ޖުޑީޝަލް އެކަޑަމީ ތަރައްޤީ ކޮށް، ދުނިޔޭގެ ކުރި އަރާފައިވާ ޤައުމުތަކުގެ އެކަޑަމީތަކުން ވަކީލުންނަށް ލިބިދޭ ތަޢުލީމާއި ތަމްރީނު ރާއްޖޭގައި ވެސް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރާނަން: އުއްތަމަ ފަނޑިޔާރު

Oathtaking 2018 01

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ތަރައްޤީ ކޮށް، ދުނިޔޭގެ ކުރި އަރައިފައި ވާ ޤައުމުތަކުގައި ވެސް އެފަދަ މުއައްސަސާތަކުން ވަކީލުންނަށް ލިބިދެވޭ ތަމްރީނާއި ކޮންޓިނުއިންގ އެޑިޔުކޭޝަން ރާއްޖޭގައި ވެސް ފޯރު ކޮށްދިނުމަށް ޓަކައި މަސައްކަތް ކުރައްވާނެކަމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަމުގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި 2018 ޖުލައި 30 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖުމްލަ 181 ބޭފުޅުން ޤާނޫނީ ވަކީލު ކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ހުވާ ކުރެއްވި ބޭފުޅުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން، ޤާނޫނީ ވަކީލުކަން ފަދަ ޕްރޮފެޝަންތަކަކީ ޢިލްމާއި ހުނަރުގެ މައްޗަށް ބިނާ ވެފައި ވާ ޕްރޮފެޝަންތަކެއް ކަމަށާއި، މިފަދަ ޕްރޮފެޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އެންމެ މުހިއްމު އެއް ޒިންމާ އަކީ، އެ ޕްރޮފެޝަނެއްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށް ޓަކައި ބޭނުން ވާ ޢިލްމާއި ހުނަރު ފުރިހަމަޔަށް ހޯއްދެވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޝަރުޢީ އަދި ޤާނޫނީ ޢިލްމަކީ އައު ދިރާސާތަކާއި، އައު ވިސްނުންތަކާއި، އައު އިޖުތިހާދީ މަސައްކަތްތަކާ އެކު ފުޅާ ވަމުން، ތަރައްޤީ ވަމުން އަންނަ ޢިލްމަކަށް ވާ އިރު، އެ ކަންކަމަށް ހެއިލުންތެރި ވާން ޖެހޭ" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޝަރުޢީ އަދި ޤާނޫނީ ތަޢުލީމުގެ މަރުޙަލާގައި، ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ލިބުނު ޢިލްމުގެ މައްޗަށް، އިތުރު މަޢުލޫމާތާއި ހުނަރުތައް ހޯދައި ލިބިގަންނާން ޖެހޭކަމަށެވެ. އެގޮތުން އަލަށް ޝާއިޢު ކުރެވޭ ފޮތްތަކާއި، ޢިލްމީ ދިރާސާތައް ޝާއިޢުކުރާ ޖާނަލްތައް ފަދަ ތަކެތި ކިޔައި ބަލާން ޖެހޭ ކަމަށާއި، ޝަރުޢީ އަދި ޤާނޫނީ ޢިލްމުގެ އެކިއެކި ދާއިރާތަކުން ބޭއްވޭ ޢިލްމީ މަހާސިންތާތަކާއި، ކޮންޓިނުއިންގ އެޑިޔުކޭޝަން ޕްރޮގްރާމްތަކުގައި ބައިވެރި ވާން ޖެހޭ ކަން ފާހަގަކުރައްވައި،  ލޯވ ސްކޫލް ނިމުމަކީ، ކިޔެވުމުގެ ދައުރު ނިމުން ކަމަށް ބަލައިގެން ފަރު ޖެއްސެން ނެތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/11/SC ސަރކިޔުލަރއިން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ޤާއިމު ކުރީ ވެސް މި މުހިއްމު މަޤުޞަދަށް ރިޢާޔަތް ކުރުމަށް ފަހުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

" އެ ސަރކިޔުލަރގައި ބަޔާން ކޮށްފައިވާ ފަދައިން، ވަކި ފަރާތަކަށް ބުރަ ވުމެއް ނެތި، މުސްތަޤިއްލުކަމާއި، ނަޒާހަތްތެރިކަމާއި، އަވަސްކަމާއި، އިންޞާފުވެރިކަމާ އެކު ޝަރީޢަތް ކުރުމުގެ ޙައްޤު ކަށަވަރު ކުރުމަށް ޓަކައި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ޤާނޫނީ ވަކީލުންނަށް ވެސް ކޮންޓިނުއިންގ އެޑިޔުކޭޝަންގެ ފުރުޞަތުތައް ފަހި ކޮށްދެވެން ޖެހޭ." އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގަވާ އޮރިއެންޓޭޝަން ޕްރޮގްރާމަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ޤާނޫނީ ވަކީލުންނަށް ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގަވާ އޮރިއެންޓޭޝަން ޕްރޮގްރާމަކީ ޢަމަލީ މައިދާނަށް ޤާނޫނީ ވަކީލުން ތައްޔާރު ކުރުމަށް ޓަކައި، މުހިއްމު ހުނަރުތަކެއް ދަސް ކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ ދުނިޔޭގެ އެހެން ނިޒާމުތަކުގައި ވެސް ހިންގާ މި ބާވަތުގެ ޕްރޮގްރާމްތަކާ އެއް ފެންވަރެއްގައި، ޤާނޫނީ ވަކީލުން ޕްރޮފެޝަނަލް މައިދާނުގައި އަޅުއްވާ ފުރަތަމަ ފިޔަވަޅު ހެޔޮ ގޮތުގައި އަދި ރަނގަޅަށް އެޅުއްވުމަށް އެހީތެރި ވެ ދޭ ޕްރޮގްރާމަކަށް މި ޕްރޮގްރާމް ވުން. އެ ކަމަށް ޓަކައި އަޅުގަނޑުމެން ކުރާން ޖެހޭ މަސައްކަތްތައް މާތް ﷲ ގެ ވާގިފުޅާ އެކު ފުރިހަމަޔަށް ކުރާނެ ކަމުގެ ޔަޤީންކަން ތިޔަ އެންމެ ބޭފުޅުންނަށް އަރުވަން." އެމަނިކުފާނު ވިދާޅުވިއެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno