މެޖިސްޓްރޭޓް ކޯޓުތައް

ޝަރުޢީދާއިރާގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމުގެ މަޝްރޫޢުގެ ދަށުން ގިރާކުރެވޭ އައު ހަރުފަތެއް – މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތް

Mulakucover

2015ވަނަ އަހަރުގެ އޮކްޓޯބަރ 25 ވަނަ ދުވަހު، 6 މިލިއަން ރުފިޔާ އަށް އެސް ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް އާ ޙަވާލުކުރެވުނު މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ މަސައްކަތް ނިމި ޢިމާރާތާއި ޙަވާލުވުމުގެ މަސައްކަތް މިވަގުތު ދަނީ ކުރެވެމުންނެވެ.

މުލަކަ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓު ޢިމާރާތްތަކުގެ ތެރެއިން މ.މުލަކު މެޖިސްޓްރޭޓް ކޯޓު ޢިމާރާތް ވެގެންދާނީ މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތް ކުރުމަށްޓަކައި އަތޮޅުގައި ޤާއިމްކުރެވުނު ޖާގައިގެ ގޮތުން ތަނަވަސް އެންމެ ފުރިހަމަ އެއް މެޖިސްޓްރޭޓް ކޯޓު ޢިމާރާތްކަމުގައެވެ. މި ޢިމާރާތް ފަރުމާކުރެވިފައިވަނީ ޝަރީޢަތް ކުރުމަށް ޚާއްޞަ 02  މާލަމާއި  މެޖިސްޓްރޭޓު ކޮޓަރިއާއި، އިދާރީ މުވައްޒަފުން މަސައްކަތްކުރާ އޭރިއާއަކާއި، ޖަލު ގޮޅިއެއް ހިމެނޭ ގޮތަށެވެ.

Mulaku05

Mulaku04

Mulaku06

ޕީއެސްއައިޕީގެ ދަށުން ޢިމާރާތްކުރެވުނު މި ކޯޓުގެ ހުރިހާ މަސައްކަތެއް 329 ދުވަހުގެ ތެރޭގައި ވަނީ ކޮށް ނިންމާފައެވެ.

Mulaku07

Mulaku02

Mulaku01

މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގައި މިހާރު ކުރެވެމުންދަނީ މި ޕްރޮޖެކްޓުގެ އިތުރު މަސައްކަތެއްގެ ގޮތުގައި ކުރުމަށް ހަމަޖެހިފައިވާ، ޢިމާރާތުގެ ބޭރަށްހުރި ކުޑަ ދޮރުތަކުގައި ބްލައިންޑްސް ހަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުމުން ކޯޓުގެ އެންމެހައި މަސައްކަތްތައް އައު ޢިމާރާތަށް ބަދަލުކުރެވިގެންދާނެއެވެ.

ފަހުގެ ޚަބަރުތައް