ޝަރުޢީ ދާއިރާއަށް 37 އަހަރު ޚިދުމަތްކުރެއްވުމަށް ފަހު މުސްކުޅިކުރައްވައިފި

BKudarikilAhmedRaazee

ޝަރުޢީ ދާއިރާގައި މެދުކެނޑުމެއް ނެތި 37 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ބ.ކުޑަރިކިލު  މިރާޒް، އަލްފާޟިލް މުހައްމަދު ރާޟީ ވަޒީފާއިން މުސްކުޅިކުރައްވައިފިއެވެ. މުސްކުޅިކުރެއްވި އިރު އޭނާ ހުންނެވީ ބ.ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުގައެވެ.

އަލްފާޟިލް މުޙައްމަދު ރާޟީ ޝަރުޢީ ދާއިރާއާ ގުޅިވަޑައިގެންނެވީ، 1979 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު، ބ. ކުޑަރިކިލު ކޯޓުގެ މަސައްކަތު މީހެއްގެ މަޤާމަށެވެ. އެއަށް ފަހު، އެ ކޯޓުގެ ކްލާރކް އެއްގެ މަޤާމާއި، އެސިސްޓެންޓް ސެކްރެޓަރީ އަދި ސެކްރެޓަރީގެ  މަޤާމު އަދާކުރައްވާފައިވެއެވެ.

ޝަރުޢީ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، އަލްފާޟިލް މުޙައްމަދު ރާޟީ ވަނީ ޝަރުޢީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.

އަލްފާޟިލް މުޙައްމަދު ރާޟީ ފާހަގަކުރެވިފައި ވަނީ ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޝަރުޢީ ދާއިރާއަށް ޚިދުމަތްކުރެއްވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ.

އަލްފާޟިލް މުޙައްމަދު ރާޟީ ޝަރުޢީ ދާއިރާގެ ޚިދުމަތުން ވަކިވެވަޑައިގަތުމަކީ ޝަރުޢީ ދާއިރާއަށް، ވަކިން ޚާއްޞަކޮށް ބ.ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓަށް ލިބުނު ވަރަށްބޮޑު ހުސްކަމެކެވެ. 

ޝަރުޢީ ދާއިރާގެ ޚިދުމަތުގައި ހޭދަވި ދިގު މުއްދަތުގައި، އަލްފާޟިލް މުޙައްމަދު ރާޟީ ޝަރުޢީ ދާޢިރާއަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކުރައްވައި، އަލްފާޟިލް މުޙައްމަދު ރާޟީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޝުކުރު އަދާކުރައްވައެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno