ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއްސުޢޫދުގެ ސަސްޕެންޝަނުގެ މުއްދަތު އިތުރުކޮށްފި

އަލްއުސްތާޛު ޙުސްނުއްސުޢޫދު އޭނާގެ ނަމުގައި ހުޅުވާފައިވާ (@hsuood)  ޓްވިޓަރ އެކައުންޓުން، 2018  ސެޕްޓެންބަރު 24 ވަނަ ދުވަހު ޖުޑީޝަރީއާ ގުޅޭގޮތުން ކޮށްފައިވާ “Supreme court issued an unconstitutional ruling to extend the presidential term in November 2013” ޓްވީޓާއި، އަދި ހަމަ އެ ތާރީޚުގައި،  ޙުސްނުއްސުޢޫދު އާ ޙަވާލާދީ http://vnews.mv/103496) ) ގައި "ސުއޫދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިމާވި މައްސަލަތަކެއްގެ ތެރެއިން އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދުގެ ވަހީދުގެ ވެރިކަން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ދިގު ދަންމާލީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށެވެ.  ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް..." ކަމަށް ލިޔެފައިވާ ލިޔުމާ ގުޅޭގޮތުން ޙުސްނުއްސުޢޫދުއާ ސުވާލުކުރުމަށްފަހު، ޙުސްނުއްސުޢޫދު ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް ބެލިބެލުމުން  ސ. މީދޫ / ހަސަންކާރިގެ، ޙުސްނުއްސުޢޫދުގެ މި ޢަމަލަކީ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު" ގެ 3.2 ގެ (ހ)، (ނ)، (ރ) އާ ޚިލާފު ޢަމަލަކަށްވާތީ، އެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ  (ނ) ގެ ދަށުން ޤާނޫނީ ވަކީލު ސ. މީދޫ / ހަސަންކާރިގެ، ޙުސްނުއްސުޢޫދު ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން މިއަދުން ފެށިގެން 04 މަސްދުވަހުގެ މުއްދަތަށް މަނާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

އިޢުލާނު ވިދާޅުވުމަށް