ހައި ކޯޓު / އުތުރު ގޮތްޕާއި، ހައި ކޯޓު / ދެކުނު ގޮތްޕަށް ފަނޑިޔާރުން ހަމަޖެއްސުމާބެހޭ

ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކޮށްފައިވާ ހައި ކޯޓުގެ ގޮފިތަކަށް އެކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުން ހަމަޖެއްސުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ޝާއިޢުކުރައްވާފައެވެ.

މި ޤަވާޢިދުގައި ބަޔާންކޮށްފައިވާގޮތުން ހައިކޯޓާއި ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން، ހައިކޯޓަށް ޢައްޔަންކުރެވިފައިވާ ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ސިވިލް ކޯޓުގެ ޤާޟީ މަރްޔަމް ވަޙީދުގެ ކިބައިން ކޯޓުތަކުގައި ޝަރީޢަތްކުރުމުގެ ޝަރުޢިއްޔަތާއި، އަހުލިއްޔަތާއި، ވިލާޔަތު ގެއްލިފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅުއްވުން

SC2

ސިވިލް ކޯޓުގެ ޤާޟީ މަރްޔަމް ވަޙީދުގެ ކިބައިން ކޯޓުތަކުގައި ޝަރީޢަތްކުރުމުގެ ޝަރުޢިއްޔަތާއި، އަހުލިއްޔަތާއި، ވިލާޔަތު ގެއްލިފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅުއްވައި، ދިވެހިރާއްޖޭގެ ކޯޓެއްގައި ޝަރީޢަތްކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ޤާޟީ މަރްޔަމް ވަޙީދުއަށް ލިބިގެންނުވާކަމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ސިވިލް ކޯޓުގެ ނަންބަރު 707/Cv-C/2017ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފި

SC2

ސިވިލް ކޯޓުގެ ނަންބަރު  707/Cv-C/2017ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް 16 ފެބުރުވަރީ 2017 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ. ސިވިލް ކޯޓުގެ ނަންބަރު  707/Cv-C/2017ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފައިވަނީ، ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު  707/Cv-C/2017ޤަޟިއްޔާއިން  "ދިވެހި ސަރުކާރާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ކޮށްފައިވާ ވ.ބޮޑުމޮހޮރާ، ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޙަވާލުކުރުމުގެ ޝަރުޠުތަކަށް އެއްބަސްވާކަމުގެ އެގްރިމެންޓްގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި 16 ފެބުރުވަރީ 2017 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި ސޮއިކުރުމަށް" ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު  2017/SC-L-J/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތާ ޚިލާފަށްކޮށްފައިވާ ޙުކުމެއް ކަމަށާއި، އަދި އެކަމާމެދު ފިޔަވަޅު އަޅައިދިނުން އެދި ދިވެހި ދައުލަތުގެ ބަންޑާރަނާއިބު ހުށަހެޅުއްވި މައްސަލައިގައެވެ.

އިތުރަށް ވިދާޅުވުމަށް...

ލީގަލް ފްރެޓަރނިޓީ ހަރުދަނާކުރުމަށްޓަކައި އިންތިޒާމުކުރެވެންޖެހޭ ކަންތައްތަކާގުޅޭ މަޝްވަރާ ބައްދަލުވުން

ދިވެހިރާއްޖޭގައި ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަކީ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށްޓަކައި ނިންމަންޖެހޭ މުހިންމު ކަންތައްތަކާގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އާއެކު މަޝްވަރާ ބައްދަލުވުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަނީ ބާއްވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، ރޫލް އޮފް ލޯ ނުވަތަ ޤާނޫނުގެ ޙުކޫމަތު ނެގެހެއްޓުމަކީ ޤައުމުގެ ސިޔާދަތާ ގުޅިފައިވާ ކަމަކަށްވާއިރު އެކަން ހަރުދަނާގޮތެއްގައި ސްޓްރީމް ލައިންކޮށް ރެގިއުލޭޓް ކުރުމަކީ މުހިއްމުކަމެއްކަމަށާއި، އަދި މޮނީޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި، ވަކިވަކި ކޮލެޖްތައް ހަދައިގެން އެ ކޮލެޖް ތަކުން ލޯ ޑިގްރީ ދޫކުރާގޮތަށް އޮންނަ އޮތުމަކީ ރަނގަޅުކަމެއް ނޫންކަން ފާހަގަކޮށް އެކަންކަމާގުޅޭގޮތުން ބަޙުސްކުރުން ހިމެނެއެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރުން.

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އަރިސްކުރައްވައިފިއެވެ.

nasruge dhuvas-website

ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި، އަލްއުސްތާޛު ޢަލީ ޙުސައިން ކޯޓުތަކުގެ ޙުރުމަތް ކަނޑަމުންދާ މައްސަލާގައި ފިޔަވަޅު އަޅައިފި

ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި، އަލްއުސްތާޛު ޢަލީ ޙުސައިން ކޯޓުތަކުގެ ޙުރުމަތް ކަނޑަމުންދާ މައްސަލަ ބަލައި، އެމައްސަލާގައި ވަކިގޮތެއް ނިމެންދެން، އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި، އަލްއުސްތާޛު ޢަލީ ޙުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ނިންމަވައިފިއެވެ. މިފިޔަވަޅު އަޅާފައިމިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާއިދު އާއި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމުގެ ޤަވާއިދު އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުންނެވެ.

 

ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި ކުރި އިޢުލާނު ވިދާޅުވުމަށް

ދިވެހިރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓިފައިވާކަން ކަށަވަރުކޮށްދިނުމަށާއި އަދި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާގުޅޭ ނޫސް ބަޔާން

SC2

ދިވެހިރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓިފައިވާކަން ކަށަވަރުކޮށްދިނުމަށާއި އަދި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އަށް ރިއާޔަތްކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އާއި ސުޕްރީމް ކޯޓުގެ ޤަވާއިދު އާއި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމުގެ ޤަވާއިދު އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުން، އަޅަމުން ގެންދާނެ ކަމަށާއި އަދި އެފަދަ އަމަލެއް ކުރި ފަރާތަކީ ޤާނޫނީ ވަކީލެއް ކަމުގައިވާނަމަ އެފަދަ ފަރާތެއްގެ ވަކާލާތުކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާޠިލް ކުރެވޭނެކަން އާއްމުކޮށް އަންގަވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނޫސް ބަޔާނެއް ނެރުއްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ޅ. ނައިފަރު / ގުލްޗަމްޕާގެ، އަޙްމަދު ޝިޔާމް އާ ސ. ހުޅުދޫ / މޭވާގަސްދޮށުގެ، މުޙައްމަދު ޝާހިދުގެ މައްޗަށް ދައުވާކޮށް މއ. ކިނބިގަސްދޮށުގެ / މާލެ، މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް

މި މައްސަލައަކީ،ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ސިޔާސީ ޙަރަކާތްތައް ހުއްޓިފައި އޮންނަ އޮތުން ނިންމުމަކަށް ގެނެސް، އެ ޕާޓީ ހިންގޭނެ ގޮތެއް ކަޑައަޅައިދިނުން އެދި ޕީ.ޕީ.އެމްގެ ދެ މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޟިއްޔާގައި، ޕީ.ޕީ.އެމްގެ މެންބަރުންނާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޕީ.ޕީ.އެމްގެ ހިންގުން ކަށަވަރުކުރުމަށްޓަކައި، ޕީ.ޕީ.އެމްގެ ކައުންސިލުން ޕީ.ޕީ.އެމް ހިންގުމާމެދު އެހެން ގޮތަކަށް ކަނޑައަޅަންދެން، ޕީ.ޕީ.އެމްގެ ހިންގުމާ ޙަވާލުވެ، ހިންގުމާބެހޭ އެންމެހައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ، ޕީ.ޕީ.އެމްގެ މުޝްތަޝާރު ކަމުގައި ކަނޑައަޅައި، 16 އޮކްޓޯބަރ 2016 ވަނަ ދުވަހުން ފެށިގެން 24 (ސައުވީސް) ގަޑިއިރު ތެރޭގައި ޕީ.ޕީ.އެމްގެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށް، ޕީ.ޕީ.އެމްގެ މުސްތަޝާރުގެ މައްޗަށް އަމުރުކޮށް ނިންމި ނިންމުމަށް ތާއީދުކޮށް، ހައިކޯޓުގެ ނަންބަރު 2016/HC-A/464 ޤަޟިއްޔާގައި ނިންމި ނިންމުމާމެދު ދަޢުވާ ލިބުނު ފަރާތުން ހިތް ހަމަނުޖެހިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.

