ރައްޔިތުންގެ މަޖިލީހުގެ 04 މެންބަރެއްގެ ގޮނޑި ހުސްނުވާކަމަށް މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 04 މެންބަރެއްގެ ގޮނޑި ހުސްވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމަކީ ބާޠިލު ނިންމެވުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ މެންބަރުންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކަށް މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

މިގޮތުން، މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކިވަކީން ބޭއްވުނު ޝަރީޢަތުގެ މަޖިލީސްތަކުގައި ޙުކުމް ކުރައްވާފައިވާ ޤަޟިއްޔާތަކަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/19 ޤަޟިއްޔާއިން، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ރައްދުވާގޮތަށް މއ. އައިވަރީ ހައުސް މުޙައްމަދު ވަޙީދު އިބްރާހީމް ހުށަހެޅުމުން ބެލުނު މައްސަލައާއި، ނަންބަރު 2017/SC-C/20 ޤަޟިއްޔާއިން، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ރައްދުވާގޮތަށް ގއ. ވިލިނގިލި، އަޅިވިލާގެ ސަޢުދު ޙުސައިން ހުށަހެޅުމުން ބެލުނު މައްސަލައާއި، ނަންބަރު 2017/SC-C/21 ޤަޟިއްޔާއިން، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ރައްދުވާގޮތަށް ހއ. ދިއްދޫ، ފުނަމާގެ ޢަބްދުއްލަޠީފު މުޙައްމަދު ހުށަހެޅުމުން ބެލުނު މައްސަލައާއި، ނަންބަރު 2017/SC-C/22 ޤަޟިއްޔާއިން، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ރައްދުވާގޮތަށް  ގދ. ގައްދޫ، ރޯސްމާގެ، މުޙައްމަދު އަމީތު އަޙްމަދުމަނިކު ހުށަހެޅުމުން ބެލުނު މައްސަލައެވެ.

ޤަޟިއްޔާ ނަންބަރު 2017/SC-C/19

ތުލުސްދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، ތުލުސްދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ހުސްނުވާ ކަމަށާއި މއ. އައިވަރީ ހައުސް މުޙައްމަދު ވަޙީދު އިބްރާހީމްއަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާ ތަމްޘީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.

ޤަޟިއްޔާ ނަންބަރު 2017/SC-C/20

ވިލިނގިލި ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، ވިލިނގިލި ދާއިރާގެ ގޮނޑި ހުސްނުވާ ކަމަށާއި ގއ. ވިލިނގިލި، އަޅިވިލާގެ ސަޢުދު ޙުސައިންއަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާ ތަމްޘީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.

ޤަޟިއްޔާ ނަންބަރު 2017/SC-C/21

ދިއްދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، ދިއްދޫ ދާއިރާގެ ގޮނޑި ހުސްނުވާ ކަމަށާއި ހއ. ދިއްދޫ، ފުނަމާގެ ޢަބްދުއްލަޠީފު މުޙައްމަދުއަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާ ތަމްޘީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.

ޤަޟިއްޔާ ނަންބަރު 2017/SC-C/22

މަޑުއްވަރީ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފައިވާ، ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، މަޑުއްވަރީ ދާއިރާގެ ގޮނޑި ހުސްނުވާ ކަމަށާއި ގދ. ގައްދޫ، ރޯސްމާގެ، މުޙައްމަދު އަމީތު އަޙްމަދުމަނިކުއަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ ތަމްޘީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno