ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ ޚާއްޞަ މުނާސަބާ ކުލަގަދަކޮށް ފާހަގަކޮށްފި

IMG 9176

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ ޚާއްޞަ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ރަސްމިއްޔާތެއް ބާއްވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 10 އަހަރު ފުރިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އޮތް ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ކުރީގެ އުއްތަމަ ފަނޑިޔާރު ރިޓަޔަރޑް ޖަސްޓިސް އޮނަރަބަލް އަލްއުސްތާޛު އަޙުމަދު ފާއިޒު ޙުސައިން އާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް އާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އާއި، ހައިކޯޓާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކާއި ޖަސްޓިސް ސެކްޓަރ ގައި ހިމެނޭ މުއައްސަސާތަކާއި އިދާރާތަކުގެ އިސްވެރިންނާއި ޤާނޫނީ ވަކީލުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުވައްޒަފުންނާއި، ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

IMG 9177

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވާހަކަފުޅު ދެއްކެވުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވުނު މި ޚާއްޞަ  ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވާހަކަފުޅު ދެއްކެވިއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅު ވާހަކަފުޅުގައި، ސުޕްރީމް ކޯޓު އުފެދުނު ތާރީޚު ކަމުގައިވާ 2008 ސެޕްޓެމްބަރު 18 ވަނަ ދުވަހަކީ، ދިވެހި ދައުލަތުގެ ދުސްތޫރީ ޙަޔާތުގެ އެންމެ މުހިންމު އެއް ދުވަސްކަން ފާހަގަކުރައްވައި، އެ ތާރީޚުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދިގެން ދިޔުމަކީ،  ބާރުތައް ވަކިވެފައިވާ ދުސްތޫރީ ނިޒާމެއްގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމް މުސްތަޤިއްލު ބާރެއްގެ ގޮތުގައި ތަންޛީމްކޮށް ހިންގުމަށްޓަކައި ގެނެވުނު ދުސްތޫރީ މުހިންމު އިޞްލާހެއް ކަމުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އައު ޤާނޫނުއަސާސީ 2008 ވަނަ އަހަރު ވުޖޫދަށް އައުމުގެ ކުރިން، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމް މަސައްކަތް ކުރަމުންދިޔަ ގޮތުގެ ތާރީޚަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމަކީ އަބަދުވެސް ޢުޟުވީގޮތުން ވެރިކަން ހިންގުމުގެ ބާރަށް ތަބާވާ، އިދާރީގޮތުން އެބާރުގެ ބައެއްގެ ގޮތުގައި ހިނގަމުންދިޔަ ނިޒާމެއް ކަމަށާއި، 1980 ވަނަ އަހަރު ދިވެހިރާއްޖޭގެ ހައިކޯޓު އުފެދުނު ނަމަވެސް، ކުރީގެ ދުސްތޫރުތަކުން އެ ކޯޓަށް ވެސް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ މަތީ ބާރު ލިބިދީފައި ނުވާކަން ފާހަގަކުރެއްވިއެވެ. އެހެންމަވެސް، އެއިރުގައިވެސް ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއްކަން އެމަނިކުފާނު ފާޙަގަކުރެއްވިއެވެ.

"ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ނިޒާމުގައި މަސައްކަތްކުރާ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އިސްލާމީޝަރީޢަތުގެ އަޙްކާމުތަކާއި ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އަދާކުރުމުގައި ވަޡީފީ ގޮތުން އަބަދުވެސް މިނިވަން މުސްތަޤިއްލު ބައެއްކަން ފާޙަގަކުރެވޭ" އެމަނިކުފާނު ވިދާޅުވިއެވެ.

