ޝަރުޢީ އަގުކުރުމާބެހޭ ޤާވާޢިދަށް 2 ވަނަ އިސްލާޙް ގެނައުމުގެ ޤަވާޢިދު

supreme

ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ ބައެއް މާއްދާތައް އިޞްލާޙުކުރައްވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢާއްމުކުރައްވައިފިއެވެ. އެގޮތުން ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 4 ވަނަ މާއްދާއަށާއި 6 ވަނަ މާއްދާއަށް ވަނީ އިޞްލާޙް ގެނެވިފައެވެ.

އިތުރަށް ވިދާޅުވުމަށް...

ހައިކޯޓު ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ދުސްތޫރީ މައްސަލަތައް އިސްތިއުނާފުކުރުމާ ގުޅޭ

SC2

ހައިކޯޓު ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ދުސްތޫރީ މައްސަލަތައް އިސްތިއުނާފުކުރުމާ ގުޅޭ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނަންބަރު 2016/03/SC ސަރކިއުލަރ ނެރުއްވައިފިއެވެ.

ސަރކިއުލަރ ގައި ބަޔާންކުރާ ކަންތައްތައް:

– ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ނިންމާ މައްސަލައެއްގައި ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއްވިޔަސް ބާޠިލުކަމަށް ކަނޑައަޅައި ޙުކުމްކޮށްފި ނަމަ، އެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކަށަވަރުކުރަންވާނެކަން.

އިތުރަށް ވިދާޅުވުމަށް...

ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމަކީ، ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ދުސްތޫރީ މައްސަލަތައް އިސްތިއުނާފުކުރުމާގުޅޭ

SC2

ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމަކީ، ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ދުސްތޫރީ މައްސަލަތައް އިސްތިއުނާފުކުރުމާގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނަންބަރު 2016/04/SC ސަރކިއުލަރ ނެރުއްވައިފިއެވެ.

މިސަރކިއުލަރ ގައި ބަޔާންކުރާ ކަންތައްތައް:

– ފުރަތަމަ މަރުޙަލާގެ ކޯޓަކުން މައްސަލައެއް ބަލައި، ނިންމުމުގައި، ޤާނޫނެއްގެ ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤާވާޢިދެއްގެ ބައެއް ވިޔަސް ބާޠިލުކަމަށް ކަނޑައަޅައި ޙުކުމް ކޮށްފިނަމަ، ފުރަތަމަ މަރުޙަލާގެ ކޯޓުން ޙުކުމްކުރާތާ 10 ދުވެހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފުކުރުމަށްޓަކައި ބަންޑާރަނައިބު ނުވަތަ އިސްތިއުނާފު ކުރުމުގެ ޙައްޤު އޮތް އެހެން ފަރާތަކުން، އެ މައްސަލަ ނިންމި ކޯޓެއްގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ ގައިވާ ގޮތުގެ މަތިން އިސްތިއުނާފުކުރަން އެދޭކަން ކަށަވަރުކުރަންޖެހޭ ގޮތަށް ހަމަޖެހުން.( ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ އަކީ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ކުރުމާބެހޭ ސަރކިއުލަރ އެވެ. މި ސަރކިއުލަރ އަށް ބަލާއިރު، ފުރަތަމަ މަރުހާލާގެ ކޯޓުތަކާއި ޓްރައިބިއުނަލް ތަކުގެ ޙުކުމްތަކާއި ނިންމުންތައް އިސްތިއުނާފުކުރުމަށް އެއްވެސް ފަރާތަކުން ބޭނުންވާނަމަ "ފުރަތަމަ މަރުހާލާގެ ކޯޓުތަކާއި ޓްރައިބިއުނަލް ތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމު" 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލްއަށް ހުށަހެޅުމާއެކު އެކަން ކަށަވަރުކޮށްދޭން ވާނެ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.)

އިތުރަށް ވިދާޅުވުމަށް...

