އަލަށް ގްރެޖުއޭޓް ވާ ފަރާތްތަކަށް ލަސްތަކެއް ނުވެ ހުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ: އުއްތަމަ ފަނޑިޔާރު

Oathtaking 2018 01

އިދާރީ ބައެއް ދަތިތަކާ ހުރެ، ޝަރުޢީ އަދި ޤާނޫނީ ތަޢުލީމުގެ ދާއިރާއިން ކިޔަވައިވިދާޅުވެގެން ނުކުމެވަޑައިގަންނަވާ ބޭފުޅުންނަށް، ޤާނޫނީ ވަކީލުކަމުގެ ހުވާ ނުކުރެއްވެވި ދުވަސްތަކެއް ފާއިތު ވެގެން ގޮސްފައިވީނަމަވެސް، ކުރިޔަށް އޮތް ތަނުގައި، އަލަށް ގްރެޖުއޭޓް ވެވަޑައިގަންނަވާ ބޭފުޅުންނަށް ލަސްތަނެއް ނުވެ ހުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި 2018 ޖުލައި 30 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ޖުޑީޝަލް އެކަޑަމީ ތަރައްޤީ ކޮށް، ދުނިޔޭގެ ކުރި އަރާފައިވާ ޤައުމުތަކުގެ އެކަޑަމީތަކުން ވަކީލުންނަށް ލިބިދޭ ތަޢުލީމާއި ތަމްރީނު ރާއްޖޭގައި ވެސް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރާނަން: އުއްތަމަ ފަނޑިޔާރު

Oathtaking 2018 01

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ތަރައްޤީ ކޮށް، ދުނިޔޭގެ ކުރި އަރައިފައި ވާ ޤައުމުތަކުގައި ވެސް އެފަދަ މުއައްސަސާތަކުން ވަކީލުންނަށް ލިބިދެވޭ ތަމްރީނާއި ކޮންޓިނުއިންގ އެޑިޔުކޭޝަން ރާއްޖޭގައި ވެސް ފޯރު ކޮށްދިނުމަށް ޓަކައި މަސައްކަތް ކުރައްވާނެކަމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަމުގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި 2018 ޖުލައި 30 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-C/06 ޤަޟިއްޔާއިން ބެއްލެވި ދުސްތޫރީ މައްސަލައިގެ ޙުކުމް ކުރައްވައިފި

Gaziyya

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 އަމުރުގެ 01 ވަނަ ނަންބަރާއި 03 ވަނަ ނަންބަރާއި 04 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބައިތައް ބާޠިލުކޮށްދެއްވުން އެދި އެޓަރނީ ނެޖެރަލްގެ އޮފީހުން ހުށަހެޅުއްވި މައްސަލައިގެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ކުރައްވައިފިއެވެ.

މި މައްސަލަ އަކީ ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން "އެކްސް ޕާޓޭ" މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ. މި މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކުރެއްވި ޙުކުމްގައި ބަޔާންކުރައްވާފައި ވަނީ:

  • ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 01 ނަންބަރުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް 2018 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބާޠިލުވެއްޖެކަމަށް ކަނޑައަޅާފައިވާ ބަޔަކީ ބާޠިލު ބައެއްކަން.
  • ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 04 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ޙައިޘިއްޔަތު ޤާނޫނީގޮތުން ގެއްލިފައި ނުވާތީ، ބުނެވިދިޔަ ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި އެންމެހައި މެންބަރުން ހިމެނޭ ގޮތަށް ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން 2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ޤަވާޢިދުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ބަޔަކީ ބާޠިލު ބައެއްކަން.
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 03 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް ޢައްޔަންކުރުމާ ބެހޭގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށް ކަނޑައަޅާފައިވާ ބައިގައި އުއްތަމަފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޝާމިލުވާގޮތަށް އޮތް އޮތުން ބާޠިލުކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމް ވިދާޅުވުމަށް

