ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދު ދިވެހިރާއްޖެއަށް ވަޑައިގަތުމާ ގުޅޭ

image2

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ގެ ދަޢުވަތަކަށް ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދެއް މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މިވަފުދުގެ ރައީސަކީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އެވެ. މި ވަފުދުގައި، ވަފުދުގެ ރައީސް މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އާއެކު ޖުމްލަ 7 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަކީ:

އިތުރަށް ވިދާޅުވުމަށް...

ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/03 ޢާއްމު ސިޓީން 11 ނޮވެމްބަރު 2016 ވަނަ ދުވަހު ވަނީ ޢާއްމުކުރައްވާފައެވެ. ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ޝަރީޢަތުން ބެއްލެވުމުގައި ޢަމަލުކުރަންވީ ގޮތާގުޅޭ ގޮތުން މި އުޞޫލުގައި ބަޔާންކޮށްފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

1. އުފަން ތާރީޚް އަންގައިދޭ ރަސްމީ ލިޔުމެއް އޮތްނަމަ، އުފަންދުވަސް ކަނޑައެޅުމުގައި ހެއްކެއްގެ ގޮތުގައި ބަލާނީ (ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން) އުފަންތާރީޚްއަންގައިދޭ ރަސްމީ ލިޔުމަކަށެވެ. އެހެން ނަމަވެސް، ރަސްމީ ލިޔުމެއްގައި އޮތް ޢުމުރަކީ އަޞްލު ޢުމުރުނޫންކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނަމަ (މިސާލަކަށް ބޭބެއަށްވުރެ ކޮއްކޮގެ ޢުމުރު ދޮށިވުން ނުވަތަ މައިންބަފައިންނާ ދަރިފުޅުގެ ޢުމުރު ދާދި އެއްވަރުވުން) އެފަދަ މައްސަލައެއްގައި ޢުމުރާބެހޭ ގޮތުން ގޮތެއް ނިންމާނީ ޢުމުރު ބަދަލުކުރަން ހުށަހަޅާފައިވާ ސަބަބަށް ރިޢާޔަތްކުރުމަށްފަހު ހެކިންގެ ހެކިބަހުންނެވެ.

 

2. އުފަންތާރީޚް އަންގައިދޭ އެއް ލިޔުމަށްވުރެ ގިނަ ލިޔުން ހުރެ އަދި އެ ލިޔުންތަކުގައިވާ މަޢުލޫމާތު ތަފާތުނަމަ، އުފަންތާރީޚް ކަނޑައެޅުމުގައި ބަލާނީ އެތަނުން އެންމެ ޞައްޙަކަން ބޮޑު ލިޔުމަކަށެވެ. ނަމަވެސް، އެތަނުން އެއް ލިޔުމަކީ ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ޝަރީޢަތުން އުފަންތާރީޚާބެހޭ ގޮތުން ގޮތެއް ކަނޑައަޅާފައިވާ ލިޔުމެއްކަމަށްވާނަމަ، އުފަންތާރީޚް ކަނޑައަޅާނި ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވާ ލިޔުމުގެ މައްޗަށް ބިނާކޮށެވެ.

3. އުފަންތާރީޚް އަންގައިދޭ އެއްވެސް ރަސްމީ ލިޔުމެއް ނެތްކަން ޝަރީޢަތަށް ސާބިތުވާ ޙާލަތެއްގައި، އުފަންތާރީޚާބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ ހެކިންގެ ހެކިބަހުންނެވެ.

ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނީ، ބުނެވިދިޔަ ކަންތައްތަކުގެ އިތުރުން، އެ މައްސަލައެއްގެ ބާވަތަށާއި ހުށަހަޅާފައިވާ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު އޭނާ ރަށްވެހިވެފައިވާ ރަށެއްގެ ރަށު ކައުންސިލަށް ނުވަތަ މާލޭ ސިޓީ ކައުންސިލަށް، ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ނުވަތަ މިނޫނަސް މިފަދަ މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ޚާއްޞަކުރެވިފައިވާ އިދާރާތަކަށް ޢުމުރާބެހޭ ގޮތުން ލިޔެ އިތުރަށް މަޢުލޫމާތު ސާފުކޮށް ކަށަވަރުކުރުމަށްފަހު އެ ލިބުނު މަޢުލޫމާތަކަށާއި އަދި މިނޫނަސް ކޯޓުން ޤަބޫލުކުރާ، ރަސްމީ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ވިދާޅުވުމަށް

ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލްވުމާގުޅޭ

ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކާ ޙަވާލުވެފައިވާ މައްސަލައަކުން ތަނާޒުލުވާންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 ޢާއްމު ސިޓީގައި ބުނެފައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުގެ ހުއްދަ ޤަވާޢިދުން ލިބިގެން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/02 ޢާއްމު ސިޓީން އަންގަވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިގޮތަށް އަންގަވާފައި މިވަނީ މިހާރަކަށް އައިސް ގިނަ ޢަދަދެއްގެ ފަނޑިޔާރުން މަޤުބޫލު ސަބަބެއްނެތި މައްސަލަތައް ބެލުމުން ތަނާޒުލުވަމުން ދިއުމާ ގުޅިގެން، އަވަސްކަމާއެކު ފޯރުކޮށްދޭންޖެހޭ ޢަދުލު އިންޞާފް ޤާއިމްކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާތީ އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 ޢާއްމު ސިޓީގައި ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލްވުމާގުޅޭ ގޮތުން އަންގަވާފައިވަނީ، މައްސަލަ ބަލަމުންދާ މެޖިސްޓްރޭޓަކު މައްސަލައަކުން ތަނާޒުލްވެއްޖެނަމަ އެ މައްސަލައެއް ބެލުމަށް މެޖިސްޓްރޭޓަކު ހަމަޖެއްސުމަށް ލިޔާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށެވެ.

އެކިއެކި ސަބަބުތަކާ ހުރެ ފަނޑިޔާރުން ތަނާޒުލްވުމާ ބެހޭ ޤަވާޢިދުތަކާއި އެފަދަ މައްސަލަތައް ބަލާނެ ފަރާތެއް ހަމަޖައްސާނެ އުޞޫލު ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/03/SC (10 އޯގަސްޓް 2011) ސަރކިއުލަރ އިން  2011 ވަނަ އަހަރު ވަނީ ކަނޑައަޅުއްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/02 ޢާއްމު ސިޓީ ވިދާޅުވުމަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 ޢާއްމު ސިޓީ ވިދާޅުވުމަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/03/SC (10 އޯގަސްޓް 2011) ސަރކިއުލަރ ވިދާޅުވުމަށް

ފަނޑިޔާރުން ޗުއްޓީ ނެންގެވުމާ ގުޅޭ

ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކު ޗުއްޓީ ހަމަޖައްސަންވާނީ އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/2016 ޢާއްމު ސިޓީން ކޯޓުތަކަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް އަންގަވައިފިއެވެ.

މިގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވާފައި މިވަނީ، މިހާރަކަށް އައިސް އެއްފަހަރަކާ ގިނަ އަދަދެއްގެ ފަނޑިޔާރުން ޗުއްޓީގައި ތިއްބަވާތީ ކޯޓުތަކުގައި ޝަރީޢަތް ބޭއްވުމަށް ހަމަޖެހިފައިވާ ޖަދުވަލުތަކާ އެއްގޮތަށް ޝަރީޢަތް ބޭއްވުމަށް ހުރަސް އެޅެމުންދާ ކަން ފާހަގަކުރެވިފައިވާތީ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢާއްމު ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ޢާއްމު ސިޓީ ވިދާޅުވުމަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތައް ރިސެސްއަށް ދިއުން ފަސްކުރުން

01 ޑިސެމްބަރ 2015 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިސެސް، 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ އެހެން ތާރީޚެއްގައި ފަށާގޮތަށް ފަސްކުރުމަށާއި ރިސެސް ފަށާ ތާރީޚެއް ފަހުން އިޢުލާންކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.

އަދި މީގެއިތުރުން، މިވަގުތު ކޯޓުތައް ރިސެސްއަށް ދިއުމަކީ ޤައުމީ މަޞްލަޙަތު ތަންދޭކަމަކަށްނުވާތީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓުތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ދުސްތޫރީ މަސްޢޫލިއްޔަތު ކުރިއެކޭ އެއްފަދައަކުން އަދާކުރުންމަތީ ދެމިތިބުމަށް 29 ނޮވެމްބަރ 2015 ވަނަ ދުވަހު ނެރުއްވާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރުން ހުރިހާ ކޯޓުތަކަށް ވަނީ އަންގަވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު ވިދާޅުވުމަށް

ޖިނާއީ ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅައިފައިވާ މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ބާއްވައިފި

ގ. ކެނެރީގެ، މުޙައްމަދު ނަޝީދުގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އާއި އަދި އެ ޤަޟިއްޔާގައި ޙުކުމްކުރެއްވި ކުރެއްވުމުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން އިޖުރާއީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް ނޭޅިވޭތޯ އާއި އަދި އެ މައްސަލަ ހިންގާ ޙުކުމްކުރެއްވުމުގައި ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ކަށަވަރުކޮށްދިނުން އެދި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް 25 ނޮވެމްބަރ 2015 ވީ ބުދަ ދުވަހުގެ 13:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނެވެ.

