ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު ޝާއިޢުކޮށްފި

ޤާނޫނު ނަންބަރު:2016/12 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޝަރީޢަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު މިއަދު ޝާއިޢުކޮށްފިއެވެ.

ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލެވިގެންވާ މި ގަވާއިދުގައި، ޖިނާއީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި، ހުށަހަޅާ މައްސަލަތައް ކޯޓުތަކުން ބަލައިގަތުމާއި، ޝަރީޢަތް ހިންގުމުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭ އެއްގޮތް އުސޫލުތައް ހިމެނެއެވެ. އަދި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައްޔާއި، ކަފާލާތުގެ ދަށުން ދޫކުރުމާއި، ކޯޓު އަމުރު ނެރުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އެއްގޮތް އުޞޫލުތަކާއި، ހޭބިއަސް ކޯޕަސް އަމުރު ނެރެމާގުޅޭ އުޞޫލުތައް ހިމެނެއެވެ. އޭގެ އިތުރުން، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތަކާގުޅިގެން ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ފަދަ އުސޫލުތައް ވެސް މި ގަވާއިދުގައި ހިމެނެއެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް ޢަމަލުކުރަން ފެށިނަމަވެސް، ޖުވެނައިލް ކޯޓަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 04 ގައި ބަޔާންކޮށްފައިވާ، ޤާނޫނުގައި ކުޑަކުދިންކަމުގައި ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުކަމުގައިވާތީ، ޤާނޫނުން، އެ ކޯޓުގެ ޠަބީޢަތުން އެ ކޯޓަށް ޚާއްޞަކުރެވިފައިވާ، ޝަރީޢަތްކުރުމާ ގުޅޭ އެންމެހައި އިޖުރާއަތުތައް އެ ޤާނޫނުގައިވާ ނިސްބަތަށް ހިންގުމަށް މި ގަވާއިދުން އެ ކޯޓަށް ވަނީ އިސްތިސްނާ ލިބިދީފައެވެ. އަދި ހަމައެހެންމެ، ޑްރަގް ކޯޓަކީ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަކި ޚާއްޞަ އިޖުރާއަތުތަކެއް ޚާއްޞަވެގެންވާ ކޯޓެއްކަމުގައިވާތީ، ޤާނޫނުން، އެ ކޯޓުގެ ޠަބީޢަތުން އެކޯޓަށް ޚާއްޞަކުރެވިފައިވާ، ޝަރީޢަތްކުރުމާ ގުޅޭ އެންމެހައި އިޖުރާއަތުތައް އެ ޤާނޫނުގައިވާ ނިސްބަތަށް ހިންގުމަށް މި ގަވާއިދުން އެ ކޯޓަށް ވެސް ވަނީ އިސްތިސްނާ ލިބިދީފައެވެ.

ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގައި، އެ ޤާނޫނަށް ޢަމަލުކުރަންފެށުމާއެކު، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރަމުންދިޔަ ޖިނާއީ އިޖުރާއާތުގެ ޢާންމު އުސޫލުތައް އުވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން އުވިގެންދާ އުސޫލުތަކުގެ ތެރޭގައި ތިރީގައިވާ އުސޫލުތައް ހިމެނޭނެކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

  1. ޝަރީޢަތްކުރުމާބެހޭ ގަވާއިދު 6.0 އާއި 6.1 ގައި ހިމެނޭ ޖިނާއީ އިޖުރާއާތުގެ ޢާންމު އުސޫލުތައް
  2. މީހުން ދިރިއުޅޭ ތަންތަން ބަލާފާސްކުރުމަށް ތަޙްޤީޤުކުރާ ފަރާތުން ވަނުމުގެ ހުއްދަދިނުމުގައި ކޯޓުން ޢަމަލުކުރާނެގޮތުގެ ގަވާއިދު
  3. ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު
  4. ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ގަވާއިދު
  5. ޖިނާއީ ކުށުގެ މައްސަލަތައް އަވަސްނިޔާއިން ނިންމުމާބެހޭ ގަވާއިދު
  6. ކަފާލާތުގައި ދޫކުރުމުގެ ގަވާއިދު

ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން ޝަރީޢަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ 2018 އޮގަސްޓް 08 ވާ ބުދަ ދުވަހުން ފެށިގެންނެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު ވިދާޅުވުމަށްޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު ވިދާޅުވުމަށް

mersin escort - escort bursa';
antalya bayan escort
bodrum escort
konya escort
astropay bozdurma
beylikdz escort istanbul escort beylikduzu escort ataky escort
istanbul escort istanbul escort sirinevler escort istanbul escort beylikduzu escort
sex watch
porno