04 ފެބްރުވަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ކޯޓު އަމުރު

TwitterJA

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު ރިޝްވަތުގެ މައްސަލައަކާ ގުޅިގެންކަމަށް ބުނެ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް އިދާރީ މުވައްޒަފު ކޯޓު އަމުރެއްގެ ދަށުން ހޯދަމުންގެންދާ ކަމަށް ބަޔާންކޮށް ފުލުހުންގެ ފަރާތުން އާންމުކޮށްފައިވާ ނޫސްބަޔާނުގައި ހިމަނާފައިވާ ކަންކަމަކީ، އަދި އިސްވެ ދެންނެވުނު އަމުރު ނެރެ ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދަނީ ހަމަޖެހިފައިވާ ޤާނޫނީ އިޖުރާއާތާ ޚިލާފަށް، ޢަދުލު އިންޞާފުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމަށް މަގު ފަހިވާގޮތަށް ކަމަށްވާތީ، އެ އަމުރަކީ ބާޠިލް އަމުރެއްކަމަށް ކަނޑައަޅައި، އެ އަމުރާގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އަދި އެ އަމުރާގުޅޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުނީއްސުރެ އެ ކޯޓުން އެ މައްސަލައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެނގޭގޮތަށް މައްސަލައިގެ ފައިލްގައި ހިމެނޭ އެންމެހައި ލިޔެކިޔުންތަކާ އެކު، މައްސަލައިގެ ފައިލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އަމުރުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު ވިދާޅުވުމަށް

04 ފެބްރުވަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނޫސް ބަޔާން

TwitTer PressRelease

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައިވާ ކަންތައްތައް ތަންފީޒުކުރުމުގައި އިތުރު އިރުޝާދާއި މަޝްވަރާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިލައްވާފައިވާ މައްސަލައިގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ދެންނެވުނު ކޯޓު އަމުރު ތަންފީޒުކުރަންޖެހޭ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް، އެ އަމުރު ތަންފީޒުކުރުމަށް ޤާނޫނީގޮތުން ހުރަސް އެޅިދާނެ އެއްވެސް ސަބަބެއް ނެތްކަމަށާއި އަދި އެ އަމުރުގައިވާ ގޮތުގެމަތިން އަލުން ޝަރީޢަތް ހިންގަންޖެހޭ ފަރާތްތަކުގެ ޝަރީޢަތް ހިންގުމަށްޓަކައި ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެކަން ކަމާބެހޭ ކޯޓަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާތީ، އެކަން 04 ފެބްރުވަރީ 2018 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންގިފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނޫސް ބަޔާނުގައި ވަނީ ޢާންމުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނޫސް ބަޔާން ވިދާޅުވުމަށް

ބަންގްލަދޭޝްގެ އެކްޓިން ޗީފް ޖަސްޓިސް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން

news

ބަންގްލަދޭޝްގެ އެކްޓިންގ ޗީފް ޖަސްޓިސް މިރުޒާ ޙުސައިން ޙައިދަރު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު 11:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަނީ ބަންގްލަދޭޝްގެ އެކްޓިންގ ޗީފް ޖަސްޓިސް މިރުޒާ ޙުސައިން ޙައިދަރު ރާއްޖެއަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި އެ ބޭފުޅާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ރާއްޖޭގެ ޖުޑީޝަރީއާއި، ބަންގްލަދޭޝްގެ ޖުޑީޝަރީއާ ދެމެދު ޤާއިމްކުރެވިފައިވާ އެކުވެރިގުޅުން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ޖުޑީޝަރީއިން ވެދެއްވާ އެހީތެރިކަމާއި، އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ. މީގެއިތުރުން ޢަދުލުއިންޞާފުގެ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި ދެ ޤައުމުގެ ޖުޑީޝަރީގެ ދެމެދުގައި ތަޖުރިބާ ހިއްސާކުރެއްވުމާގުޅޭ މަޝްވަރާ ކުރެއްވިއެވެ.


މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިޖުރީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ, ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފޮނުއްވުން

Web

މި ފެށޭ ހިޖުރީ 1439 ވަނަ އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢދު ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނުވަވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފި

IMG-20170919-WA0540

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނުވަވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޙަފްލާއެއް ރޭ ބާއްވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އޮތް މި ޙަފްލާގައި، ޝަރުޢީ ދާއިރާއާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، ރައްޔިތުންނާއި ޤާނޫނީ ވަކީލުންނަށް ޝަރުޢީ ކޯޓުތަކުގެ ނިންމުންތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ލެކްސިސްނެކްސިސް އާ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްގެ ތެރެއިން ޝާއިޢުކުރެވޭ "ދިވެހިރާއްޖެ ޤާނޫނު ރިޕޯޓުތައް" ގެ ފުރަތަމަ ވޮލިއުމް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ނެރެދެއްވިއެވެ. ދިވެހިރާއްޖެ ޤާނޫނު ރިޕޯޓުތަކުގެ ފުރަތަމަ ވޮލިއުމް ގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމްތަކެވެ.
އޭގެ އިތުރުން، ޗައިލްޑް ރައިޓްސް އެންޑް ޖުވެނައިލް ޖަސްޓިސް ސިސްޓަމް ގެ ނަމުގައި ފަނޑިޔާރުންގެ މަހާސިންތާގެ ތެރެއިން ކުރިޔަށްދިޔަ ސިމްޕޯސިއަމްގައި އެކުލަވާލާފައިވާ ޖުވެނައިލް ޖަސްޓިސް އެކްޝަން ޕްލޭން މި ޙަފްލާގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ނެރެދެއްވިއެވެ.
މި ޙަފްލާގައި ޝަރުޢީ ދާއިރާގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ކޯޓުތަކުގެ ކޮމެންޓަށް ވަނީ ހުޅުވާލާފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނުވަވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙަފްލާގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް އާއި، މާލޭ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ، އޭގެ އިތުރުން މާލޭ ކޯޓުތަކުގެ ލީގަލް މުވައްޒަފުންނާއި، ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ވަކީލުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޖުޑީޝަލް އެކަޑަމީގެ އިސްވެރިން ވެސް މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ތާރީޚުގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 2008 ސެޕްޓެމްބަރު 18 ވަނަ ދުވަހުއެވެ.

ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅައިފިކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގު ޚަބަރެއް

ދިއްދޫދާއިރާގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅައިފިކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ފަރުތަމުންގެންދާ ގޮދު ޚަބަރެކެވެ.

މައްސަލަ ހުށަހެޅި ފަރާތުން އެދުނުގޮތް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެ ކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި، ގޮތެއް ކަނޑައަޅަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންކަމަށް ބުނެފައިވާހިނދު، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ހއ. ދިއްދޫ ފުނަމާގޭ ޢަބްދުއްލަޠީފް މުޙައްމަދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށާއި އަދި އެ ދާއިރާގެ ބައި-އިލެކްޝަން ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން 19 ޖުލައި 2017 ވަނަ ދުވަހު ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤާއި މިނިވަންކަމާއި އަދި ޤާނޫނު ނަންބަރު 2013/04 (ސިޔާސީ ޕާޓީތަކުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާ ސިޔާސީ ޕާޓީގެ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ހ) އާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރުން އެކަށައަޅާފައިވާ ޤަޟާއީ ނިންމުންތަކާ ތަޢާރުޟުވާގޮތަށް ނިންމާފައިވާ ނިންމެވުމެއްކަމަށްވާތީ، އެ ނިންމުން ބާޠިލު ކަމަށާއި، އަދި ޢަބްދުއްލަޠީފު މުޙައްމަދު އަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުކަމަށް ކަނޑައަޅައިދީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން މައްސަލަ ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރުމާ ހަމައަށް ނުވަތަ ވަކި ގޮތަކަށް ޢަމަލުކުރުމަށް އަންގަންދެން ނުވަތަ ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަކިގޮތަކަށް އަންގަންދެން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ދެމިހުރެވޭނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި ބޭއްވުމަށް ނިންމާފައިވާ ބައި-އިލެކްޝަން ބޭއްވުމާގުޅޭ އެންމެހައި އިންތިޒާމުތައް ވަގުތުން ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށާއި މުވައްޒަފުންގެ މައްޗަށް އަމުރުކޮށް ދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން ވަނީ އެދިފައެވެ.

އިތުރަށް ވިދާޅުވުމަށް...

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno