ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތަށް ޖާގަ އިތުރުކުރުމުގެ އެއްބަސްވުމެއްގައި ކަލެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއެކު ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ސޮއިކޮށްފިއެވެ.
މި މަސައްކަތަކީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް އިތުރު މެޖިސްޓްރޭޓަކު ޢައްޔަންކުރެއްވުމާ ގުޅިގެން، އެ ކޯޓުގައި މިހާރު މަސައްކަތްކުރައްވާ 03 މެޖިސްޓްރޭޓުން މަސައްކަތްކުރައްވާނެ އިތުރު ޖާގަ ބޭނުންވާތީ އިތުރު ރޫމެއް އެޅުމަށާއި، އެ ކޯޓުގައި މިހާރު ހުރި ކޯޓު ރޫމްގެ ޖާގަ އިތުރުކޮށް ޒަމާނީ ކޯޓު ރޫމެއް ހެދުމަށާއި، އަދި މެޖިސްޓްރޭޓުންނާއި ކޯޓު އެޑްމިނިސްޓްރޭޓަރއާއި ލީގަލް މުވައްޒަފުން މަސައްކަތްކުރައްވާނެ ކެބިން ތައްޔާރުކުރުމަށްޓަކައި ޙަވާލުކުރެވުނު މަސައްކަތެކެވެ.
ޖުމްލަ 60 ދުވަހުގެ ތެރޭގައި ކޮށް ނިންމާގޮތަށް ޙަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 646،103.05 ރުފިޔާއެވެ.