އިތުރަށް ވިދާޅުވުމަށް...

އިންޑިއާގެ އުއްތަމަ ފަނޑިޔާރުގެ ރަސްމީ ދަޢުވަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުން

India-SCmeeting

އިންޑިއާގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޓީ.އެސް. ޓާކޫރުގެ ރަސްމީ ދަޢުވަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އިންޑިއާގެ ނިއުދިއްލީއަށް ކުރެއްވި ދަތުފުޅު ނިންމަވާލެއްވުމަށްފަހު،އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މި ދަތުރުފުޅަކީ އިންޑިއާގެ ޝަރުޢީ ނިޒާމް ހިނގަމުންދާގޮތް ދެނެގަތުމަށާއި، އިންޑިއާގެ ޝަރުޢީ ދާއިރާގައި އާބިޓްރޭޝަންއާ ގުޅޭގޮތުން ޢަމަލުކުރަމުންދާގޮތް ދެނެގަތުމުގެ އިތުރުން، ބޭރުގެ އެކި ޤައުމުތަކުގެ ޝަރުއީ ދާއިރާތައް ހިނގަމުންދާ ގޮތްތަކާގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށްޓަކައި ބޭއްވުނު "ގްލޯބަލް ކޮންފަރެންސް އޮން ނޭޝަނަލް އިނިޝިއޭޓިވް ޓްވަރޑްސް ސްޓްރެންތެނިންގ އާބިޓްރޭޝަން އެންޑް އެންފޯސްމަންޓް އިން އިންޑިއާ" ގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

އިތުރަށް ވިދާޅުވުމަށް...

އިންޑިއާގެ އުއްތަމަ ފަނޑިޔާރުގެ ރަސްމީ ދަޢުވަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އިންޑިއާއަށް ވަޑައިގަންނަވައިފި

CJTrip-to-India

އިންޑިއާގެ އުއްތަމަ ފަނޑިޔާރު މިސްޓަރ ޓީ.އެސް. ޓާކޫރުގެ ރަސްމީ ދަޢުވަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އިންޑިއާގެ ނިއުދިއްލީއަށް އިއްޔެ ވަޑައިގަންނަވައިފިއެވެ. އުއްތަމަ ފަނޑިޔާރުގެ މިދަތުރުފުޅުގައި؛

އިންޑިއާގެ ޝަރުޢީ ނިޒާމް ހިނގާގޮތް ދެނެގަތުމުގެ އިތުރުން، ބޭރުގެ އެކިއެކި ގައުމުތަކުގެ ޝަރުޢީ ދާއިރާއާއި އިންޑިއާގެ ޝަރުޢީ ދާއިރާގައި އާބިޓްރޭޝަންއާ ގުޅޭގޮތުން ޢަމަލުކުރަމުންދާގޮތް ދެނެގަނެގަތުމަށްޓަކައި 3 ދުވަހުގެ މުއްދަތަށް ބާއްވާ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތުގައި ދިވެހިރައްޖޭގެ އުއްތަމަފަނޑިޔާރު ދެއްކެވި ވާހަކަފުޅު

Legal-Practitioners2016

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03ރޫލިންގ) ގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި 2016 އޮކްޓޫބަރު 17 ވަނަ ދުވަހު ބޭއްވި ފުރަތަމަ ރަސްމިއްޔާތުގައި، ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައި ލީގަލް ފްރެޓަރނިޓީއާ ގުޅިވަޑައިގެންނެވި ޤާނޫނީ ވަކީލުންނާ މުޚާތަބުކުރައްވައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ޤާނޫނީ ވަކީލުންނަށް،ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ހެޔޮ އެދުންތަކާއި ތަހުނިޔާ ރައްދު ކުރެއްވުމަށް ފަހު ފާހަގަ ކުރެއްވި ނުކުތާތައް ތިރީގައިއެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...