ޤާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވި މުހިންމު ކަންތައްތައް

Oathtaking 2018 06 03

  1. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ޤާނޫނީ ވަކީލުން ހުވާ ކުރިތާ، ޖޫން މަހުގެ 17 އަށް، 67 އަހަރު ފާއިތު ވެގެން ގޮސްފައިވާކަން ފާހަގަކުރެއްވައި، އެ ދިގު މުއްދަތުގެ ތެރޭގައި، ޤާނޫނީ ޕްރޮފެޝަން ވަނީ ކުރިއެރުންތަކެއް ޙާޞިލު ކޮށްފައިވާކަން.
  1. ޤާނޫނީ ދާއިރާއާ ގުޅެންވާނީ، އެ ޕްރޮފެޝަން އިތުރަށް ކުރި އަރުވައި ތަރައްޤީ ކުރުމާއި، މި ޕްރޮފެޝަނުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި އެކަށީގެން ވާ ގޮތެއްގައި ޙިއްޞާވުމުގެ ވަރުގަދަ ޢަޒުމާއި، އެ ޕްރޮފެޝަނުގައި ހުރި ރަނގަޅު ކުރާން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ޓަކައި ބިނާ ކުރަނިވި ގޮތެއްގައި މަސައްކަތް ކުރުމުގެ ޢަޒުމާ އެކުގައިކަން.
  1. ޤާނޫނީ ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި، އެ ދާއިރާއާ އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުން ވެސް އެންމެ އިސް އެއް ވާޖިބެއްގެ ގޮތުގައި ދެކެންޖެހޭ ކަމަކީ ތެދުވެރިކަމާއި ޒިންމާދާރުކަމާ އެކު ޚިދުމަތް ކުރެއްވުން ކަން.
  1. ޤާނޫނީ ވަކީލުން ފޯރު ކޮށްދޭ ޚިދުމަތަކީ ޤާނޫނުގެ ސިޔާދަތު ނަގަހައްޓައި، ޤައުމީ މަޞްލަޙަތާއި ޢާއްމު މަޞްލަޙަތުގެ އިތުރުން، ފަރުދީ މަޞްލަޙަތުތައް ޙިމާޔަތް ކޮށް ރައްކައުތެރި ކުރުމަށް ޓަކައި ވަރަށް މުހިއްމު ޚިދުމަތެއް ކަމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި، އެ ނޫން ޙައްޤުތައް ވެސް ރައްކައުތެރި ކުރުމަށް ޓަކައި އަސާސީ ޚިދުމަތެއް ކަމެއްކަން.
  1. ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ޙުރުމަތާއި އިތުބާރު ދެމެހެއްޓުމަށް ޓަކައި ޤާނޫނީ ވަކީލުންގެ ދައުރު ވަރަށް ބޮޑުކަމާއި، ޤާނޫނުގެ ޙުކުމް ވަރުގަދަ ކޮށް، ޢަދުލު އިންޞާފަށް ވާޞިލު ވެވުން ފަސޭހަ ކޮށް ކަށަވަރު ކުރުމަށް ޓަކައި ވެސް، ވަކީލުންގެ މަސައްކަތަކީ ޟަރޫރަތްތެރި މަސައްކަތެއްކަން. އަދި އެކަންކަން ރަނގަޅަށް ކުރެވޭނީ ޤާނޫނީ ވަކީލުންގެ ޕްރޮފެޝަނަކީ މިނިވަން ޕްރޮފެޝަނަކަށް ވެގެން ކަމާއި، ހަރުދަނާ ސުލޫކީ އަދި އަޚްލާޤީ މިންގަނޑެއްގެ މަތީގައި ސާބިތު ވެ ޤާއިމު ވެފައި ވާ، ރައްޔިތުންނާއި ސިވިލް ސޮސައިޓީގެ އިތުބާރާއި ޔަޤީންކަން އެ ޕްރޮފެޝަނަކަށް ދެވޭ ޕްރޮފެޝަނަކަށް ވެގެންކަން. މި މުހިއްމު މަޤްޞަދުތައް ޙާޞިލު ނުވާ ގޮތަށް ޤާނޫނީ ޕްރޮފެޝަން މަސައްކަތް ކުރުމަކީ ދައުލަތުގެ މަޤްޞަދުތަކަށް ބުރޫ އަރައިގެން ދާނެ ކަމެއްކަން.
  1. ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތައް އެކަށައެޅިފައިވާ އެކި ފެންވަރުގެ ބައިނަލްއަޤުވާމީ ވަސާއިޤުތަކާއި އުޞޫލުތައް ރަނގަޅަށް ދެނެގަތުމާއި، ޤާނޫނީ ވަކީލުކަމުގެ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރުމުގައި އެ އުޞޫލުތަކަށް ފުރިހަމަޔަށް އިޙުތިރާމު ކުރުމަކީ ޤާނޫނީ ވަކީލުން ވަރަށް ބޮޑަށް އިސްކަމެއް ދޭން ޖެހޭ ކަމެއްކަމާއި، ޤާނޫނީ ވަކީލުކަމަކީ ކޮންމެ ވަކީލެއްގެ ވެސް ކޮނޑުގައި އެޅޭ ވަރަށް ބޮޑު އަމާނާތަކަށްވާތީ، އެ އަމާނާތަށް ތެދުވެރި ވުމަކީ ދީނީ ނަޒަރަކުން ބެލިޔަސް، ވާޖިބެއް ކަން.
  1. ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގައި ވާ ގޮތުގެ މަތީން، ޤާނޫނީ ވަކީލުންގެ މަސައްކަތުގައި އިސްލާމީ ޝަރީޢަތަށާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށް ފުރިހަމަޔަށް އިޙުތިރާމް ކޮށް، އަދި މި މުހިއްމު އަސާސްތައް ނެގެހެއްޓުމަށްޓަކައި އަބަދުވެސް މަސައްކަތް ކުރަންވާނެކަން.
  1. ޕްރޮފެޝަނަލް ޒިންމާތައް އަދާ ކުރެއްވުމުގައި ތެދުވެރިވުމާއި، އަމާނާތްތެރިވުމަކީ ޤާނޫނީ ވަކީލުންގެ ހުވަޔާ އެކު ޤާނޫނީ ވަކީލުންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިއްމު ޒިންމާތައްކަމާއި، އެ ހުވާ އަބަދުވެސް ހަނދާންކުރުމަކީ ޤާނޫނީ ވަކީލުންގެ އެންމެ އިސް އެއް ވާޖިބުކަން.
mersin escort - escort bursa';
antalya bayan escort
bodrum escort
konya escort
astropay bozdurma
beylikdz escort istanbul escort beylikduzu escort ataky escort
istanbul escort istanbul escort sirinevler escort istanbul escort beylikduzu escort
sex watch
porno