އޯޑިއޯ‮ ‬ނުވަތަ‮ ‬އޯޑިއޯ‮-ވީޑިއޯ‮ ‬މެދުވެރިކޮށް‮ ‬ޝަރީޢަތް‮ ‬ހިންގުމުގައި‮ ‬ޢަމަލުކުރާނެ‮ ‬ގޮތުގެ‮ ‬ޤަވާޢިދު‬‬‬‬‬‬‬‬‬

supreme

އޯޑިއޯ‮ ‬ނުވަތަ‮ ‬އޯޑިއޯ‮ ‬ވީޑިއޯ‮ ‬މެދުވެރިކޮށް ޝަރީޢަތް‮ ‬ހިންގުމުގައި‮ ‬ޢަމަލުކުރާނެ‮ ‬ގޮތުގެ‮ ‬ޤަވާޢިދު‮ ‬ދިވެހިރާއްޖޭގެ‮ ‬ސުޕްރީމް‮ ‬ކޯޓުން‮ ‬21‮ ‬ޖަނަވަރީ‮ ‬2014‮ ‬ވަނަ‮ ‬ދުވަހު‮ ‬ޢާއްމުކުރައްވައިފިއެވެ‮.‬ މި‮ ‬ޤަވާޢިދަކީ،‮ ‬ދިވެހިރާއްޖޭގެ‮ ‬ޖުމްހޫރިއްޔާގެ‮ ‬ޤާނޫނު‮ އަސާސީގެ‮ ‬7‮ ‬ވަނަ‮ ‬މާއްދާއާއި‮ ‬141‮ ‬ވަނަ‮ ‬މާއްދާއާއި‮ ‬156‮ ‬ވަނަ‮ ‬މާއްދާއާއި‮ ‬ދިވެހިރާއްޖޭގެ‮ ‬ކޯޓުތަކުގެ‮ ‬ޤާނޫނުގެ‮ ‬96‮ ‬ވަނަ‮ ‬މާއްދާގެ‮ ‬ދަށުން،‮ ‬ޚަސްމުން‮ ‬ނުވަތަ‮ ‬ހެކިން‮ ‬ޝަރީޢަތުގެ‮ ‬މަޖިލިހަށް‮ ‬ޙާޟިރުކޮށް،‮ ‬ބަޔާން‮ ‬ނެގުމަށް‮ ‬އުޒުރުވެރިވާ‮ ‬ޙާލަތްތަކުގައި‮ ‬ޝަރީއަތް‮ ‬ހިންގުމުގައި‮ ‬ޢަދުލު‮ ‬އިންޞާފުގެ‮ ‬ހަމަތައް‮ ‬ނުގެއްލޭނެގޮތުގެ‮ ‬މަތިން‮ ‬އަވަސްކަމާއި‮ ‬ރައްކާތެރިކަމާއެކު‮ ‬އިންޞާފު‮ ‬ފޯރުކޮށްދިނުމުގެ‮ ‬ގޮތުން‮ ‬އޯޑިއޯ‮ ‬ނުވަތަ‮ ‬އޯޑިއޯ‮ ‬ވީޑިއޯ‮ ‬މެދުވެރިކޮށް‮ ‬ޝަރީޢަތް‮ ‬ހިންގާނޭ‮ ‬އުޞޫލުތައް‮ ‬ކަނޑައެޅުމަށްޓަކައި‮ ‬ދިވެހިރާއްޖޭގެ‮ ‬ސުޕްރީމް‮ ‬ކޯޓުން‮ ‬ޢާއްމުކުރައްވާފައިވާ‮ ‬ޤަވާޢިދެކެވެ‮.‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬

އިތުރަށް ވިދާޅުވުމަށް...

ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުޞޫލު

supreme

ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ 20 ޖަނަވަރީ 2016 ގައި ޢާއްމުކުރައްވާފައެވެ. މި އުޞޫލަކީ ޤާނޫނު ނަންބަރު 2010/03 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 47 ވަނަ މާއްދާ: ފަނޑިޔާރަކު މަސައްކަތް ކުރަމުން އައި ކޯޓު އުވިގެންދާ މަރުޙަލާ ފިޔަވައި، އެހެން ޙާލަތްތަކުގައި، އެއްވެސް ފަނޑިޔާރަކު އޭނާ ޢައްޔަންކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރަންވާނީ، ޖުޑީޝަލް ކައުންސިލްގެ ހުށަހެޅުމަކަށެވެ. މިގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރާނަމަ، ބަދަލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރަމުން އައި ކޯޓާ އެއްފަދަ، އެއް ދަރަޖައެއްގެ ކޯޓަކަށެވެ.

އިތުރަށް ވިދާޅުވުމަށް...

ބެލެނިވެރިކަމުގެ އިޙްތިޞާޞްގެ ދަށުން ފިޔަވަޅު އެޅުމާ ގުޅޭ ސަރކިއުލަރ

 

supreme

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަސްކުރުމަށްޓަކައި ބެލެނިވެރިކަމުގެ އިޙްތިޞާޞްގެ ދަށުން ފިޔަވަޅު އެޅުމާގުޅޭ ސަރކިއުލަރ (ނަންބަރު: 2016/02/SC) 20 ޖަނަވަރީ 2016 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ޢާއްމުކުރައްވާފައެވެ.

އިތުރަށް ވިދާޅުވުމަށް...

ކޯޓެއް ޤާއިމްކުރެވިފައިވާ ރަށުން ބޭރުގައި އެ ކޯޓެއްގެ ޑިވިޜަނެއް ނުވަތަ ފެސިލިޓީއެއް ޤާއިމްކުރުމާގުޅޭ ސަރކިއުލަރ

supreme

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/01/SC ސަރކިއުލަރގެ ދަށުން ޝަރުޢީ ދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭ އިމާރާތްތައް ހޯދުމާއި އިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅާ އިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުޞޫލެއްގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއްކަމަށް އެ ސަރކިއުލަރގައި ކަނޑައަޅާފައިވާތީ، ކޯޓެއް ޤާއިމްކުރެވިފައިވާ ތަން ފިޔަވައި އެހެންތަނެއްގައި، ޝަރީޢަތް ހިންގުމަށްޓަކައި ކޯޓުގެ ޑިވިޜަނެއް ނުވަތަ ފެސިލިޓީއެއް ހަމަޖެހިފައިވާ އުޞޫލުން ބޭރުން އެއްވެސް ފަރާތަކުން ޤާއިމްކޮށްގެން ނުވާނެކަމަށާއި އެ ފެސިލިޓީއެއް ޤާއިމްކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/01/SC (19 ޖަނަވަރީ 2016) ސަރކިއުލަރ އިން އަންގަވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު، ސީދާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހަޅަމުން ގެންދިއުމަށް އަންގަވައިފި

highcourtsouth

16 ޑިސެމްބަރު 2015 އިން ފެށިގެން، ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ރަސްމީކޮށް ފެށިފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC/07 ސަރކިއުލަރގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ދެކުނުގައި ޤާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަޙައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް، އިސްތިއުނާފުކުރުމަށް އެދި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު، ސީދާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހަޅަމުން ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވައިފިއެވެ. މިގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 04/2016 (19 ޖަނަވަރީ 2016) ޢާއްމު ސިޓީންނެވެ.

އިތުރަށް ވިދާޅުވުމަށް...

ޖުޑީޝަލް އެކަޑަމީ އިފްތިތާޙްކޮށްދެއްވައިފި

ImageLLt

ޖުޑީޝަލް އެކަޑަމީ މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. ޖުޑީޝަލް އެކަޑެމީ އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ވިލިމާލޭގައި ހުންނަ ކުރީގެ ޖުޑީޝަލް ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއާއި، އެމަނިކުފާނުގެ ދަޢުވަތަކަށް މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުންގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދުގެ ރައީސް، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އެވެ.

އިތުރަށް ވިދާޅުވުމަށް...

ސަޢޫދީ ޢަރަބިއްޔާގެ ވަފުދާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާއްވަވާ ރަސްމީ މަޝްވަރާތައް ކުރިޔަށް ދަނީ

image7

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ދަޢުވަތަކަށް ރާއްޖެއަށް ޒިޔާރަތް ކުރައްވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދުގެ ބޭފުޅުންނާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާއްވަވާ ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ގެ ވަފުދުގެ ބޭފުޅުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައްދަލު ކުރައްވައިފި

image1 4

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ގެ ދަޢުވަތަކަށް ރާއްޖެއަށް ޒިޔާރަތް ކުރައްވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ގެ ވަފުދުގެ ބޭފުޅުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ.

އިތުރަށް ވިދާޅުވުމަށް...

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno