ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޝަރުޢީ ދާއިރާގެ ޙަރަކާތްތައް ކަވަރ ކުރުމުގެ ފުރުޞަތު ރާއްޖެ ޓީވީ އަށް ނުދިނުމަށް ނިންމައިފި

2018 އޮކްޓޫބަރު 31 ވަނަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި، ޝަރުޢީ ކޯޓުތަކާއި ފަނޑިޔާރުންގެ، އަދި ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ އަދި މުޅި ޝަރުޢީ ދާއިރާގެ ކަރާމާތާއި ޤަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާކަން ފާހަގަކުރެވިފައިވާތީ އާއި، ރާއްޖެ ޓީވީ ގެ މި ޢަމަލަކީ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދު ގެ 4 ވަނަ މާއްދާގެ (ހ) ގެ 1، 8، 15 އަދި  16 ވަނަ ނަންބަރާ ޚިލާފު ޢަމަލެއްކަމަށް ވާތީ، މި މައްސަލަ ބަލައި ތަޙުޤީޤުކޮށް  މި މައްސަލައިގައި އިތުރު ގޮތެއް ކަނޑައަޅަންދެން، ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޝަރުޢީ ދާއިރާއިން އިންތިޒާމްކުރާ އެއްވެސް ޙަރަކާތެއް ކަވަރ ކުރުމުގެ ފުރުޞަތު ރާއްޖެ ޓީވީ އަށް ނުދިނުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

އިޢުލާން ވިދާޅުވުމަށް