 އެމަނިކުފާނުގެ ވާހަކަފުޅުގައި ސުޕްރީމް ކޯޓުގެ 10 އަހަރުގެ ތާރީޚުގައި ސުޕްރީމް ކޯޓުގެ މަސައްކަތުން ޙާޞިލުކުރެވިފައިވާ ކަންތައްތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި، ޤާނޫނުއަސާސީގެ ސިފަތައް ހިމާޔަތްކޮށްދީ، ޤާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި މުހިންމު ނިންމުންތަކެއް ނިންމައި، އެ ނިންމުންތަކުގެ ޒަރީޢާއިން މުހިންމު މަބާދިއުތަކާއި އުޞޫލުތަކާއި، ޤަޟާއީ ސަވާބިގުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކަށައަޅާފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ޢަދުލުއިންޞާފަށް ފަސޭހައިން ވާޞިލުވުން ކަށަވަރުކުރުމަށްޓަކައި، ސުޕްރީމް ކޯޓުގެ ނިންމުންތަކާއި، ރޫލިންގ ތަކާއި، ސަރކިއުލަރ ތަކާއި، އަދި ޝަރީޢަތްކުރުމާބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ޤަވާޢިދުތަކުންވެސް ބޭނުންތެރި ހަމަތަކާއި އުޞޫލުތަކެއް ތަޢާރަފްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ކުރިމަގަށްޓަކައި ކަނޑައަޅަންޖެހޭ ލަނޑުދަނޑިތަކަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

"ވަކިވަކި ކޯޓުތަކުން ޝަރީޢަތްކުރުމުގައި މިނިވަންކަމާއި ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމާއި، ކޯތުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ޝަރީޢަތްކޮށް ޙުކުމްކުރުމުގެ މަރުޙަލާ ދިގުދެމިގެން ނުދާނޭ ފަދަ ގޮތަކަށް ކޭސް މެނޭޖްކުރުން ފަދަ ކަންކަމަކީ، މި ދެންނެވި ގޮތުގެ މަތިން ލަނޑުދަނޑިތަކެއް ކަނޑައެޅިގެންދާއިރު ވިސްނަންޖެހޭ މުހިންމު ބައެއް ކަންކަން"  އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، މި ޒަމާނުގެ ކުރިއަރާފައިވާ އެހެނިހެން ޖުރިސްޑިކްޝަންތަކެކެކޭ އެއް ފަދައިން، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ނިޒާމަކީ އިދާރީ އަދި މާލީ ކަންކަމުގައިވެސް މުސްތަޤިއްލުކަމާއެކު ހަރުދަނާ އިންތިޒާމެއްގެ ދަށުން ހިނގާ ނިޒާމަކަށް ހެދުމަކީ ވަރަށް މުހިންމު، ޟަރޫރަތްތެރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ކޯޓުތަކުގެ އިދާރީ އޮނިގަނޑު ޒަމާނަށް ފެތޭ ގޮތަށް އިޞްލާޙުކުރުމާއި، ކޯޓުތަކަށް އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް ހޯދައި ފުރިހަމަކޮށްދިނުމާއި، އިންފޮޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ވަޞީލަތްތައް އެކަށީގެންވާ ގޮތެއްގައި ކޯޓުތަކުގައި ޤާއިމުކޮށްދިނުމާއި، ފަނޑިޔާޜުންނާއި މުވައްޒަފުންނަށް ބޭނުންވާ ރައްކައުތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ތަރައްޤީކުރުމުގެ މުހިންމުކަން ފާޙަގަކުރެއްވިއެވެ. އެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަން ފާހަގަކުރައްވައި، ދައުލަތުން ދެއްވަންޖެހޭ މާލީ ސަޕޯޓް ދެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

"ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ސްޓޭކްހޯލްޑަރުންގެ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ނިޒާމަކަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް ހެދޭނީ، ބަޖެޓަރީ ސަޕޯޓް އަޅުގަނޑުމެންނަށް ލިބިގެން " އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި ޤާނޫނުގެ ޙުކުމް ނަގަހައްޓައި، އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި، ތަހުޒީބު މުޖުތަމަޢުތަކުގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ ޢާއްމު މަބްދަޢުތަކާ އެއްގޮތްވާގޮތުގެ މަތިން ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތުގައި ވަކި ފަރާތަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހަރުދަނާކަމާއެކު ކުރަމުން އައި މަސައްކަތް ކުރިޔަތް އޮތް ތަނުގައިވެސް މާﷲ ސުބުޙާނަހޫ ވަ ތަޢާލާގެ ވާގިފުޅާއެކު ކުރިޔަށް ގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 10 އަހަރު ރަމްޒުކޮށްދޭ ފޮތް އިފްތިތާހް ކުރުން އޮތެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 10 އަހަރު ރަމްޒުކޮށްދޭ ފޮތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙާޞިލުކޮށްފައިވާ ކާމިޔާބީތަކާއި، ތަޖުރިބާތަކުގެ އުސްއަލިތަކާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތާއި، އަދި އެނޫންވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ގުޅޭ މުހިންމު މަޢުލޫމާތުތައް އެއްތަނަކުން ފެންނާނޭގޮތަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ. މި ފޮތް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ. ފޮތް އިފްތިތާޙްކުރުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 10 އަހަރާ ގުޅޭ ވީޑިއޯއެއް ދެއްކުން އޮތެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި، ކޯޓު ޝެޑިއުލްއާއި، ފޯމްތަކާއި އަދި އެނޫންވެސް މުހިންމު ލިޔުންތައް ފަސޭހަކަމާއެކު ޢާއްމުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ވުމާއެކު، 2009 ވަނަ އަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުރަތަމަ ވެބްސައިޓް އިފްތިތާޙްކުރެވުނެވެ. އެ ވެބްސައިޓް ރީބްރޭންޑް ކޮށް، ޔޫޒަރ ފްރެންޑްލީ ވެބްސައިޓެއްގެގޮތުގައި އަލުން ފަރުމާކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާ ވެބްސައިޓް އިފްތިތާހްކުރުން ވެސް މި ރަސްމިއްޔާތުގައި އޮތެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާ ވެބްސައިޓް އިފްތިތާހްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.

IMG 9178

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދިގުމުއްދަތަށް ޙިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންނަށް އެކަން ފާހަގޮކޮށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދިނުމާއި، މަސައްކަތުގެ ފެންވަރު ބެލުމުން 70 އިންސައްތަ އިން މަތި ޙާސިލްކޮށްފައިވާ ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނުމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށްދިޔަ 'ޖުޑީޝަރީ ހޭންޑްބޯލް ޓީމް 2018' ގައި ސުޕްރީމް ކޯޓުގެ ޓީމް އެ މުބާރާތުގައި ރަނަރއަޕް ޓީމްގެ މަޤާމު ހާސިލުކޮށްފައިވާތީ، އެ ކާމިޔާބީ ފާހަގަކޮށް، ޓީމްގެ ހުނަރުވެރި ކުޅުންތެރިންނަށް ހަނދާނީ ލިޔުން ދިނުން ވެސް މި ރަސްމިއްޔާތުގައި އޮތެވެ.

ރަސްމިއްޔާތު ނިމިގެން ދިޔައީ ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ 10 ވަނަ އަހަރީ ދުވަހުގެ ކޭކު ފެޅުމުގެ ޚާއްޞަ ވަގުތުކޮޅަށްފަހުގައެވެ.

ދިވެހި ތާރީޚުގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 18 ސެޕްޓެމްބަރު 2008 ވަނަ ދުވަހުއެވެ. އިންތިޤާލީ މަރުޙަލާއާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައްތު ކުރި 10 އަހަރު ދުވަހުގެ ތެރޭގައި، ގިނަ ކާމިޔާބީތަކެއް ހާސިލުކޮށް، ފާހަގަކުރެވޭ އެތަކެއް ތަޖުރިބާއެއް ވަނީ ކޮށްފައެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno