ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއްސުޢޫދުގެ ސަސްޕެންޝަނުގެ މުއްދަތު އިތުރުކޮށްފި

އަލްއުސްތާޛު ޙުސްނުއްސުޢޫދު އޭނާގެ ނަމުގައި ހުޅުވާފައިވާ (@hsuood)  ޓްވިޓަރ އެކައުންޓުން، 2018  ސެޕްޓެންބަރު 24 ވަނަ ދުވަހު ޖުޑީޝަރީއާ ގުޅޭގޮތުން ކޮށްފައިވާ “Supreme court issued an unconstitutional ruling to extend the presidential term in November 2013” ޓްވީޓާއި، އަދި ހަމަ އެ ތާރީޚުގައި،  ޙުސްނުއްސުޢޫދު އާ ޙަވާލާދީ http://vnews.mv/103496) ) ގައި "ސުއޫދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިމާވި މައްސަލަތަކެއްގެ ތެރެއިން އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދުގެ ވަހީދުގެ ވެރިކަން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ދިގު ދަންމާލީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށެވެ.  ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް..." ކަމަށް ލިޔެފައިވާ ލިޔުމާ ގުޅޭގޮތުން ޙުސްނުއްސުޢޫދުއާ ސުވާލުކުރުމަށްފަހު، ޙުސްނުއްސުޢޫދު ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް ބެލިބެލުމުން  ސ. މީދޫ / ހަސަންކާރިގެ، ޙުސްނުއްސުޢޫދުގެ މި ޢަމަލަކީ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު" ގެ 3.2 ގެ (ހ)، (ނ)، (ރ) އާ ޚިލާފު ޢަމަލަކަށްވާތީ، އެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ  (ނ) ގެ ދަށުން ޤާނޫނީ ވަކީލު ސ. މީދޫ / ހަސަންކާރިގެ، ޙުސްނުއްސުޢޫދު ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން މިއަދުން ފެށިގެން 04 މަސްދުވަހުގެ މުއްދަތަށް މަނާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

އިޢުލާނު ވިދާޅުވުމަށް

ރައްޔިތުންގެ މަޖިލީހުގެ 04 މެންބަރެއްގެ ގޮނޑި ހުސްނުވާކަމަށް މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 04 މެންބަރެއްގެ ގޮނޑި ހުސްވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމަކީ ބާޠިލު ނިންމެވުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ މެންބަރުންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކަށް މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު ޝާއިޢުކޮށްފި

ޤާނޫނު ނަންބަރު:2016/12 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޝަރީޢަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު މިއަދު ޝާއިޢުކޮށްފިއެވެ.

ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލެވިގެންވާ މި ގަވާއިދުގައި، ޖިނާއީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި، ހުށަހަޅާ މައްސަލަތައް ކޯޓުތަކުން ބަލައިގަތުމާއި، ޝަރީޢަތް ހިންގުމުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭ އެއްގޮތް އުސޫލުތައް ހިމެނެއެވެ. އަދި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައްޔާއި، ކަފާލާތުގެ ދަށުން ދޫކުރުމާއި، ކޯޓު އަމުރު ނެރުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އެއްގޮތް އުޞޫލުތަކާއި، ހޭބިއަސް ކޯޕަސް އަމުރު ނެރެމާގުޅޭ އުޞޫލުތައް ހިމެނެއެވެ. އޭގެ އިތުރުން، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތަކާގުޅިގެން ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ފަދަ އުސޫލުތައް ވެސް މި ގަވާއިދުގައި ހިމެނެއެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވި މުހިންމު ކަންތައްތައް

Oathtaking 2018 06 03

  1. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ޤާނޫނީ ވަކީލުން ހުވާ ކުރިތާ، ޖޫން މަހުގެ 17 އަށް، 67 އަހަރު ފާއިތު ވެގެން ގޮސްފައިވާކަން ފާހަގަކުރެއްވައި، އެ ދިގު މުއްދަތުގެ ތެރޭގައި، ޤާނޫނީ ޕްރޮފެޝަން ވަނީ ކުރިއެރުންތަކެއް ޙާޞިލު ކޮށްފައިވާކަން.

އިތުރަށް ވިދާޅުވުމަށް...

އަލަށް ގްރެޖުއޭޓް ވާ ފަރާތްތަކަށް ލަސްތަކެއް ނުވެ ހުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ: އުއްތަމަ ފަނޑިޔާރު

Oathtaking 2018 01

އިދާރީ ބައެއް ދަތިތަކާ ހުރެ، ޝަރުޢީ އަދި ޤާނޫނީ ތަޢުލީމުގެ ދާއިރާއިން ކިޔަވައިވިދާޅުވެގެން ނުކުމެވަޑައިގަންނަވާ ބޭފުޅުންނަށް، ޤާނޫނީ ވަކީލުކަމުގެ ހުވާ ނުކުރެއްވެވި ދުވަސްތަކެއް ފާއިތު ވެގެން ގޮސްފައިވީނަމަވެސް، ކުރިޔަށް އޮތް ތަނުގައި، އަލަށް ގްރެޖުއޭޓް ވެވަޑައިގަންނަވާ ބޭފުޅުންނަށް ލަސްތަނެއް ނުވެ ހުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި 2018 ޖުލައި 30 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ޖުޑީޝަލް އެކަޑަމީ ތަރައްޤީ ކޮށް، ދުނިޔޭގެ ކުރި އަރާފައިވާ ޤައުމުތަކުގެ އެކަޑަމީތަކުން ވަކީލުންނަށް ލިބިދޭ ތަޢުލީމާއި ތަމްރީނު ރާއްޖޭގައި ވެސް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރާނަން: އުއްތަމަ ފަނޑިޔާރު

Oathtaking 2018 01

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ތަރައްޤީ ކޮށް، ދުނިޔޭގެ ކުރި އަރައިފައި ވާ ޤައުމުތަކުގައި ވެސް އެފަދަ މުއައްސަސާތަކުން ވަކީލުންނަށް ލިބިދެވޭ ތަމްރީނާއި ކޮންޓިނުއިންގ އެޑިޔުކޭޝަން ރާއްޖޭގައި ވެސް ފޯރު ކޮށްދިނުމަށް ޓަކައި މަސައްކަތް ކުރައްވާނެކަމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަމުގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި 2018 ޖުލައި 30 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-C/06 ޤަޟިއްޔާއިން ބެއްލެވި ދުސްތޫރީ މައްސަލައިގެ ޙުކުމް ކުރައްވައިފި

Gaziyya

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 އަމުރުގެ 01 ވަނަ ނަންބަރާއި 03 ވަނަ ނަންބަރާއި 04 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބައިތައް ބާޠިލުކޮށްދެއްވުން އެދި އެޓަރނީ ނެޖެރަލްގެ އޮފީހުން ހުށަހެޅުއްވި މައްސަލައިގެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ކުރައްވައިފިއެވެ.

މި މައްސަލަ އަކީ ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން "އެކްސް ޕާޓޭ" މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ. މި މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކުރެއްވި ޙުކުމްގައި ބަޔާންކުރައްވާފައި ވަނީ:

  • ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 01 ނަންބަރުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް 2018 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބާޠިލުވެއްޖެކަމަށް ކަނޑައަޅާފައިވާ ބަޔަކީ ބާޠިލު ބައެއްކަން.
  • ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 04 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ޙައިޘިއްޔަތު ޤާނޫނީގޮތުން ގެއްލިފައި ނުވާތީ، ބުނެވިދިޔަ ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި އެންމެހައި މެންބަރުން ހިމެނޭ ގޮތަށް ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން 2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ޤަވާޢިދުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ބަޔަކީ ބާޠިލު ބައެއްކަން.
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 03 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް ޢައްޔަންކުރުމާ ބެހޭގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށް ކަނޑައަޅާފައިވާ ބައިގައި އުއްތަމަފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޝާމިލުވާގޮތަށް އޮތް އޮތުން ބާޠިލުކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމް ވިދާޅުވުމަށް

04 ފެބްރުވަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ކޯޓު އަމުރު

TwitterJA

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު ރިޝްވަތުގެ މައްސަލައަކާ ގުޅިގެންކަމަށް ބުނެ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް އިދާރީ މުވައްޒަފު ކޯޓު އަމުރެއްގެ ދަށުން ހޯދަމުންގެންދާ ކަމަށް ބަޔާންކޮށް ފުލުހުންގެ ފަރާތުން އާންމުކޮށްފައިވާ ނޫސްބަޔާނުގައި ހިމަނާފައިވާ ކަންކަމަކީ، އަދި އިސްވެ ދެންނެވުނު އަމުރު ނެރެ ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދަނީ ހަމަޖެހިފައިވާ ޤާނޫނީ އިޖުރާއާތާ ޚިލާފަށް، ޢަދުލު އިންޞާފުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމަށް މަގު ފަހިވާގޮތަށް ކަމަށްވާތީ، އެ އަމުރަކީ ބާޠިލް އަމުރެއްކަމަށް ކަނޑައަޅައި، އެ އަމުރާގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އަދި އެ އަމުރާގުޅޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުނީއްސުރެ އެ ކޯޓުން އެ މައްސަލައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެނގޭގޮތަށް މައްސަލައިގެ ފައިލްގައި ހިމެނޭ އެންމެހައި ލިޔެކިޔުންތަކާ އެކު، މައްސަލައިގެ ފައިލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އަމުރުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު ވިދާޅުވުމަށް

04 ފެބްރުވަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނޫސް ބަޔާން

TwitTer PressRelease

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައިވާ ކަންތައްތައް ތަންފީޒުކުރުމުގައި އިތުރު އިރުޝާދާއި މަޝްވަރާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިލައްވާފައިވާ މައްސަލައިގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ދެންނެވުނު ކޯޓު އަމުރު ތަންފީޒުކުރަންޖެހޭ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް، އެ އަމުރު ތަންފީޒުކުރުމަށް ޤާނޫނީގޮތުން ހުރަސް އެޅިދާނެ އެއްވެސް ސަބަބެއް ނެތްކަމަށާއި އަދި އެ އަމުރުގައިވާ ގޮތުގެމަތިން އަލުން ޝަރީޢަތް ހިންގަންޖެހޭ ފަރާތްތަކުގެ ޝަރީޢަތް ހިންގުމަށްޓަކައި ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެކަން ކަމާބެހޭ ކޯޓަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާތީ، އެކަން 04 ފެބްރުވަރީ 2018 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންގިފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނޫސް ބަޔާނުގައި ވަނީ ޢާންމުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނޫސް ބަޔާން ވިދާޅުވުމަށް

ބަންގްލަދޭޝްގެ އެކްޓިން ޗީފް ޖަސްޓިސް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން

news

ބަންގްލަދޭޝްގެ އެކްޓިންގ ޗީފް ޖަސްޓިސް މިރުޒާ ޙުސައިން ޙައިދަރު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު 11:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަނީ ބަންގްލަދޭޝްގެ އެކްޓިންގ ޗީފް ޖަސްޓިސް މިރުޒާ ޙުސައިން ޙައިދަރު ރާއްޖެއަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި އެ ބޭފުޅާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ރާއްޖޭގެ ޖުޑީޝަރީއާއި، ބަންގްލަދޭޝްގެ ޖުޑީޝަރީއާ ދެމެދު ޤާއިމްކުރެވިފައިވާ އެކުވެރިގުޅުން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ޖުޑީޝަރީއިން ވެދެއްވާ އެހީތެރިކަމާއި، އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ. މީގެއިތުރުން ޢަދުލުއިންޞާފުގެ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި ދެ ޤައުމުގެ ޖުޑީޝަރީގެ ދެމެދުގައި ތަޖުރިބާ ހިއްސާކުރެއްވުމާގުޅޭ މަޝްވަރާ ކުރެއްވިއެވެ.


މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

mersin escort - escort bursa';
antalya bayan escort
bodrum escort
konya escort
astropay bozdurma
beylikdz escort istanbul escort beylikduzu escort ataky escort
istanbul escort istanbul escort sirinevler escort istanbul escort beylikduzu escort
sex watch
porno