ އަލްއުސްތާޛު މުޙައްމަދު ޙަލީމެވެ.

އިތުރަށް ވިދާޅުވުމަށް...

ކްރިމިނަލް ކޯޓުގެ ނޫސް ބަޔާނާގުޅޭ

ދިވެހި ދައުލަތުގެ އިސްވެރިންގެ މިންނެތް މަސައްކަތްޕުޅުންނާއި، ދިވެހިރާއްޖެއަށް ހެވާ ލާބަ އެދޭ ގިނަ ބައެއްގެ މަސައްކަތުން، ދިވެހިރާއްޖޭގައި ޤާއިމުވެ އިސްތިޤުރާރު ވެފައިވާ؛

1- އަމާންކަން ނަގާލައި،

2- ދިވެހި ރައްޔިތުންގެ މެދުގަ ފިތުނަ ފަސާދަ އުފެއްދުމަށާއި ދިވެހި ދައުލަތުގެ އިސް ވެރިންނާއި މުއައްސަސާތަކާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށާއި،

3- ދައުލަތުގެ ތިން ބާރުގެ އަގުވައްޓާލުމަށާއި،

4- ދިވެހި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް،

ދިވެހިރާއްޖޭގައި ނެރެމުންދާ ބައެއް ނޫސްތަކުގައި ލިޔުއްވާ ބައެއް ނޫސްވެރިން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވާއިރު،

އަދި އޭގެތެރެއިން ބައެއް ލިޔުންތަކަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ޒާތުގެ ލިޔުންތަކެއްކަން ފާހަގަކުރެވިފައި ވާތީ މިހާރުން މިހާރަށް މިފަދަ ޢަމަލުތައް ހުއްޓާލެއްވުމަށް އެންމެހައި ނޫސްވެރިންނަށް ކްރިމިނަލް ކޯޓުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

 އެފަދަ ލިޔުންތައް ލިޔުއްވައިގެން، ދިވެހި ދައުލަތުގެ އަމަންޢާއްމާއި އިސްތިޤުރާރު ނަގާލައި، ދިވެހި ދައުލަތުގެ ސިޔާދަތަށް ބުރޫއަރާފަދަ ޢަމަލުތައް ކުރައްވާ ކޮންމެ މީހަކާމެދު ކްރިމިނަލް ކޯޓުން ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަން އެ ކޯޓުންވަނީ ޢާންމުުކުރައްވާފައެވެ.

ނޫސްބަޔާން ވިދާޅުވުމަށް

ޤާނޫނީ ވަކީލު އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު ހަމަސްދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފި

ޤާނޫނީ ވަކީލު، އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު ސަސްޕެންޑުކޮށްފައިވަނީ، ކްރިމިނަލް ކޯޓާއި، ކްރިމިނަލް ކޯޓުގެ ޤާޟީންނާއިމެދު ޢާންމުންގެ މެދުގައި ނުބައި ތަޞައްވަރެއްދީ، ކޯޓާއި، ކޯޓުގެ ޤާޟީންގެ އަގުވައްޓާލައި، ޝަރުޢީ ދާއިރާއާއިމެދު ޢާންމުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ތަފާތު އެކިފަހަރުމަތިން މާލެ، ގ.ކެނެރީގެ، އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު މަސައްކަތްކުރަމުންދާތީ، އެފަދަ ކަންތައްތައް ހުއްޓާލުމަށް އެކިފަހަރުމަތިން އަޙްމަދު ނާޡިމް ޢަބްދުއްސައްތާރަށް އަންގައި ނަޞޭޙަތްތެރިވުމުން، އެކަންތައްތައް ހުއްޓާނުލައި ތަކުރާރުކުރަމުންދާތީއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ވިދާޅުވުމަށް


ވަކި ޢިމާރާތަކަށް ކްރިމިނަލް ކޯޓު ބަދަލުކުރުމަށްފަހު މަސައްކަތް ފަށައިފި

crmct

އެސް.ޓީ.އޯ ހެޑްއޮފީސް ކުރިން ހިންގި ޢިމާރާތަށް ކްރިމިނަލް ކޯޓު ބަދަލުކުރުމަށްފަހު އެ ކޯޓުގެ މަސައްކަތްތައް މިއަދުވަނީ ފަށާފައެވެ. ކުށުގެ ތުހުމަތުގައި ކޯޓަށް ޙާޟިރުކުރެވޭ ފަރާތްތަކުގެ މުއްދަތު ޖެހުމުގެ ޝަރީޢަތުގެ މަޖިލީސްތައް މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހަވީރީހިނގުމުގައި ހުންނަ ޢިމާރާތުގައެވެ.

އިތުރަށް ވިދާޅުވުމަށް...

ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޛު އިބްރާހީމް ޢަލީ ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ބަދަލުކުރައްވައިފި

 

IB22

ފެމިލީ ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި ގ.ރޭނިސް، އަލްއުސްތާޛު އިބްރާހީމް ޢަލީ ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ބަދަލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.