އިޖުރާއީ އަޑުއެހުމުގައި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކާ ބެހޭގޮތުން ސާފުކުރަންޖެހޭ ކަންތައްތައް ސާފުކުރުމަށްފަހު އަޑުއެހުން ނިންމާލައިފައިވަނީ މި މައްސަލައާ ގުޅިގެން އިތުރު ފަރާތްތަކެއް ޙާޟިރުކުރަންޖެހޭނަމަ، އެ ފަރާތްތަކުގެ ޙާޟިރުގައި މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވޭނެކަމަށް އިޢުލާނުކުރުމަށްފަހުއެވެ.

ރައީސް ނަޝީދުގެ މައްސަލައިގެ އިޖުރާޢީ އަޑުއެހުން ބޭއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތައްޔާރުވަމުންދަނީ

ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައިގެ އިޖުރާޢީ އަޑުއެހުން ބޭއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާރު ގެންދަވަނީ ތައްޔާރުވަމުންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިލްތިމާސް ކުރުމުގެ މުއްދަތު ބަދަލުވުން

ހައިކޯޓުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 39 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، ހައިކޯޓުން އެ ނިންމުމެއް ނިންމިތާ 60 (ފަސްދޮޅަސް) ދުވަހެވެ. މި 60 (ފަސްދޮޅަސް) ދުވަސް ގުނާނީ ހައިކޯޓުން މައްސަލަ ނިންމި ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.

އެހެންނަމަވެސް، ކޯޓުތަކުން ނިންމާ ޖިނާއީ މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއްގެ ޙުކުމް ތަންފީޛްކުރުމަށްޓަކައި ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަށަވަރުކުރަންޖެހޭ މައްސަލަތަކުގައި، ހައިކޯޓުން އެ މައްސަލައެއްގައި ޙުކުމްކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އިސްތިއުނާފުކުރުމަށްޓަކައި ޙުކުމް އިސްތިއުނާފު ކުރުމުގެ ޙައްޤު އޮތް ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާންވާނެކަމަށް 08 ނޮވެމްބަރ 2015 ވަނަ ދުވަހު ނެރުއްވާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/13/SC ސަރކިއުލަރ އިން ވަނީ ކަނޑައަޅުއްވާފައެވެ. މި 30 (ތިރީސް) ދުވަސް ގުނާނީ ބަންދުދުވަސްތައް ހިމެނޭގޮތަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ، ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންވެސް ވަނީ ކަނޑައަޅުއްވާފައެވެ.

 

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަރކިއުލަރ ވިދާޅުވުމަށް

ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 58/P9C/2015 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާޠިލުކުރެއްވުން

ގއ.ގެމަނަފުށި، އޯޝަންރީޑް، އައިޝަތު ލަތީފާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ގއ.ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅުއްވާފައިވާ ވަކި މީހަކަށް ނުލައްވާގޮތަށް ވިހެއުމުގެ ކުށުގެ ދައުވާއާ ގުޅިގެން ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވާ އެކޯޓުގެ ނަންބަރު 58/P9C/2015 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ 18 އޮކްޓޯބަރު 2015 ވީ އާދިއްތަ ދުވަހު ބާޠިލުކުރައްވައިފައެވެ. ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 58/P9C/2015 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާޠިލުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2015/SC-SJ/12 ކޯޓު އަމުރުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ތުރާފިލުވުމުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސަރކިއުލަރ އެއް ނެރުއްވައިފި

ތުރާފިލުވުމުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސަރކިއުލަރ އެއް ނެރުއްވައިފިއެވެ. 10 ސެޕްޓެމްބަރު 2015 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވި ސަރކިއުލަރ ގައި ބަޔާންކޮށްފައިވާ ކަންތައްތައް ތިރީގައިއެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

"މިނިވަން 50 ގެ ސްޓޭމްޕް" ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް އަރުވައިފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ ޚާއްޞަ މުނާސަބަތާ ގުޅިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ނެރުއްވި 10000 ރުފިޔާގެ ރެވެނިއު ސްޓޭމްޕް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދަށް އަރުވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

އިތުރު ލިޔުންތައް...

  1. ހައިކޯޓުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ މުއްދަތު
  2. ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމާއި ގުޅޭ ގޮތުން ޢާއްމު ސިޓީއެއް ނެރުއްވައިފި
  3. 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅަންޖެހޭނީ، 15 ފެބްރުއަރީ 2015 އިން ފެށިގެން ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތައް
  4. ރަސްމީ ސިޓީތަކުގައި ސޮއިކުރުމާއި ސިޓީ އެޑްރެސްކުރުމާ ބެހޭގޮތުން ނެރެފައިވާ ނަންބަރު SC/2012/02 ސަރކިއުލަރގައިވާ ގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވައިފި
  5. ކޯޓުތަކުގެ ޤާނޫނުގެ 2 މާއްދާއަކާއި ވަޒީފާއާބެހޭ ޤާނޫނުގެ މާއްދާއެއް ބާޠިލްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރޫލިންގއެއް ނެރުއްވައިފި

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno