ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމާގުޅޭ ޢާއްމު ސިޓީ

SC2ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރި މައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގައި، ބަންދުން ނުވަތަ ހައްޔަރުން ދޫކޮށްލުމަށް ފުރަތަމަ މަރުޙަލާގެ ކޯޓުތަކުން ނެރޭ އަމުރުތައް ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރި މައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ އަމުރެއް ނެރޭތާ ރަސްމީ ބަންދު ދުވަސްތައް އުނިކޮށް، 48 ގަޑިއިރުގެ ތެރޭގައި ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހަމަޖައްސަވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން މައްސަލައިގެ ފައިލް ލިޔުންތަކާއެކު، ސީދާ މާލޭގެ ހައިކޯޓަށް ހުށަހަޅާގޮތަށް ހަމަޖައްސަވައިފި

supreme

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2015/SC/07 ސަރކިއުލަރ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މާލޭގައި ޤާއިމްކުރެވިފައިވާ ހައިކޯޓަށް ނިސްބަތްވާ ސަރަޙައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް، އިސްތިއުނާފުކުރުމަށް އެދި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު، ސީދާ މާލޭގައި ޤާއިމްކޮށްފައިވާ ހައިކޯޓަށް ހުށަހަޅަމުން ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވައިފިއެވެ. މިގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 05/2016 (11 ފެބުރުވަރީ 2016) ޢާއްމު ސިޓީންނެވެ.

އިތުރަށް ވިދާޅުވުމަށް...

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރައްވަމުން ގެންދަވާ ކޮންސަލްޓެންޓް އާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައްދަލުކުރައްވައިފި

CJ

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރައްވަމުން ގެންދަވާ ކޮންސަލްޓެންޓް ޑރ. އަޙްމަދު ޢަލީ މަނިކުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އަދި ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ވިދާޅުވުމަށް...

ޖިނާއީ އެކިއެކި މައްސަލަތަކާ ގުޅިގެން ކޯޓު އަމުރު ނެރުމާއި އަސާސީ ޙައްޤުތައް ކަށަވަރުކުރުމާއި ދައުލަތުގެ ޢާންމު ނިޒާމް ހިފެހެއްޓުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވި ސަރކިއުލަރ

SC2

ޖިނާއީ އެކިއެކި މައްސަލަތަކާ ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރުތަކާއި ކުށުގެ ޢަމަލުތަކާ ގުޅިގެން އިޖުރާއީ ފިޔަވަޅު އެޅުމުގައި ރިޢާޔަތްކުރަންވީ ކަންތައްތައް ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސަރކިއުލަރ އެއް ނެރުއްވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ނެރުއްވި ނަންބަރު 2016/05/SC ސަރކިއުލަރ ގެ ދަށުން، ޖިނާއީ އެކިއެކި މައްސަލަތަކާ ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރުތައް ނެރުމުގައި ރިޢާޔަތްކުރަންވީ ކަންތައްތައް ތިރީގައިއެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ވަފުދެއް އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އާ ބައްދަލުކުރައްވައިފި

cemag

ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ވަފުދެއް އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އާ ބައްދަލުކުރައްވައިފި އެވެ. 11 ބޭފުޅުން ހިމެނިވަޑައިގަންނަވާ މި ވަފުދުގައި ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ވައިސް ޗެއަރ، ގަޔަނާގެ ނައިބު ރައީސް އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ހިޒް އެކްސެލެންސީ މރ.ކާރލް ގްރީނިޖް އާއި ގަޔަނާގެ އެމްބެސެޑަރ މރ.ޢަބްދުލް ހަލިމް މަޖީދު ހިމެނިވަޑައިގަންނަވައެވެ. އަދި އިންޑިޔާގެ ފޮރިންގ ސެކްރެޓަރީ ހިޒް އެކްސެލެންސީ ޑރ. އެސް ޖައިޝަންކަރު ވެސް ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ

ޔޫރަޕިއަން ޔޫނިއަންގެ ލީގަލް އެކްސްޕާޓް ފަރޑިނެންޑޯ ބައުޓިއަރ ޑި މޮންޖޯ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސަޢީދުއާ ބައްދަލުކުރައްވައިފި

pic

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުމަށްޓަކައި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ދިވެހިރާއްޖެއަށް ވަޑައިގެންނެވި، ޔޫރަޕިއަން ޔޫނިއަންގެ ލީގަލް އެކްސްޕާޓް ފަރޑިނެންޑޯ ބައުޓިއަރ ޑި މޮންޖޯ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއާ މިއަދު 16:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބައްދަލުކުރައްވައިފިއެވެ.

ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭން ފަނޑިޔާރުންގެ މަޖިލިހުން ފާސް ކުރައްވައިފައި

SupremeCourtNews

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭން 2016-2017 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ފާސް ކުރައްވައިފިއެވެ. ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭން 2016-2017 ފާސް ކުރައްވައިފައި ވަނީ 24 ޖަނަވަރީ 2016 ވީ އާދީއްތަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލިހުގެ ބައްދަލުވުމުގައެވެ.

ދެ އަހަރުގެ އައު މުއްދަތަކަށް ޝަރުޢީ ދާއިރާއިން ކަނޑައެޅި އެކްޝަން ޕްލޭނުގައި، ޝަރުޢީ ދާއިރާގެ ތަރައްޤީގެ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ފޯކަސް ކުރާނެ މައިގަނޑު ހަތަރު ދާއިރާއެއް ބަޔާން ކޮށްފައި ވެއެވެ. އެ ދާއިރާތަކަކީ ރައްޔިތުންނަށް ޢަދުލުގެ ނިޒާމަށް ފަސޭހައިން ވާސިލު ވެވޭނެ އަދި ފަސޭހައިން ޢަދުލުއިންޞާފުގެ ޙައްޤު ހޯދޭނެ މަގުފަހި ކޮށްދިނުމަށް ޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޝަރީޢަތް ކޮށް ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ މަސައްކަތް ހަލުވި ކޮށް އެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޝަރުޢީ ދާއިރާ ޖަވާބުދާރީ ކުރުވުމާއި ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ނަޒާހަތްތެރިކަމާއި ޒިންމާދާރުކަން ރައްކައުތެރި ކޮށް ކަށަވަރު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ޝާމިލު ވާ އެކިއެކި މުއައްސަސާތަކުގެ ގުޅުމާއި އެއްބާރުލުން ވަރުގަދަ ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ ދާއިރާއެވެ.

މި ދާއިރާތަކުން ހިންގޭ ތަފާތު ޙަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެވޭނީ ފަނޑިޔާރުންނަށާއި ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށެވެ. ނަމަވެސް ޤާނޫނީ ވަކީލުންނާއި ޢާއްމުންނަށް އަމާޒު ކޮށްގެން ވެސް ބައެއް ޕްރޮގްރާމުތައް ހިންގޭނެއެވެ. އެގޮތުން ޤާނޫނީ ވަކީލުންނަށް ބައިވެރި ވެވޭ ގޮތަށް ފަންނީ ތަމްރީނުގެ ޕްރޮގްރާމުތައް ރޭވިފައި ވާ އިރު، ޢާއްމު ރައްޔިތުން ބޭނުން ވާ މަޢުލޫމާތު ފޯރު ކޮށްދިނުމުގެ ތަފާތު ޙަރަކާތްތަކާއި ޕްރޮގްރާމުތައް ވެސް ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭން 2016-2017 ގެ ދަށުން ހިންގޭނެއެވެ.

ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭނުގެ ދަށުން ހިންގޭނެ މުހިއްމު ޙަރަކާތްތަކުގެ ތެރޭގައި ޝަރީޢަތުން ބޭރުގައި މައްސަލަތައް ޙައްލު ކުރުމުގެ ނިޒާމާ ބެހޭ ޚާއްޞަ ކޮމިޓީއެއް އުފައްދައި އެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމާއި އަދި ޝަރީޢަތުން ބޭރުގައި މައްސަލަ ޙައްލު ކުރުމުގެ މަސައްކަތާ ބެހޭ ތަމްރީނުތައް ފަނޑިޔާރުންނަށާއި ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށް ދިނުމާއި، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި ސްވޮޓް އެނާލިސިސް ހެދުމާއި، މައްސަލަތައް އަވަހަށް ނިންމުމުގެ ޤާބިލިއްޔަތު އިތުރު ކުރުމަށް ޓަކައި ކޯޓުތަކުގައި ކޭސް މެނޭޖް ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، ރުޖޫޢީ އިންޞާފުގެ ނިޒާމާ ބެހޭގޮތުން ޖުޑީޝަލް އޮފިސަރުންނާއި ޤާނޫނީ ވަކީލުންނާއި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށް އަމާޒު ކޮށްގެން ސެމިނާރެއް ބޭއްވުމާއި، ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުން ހިމެނެއެވެ.

ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭނުގައި ހިމެނޭ އެކިއެކި ޙަރަކާތްތަކާއި ޕްރޮގްރާމުތައް ކުރިޔަށް ގެންދެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. މި ޙަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުމުގައި އިސް ވެ ޙަރަކާތްތެރި ވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީދާއިރާގެ އެކްޝަން ޕްލޭން 2016-2017 ވިދާޅުވުމަށް

ޝަރުޢީ ދާއިރާގެ 2015 ވަނަ އަހަރުގެ ޕަރފޯމަންސް ރިޕޯޓް ހުށަހަޅުއްވައިފި

performance

ޝަރުޢީ ދާއިރާގެ 2015 ވަނަ އަހަރުގެ ޕަރފޯމަންސް ރިޕޯޓް މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތައްޔާރުކޮށްފައިވާ ޝަރުޢީ ދާއިރާގެ 2015 ވަނަ އަހަރުގެ ޕަރފޯމަންސް ރިޕޯޓް ހުށަހަޅުއްވައިދެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙަސަން ސަޢީދު ޙުސައިންއެވެ.

އިތުރަށް ވިދާޅުވުމަށް...

"ޖުޑީޝަލް ޕްލޭނަރ" ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ނެރެދެއްވައިފި

 

planner

"ޖުޑީޝަލް ޕްލޭނަރ" ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު މިއަދު ނެރެދެއްވައިފިއެވެ.

"ޖުޑީޝަލް ޕްލޭނަރ" ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވިދާޅުވީ، މިއީ މުޅި އަހަރުގެ މަސައްކަތްތައް ޕްލޭންކޮށްލުމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށެވެ. އަދި "ޖުޑީޝަލް ޕްލޭނަރ" ކޯޓުތަކަށް ވީހާވެސް އަވަހަށް ފޮނުވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އިތުރަށް ވިދާޅުވުމަށް...

ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާ ބެހޭ ޤަވާޢިދުގެ ބައެއް މާއްދާތައް އިޞްލާޙްކުރައްވައިފި

SC2

24 ޖުލައި 2014 ގައި ޢަމަލުކުރަން ފަށާފައިވާ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދުގެ ބައެއް މާއްދާތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިޞްލާޙްކުރައްވައިފިއެވެ. އެގޮތުން މިއަދު އިޞްލާޙްކުރައްވާފައިވަނީ ޤަވާޢިދުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގެ (ހ) އާއި 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާއެވެ.

ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދަށް 01 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާޢިދާއި، ޤަވާޢިދަށް ގެނެވިފައިވާ އިޞްލާޙްތަކާއެކު ޤަވާޢިދު ވިދާޅުވުމަށް:

މަލްޓި ސްޓޭކްހޯލްޑަރ ޖުޑީޝަލް ސެކްޓަރ ލޯ ރިފޯމް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި

law reform

މަލްޓި ސްޓޭކްހޯލްޑަރ ޖުޑީޝަލް ސެކްޓަރ ލޯ ރިފޯމް ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް އާއި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޟިލް ޢުމަރު ނަޞީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް ޢަބްދުﷲ ޢަރީފް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ވިދާޅުވުމަށް...

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno