ސުޕްރީމް ކޯޓު

ސިވިލް ކޯޓުގެ ޤާޟީ މަރްޔަމް ވަޙީދުގެ ކިބައިން ކޯޓުތަކުގައި ޝަރީޢަތްކުރުމުގެ ޝަރުޢިއްޔަތާއި، އަހުލިއްޔަތާއި، ވިލާޔަތު ގެއްލިފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅުއްވުން

SC2

ސިވިލް ކޯޓުގެ ޤާޟީ މަރްޔަމް ވަޙީދުގެ ކިބައިން ކޯޓުތަކުގައި ޝަރީޢަތްކުރުމުގެ ޝަރުޢިއްޔަތާއި، އަހުލިއްޔަތާއި، ވިލާޔަތު ގެއްލިފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅުއްވައި، ދިވެހިރާއްޖޭގެ ކޯޓެއްގައި ޝަރީޢަތްކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ޤާޟީ މަރްޔަމް ވަޙީދުއަށް ލިބިގެންނުވާކަމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވައިފިއެވެ.

 

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅުއްވާފައިވާ ނަންބަރު 2017/SC-SJ/04 ކޯޓު އަމުރަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅުއްވާފައިވަނީ:

      ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު  707/Cv-C/2017ޤަޟިއްޔާއިން  "ދިވެހި ސަރުކާރާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ކޮށްފައިވާ ވ.ބޮޑުމޮހޮރާ، ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޙަވާލުކުރުމުގެ ޝަރުޠުތަކަށް އެއްބަސްވާކަމުގެ އެގްރިމެންޓްގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި 16 ފެބުރުވަރީ 2017 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި ސޮއިކުރުމަށް" ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު  2017/SC-L-J/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތާ ޚިލާފަށްކޮށްފައިވާ ޙުކުމެއް ކަމަށާއި، އަދި އެކަމާމެދު ފިޔަވަޅު އަޅައިދިނުން އެދި ދިވެހި ދައުލަތުގެ ބަންޑާރަނާއިބު ހުށަހެޅުއްވި މައްސަލައަށް ބެލި އިރު، ސިވިލް ކޯޓުގެ ނަންބަރު 1456/CV-C/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ދިވެހި ސަރުކާރާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 14 ޖަނަވަރީ 2014 ގައި ވެފައިވާ ޖޮއިންޓް ވެންޗަރ އެގްރިމެންޓަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު  2017/SC-L-J/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތުގައި ދިވެހި ސަރުކާރުގެ މައްޗަށް ތަންފީޛުކުރުން ލާޒިމުވެގެންވާ އެގްރިމެންޓެއް، ވ.ބޮޑުމޮހޮރާ ކުއްޔަށްދިނުމާބެހޭ ގޮތުން މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވިފައިނުވާއިރު، އެފަދަ އެގްރިމެންޓެއް ކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް މަޖުބޫރުކުރާ ނުވަތަ ލާޒިމުކުރާ ޤާނޫނީ އެއްވެސް އަސާސެއް ނެތުމާއި، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އާއި ، ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ބަޔާންވެގެންވާ އުޞޫލުތަކާއި އިޖުރާއާތުތަކާ އެއްގޮތްވާގޮތުގެ މަތިން، ވ.ބޮޑުމޮހޮރާ ކުއްޔަށް ދިނުމަށް މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމަކަށް ވާޞިލުވުމަކީ، ދިވެހި ސަރުކާރަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު  2017/SC-L-J/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމި ނިންމުމުގައި ކަނޑައަޅާފައިވަނިކޮށް،  އެނިންމުމާ ކަނޑައެޅިގެން ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު  707/Cv-C/2017ޤަޟިއްޔާގައި އަލުން އެމައްސަލަ ބަލައި، އެމައްސަލައިގައި ވ.ބޮޑުމޮހޮރާ ކުއްޔަށް ދިނުމާގުޅޭގޮތުން މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު އެގްރިމެންޓް ކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމްކޮށް، ސިވިލް ކޯޓުގެ ޤާޟީ މަރްޔަމް ވަޙީދު ޙުކުމް ކޮށްފައިވަނީ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 30 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، ޝަރީޢަތްކުރުމަށް ކަނޑައެޅިފައިވާ ޤާނޫނީ އުޞޫލުތަކާއި އިޖުރާއާތުތަކާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފުކަމަކަށްވާތީ އެވެ.

ސިވިލް ކޯޓުގެ ޤާޟީ މަރްޔަމް ވަޙީދުގެ ކިބައިން ކޯޓުތަކުގައި ޝަރީޢަތްކުރުމުގެ ޝަރުޢިއްޔަތާއި، އަހުލިއްޔަތާއި، ވިލާޔަތު ގެއްލިފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅުއްވައި، ދިވެހިރާއްޖޭގެ ކޯޓެއްގައި ޝަރީޢަތްކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ޤާޟީ މަރްޔަމް ވަޙީދުއަށް ލިބިގެންނުވާކަމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވާފައިވަނީ، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި، 143 ވަނަ މާއްދާއާއި، 144 ވަނަ މާއްދާއާއި، 145 ވަނަ މާއްދާގެ (ނ) އާއ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާއާއި، 22 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 86 ވަނަ މާއްދާއަށް ޝަރީޢަތްކުރުމަށް ކަނޑައެޅިފައިވާ ޤާނޫނީ އުޞޫލުތަކާއި އިޖުރާއާތުތަކާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފުކަމަކަށްވާތރިޢާޔަތްކޮށެވެ. 22 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 86 ވަނަ މާއްދާއަށް ރިޢާޔަތްކޮށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/04 ކޯޓު އަމުރު ވިދާޅުވުމަށް