މެޖިސްޓްރޭޓް ކޯޓުތައް

ސ.ހިތަދޫއަށް މިއަދުކުރި ވިއްސާރައިގައި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފެން ވަނުމާގުޅިގެން ޝަރީޢަތްތައް މެދުކަނޑާލުން

hith

ސ.ހިތަދޫއަށް މިއަދުކުރި ވިއްސާރައިގައި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފެން ވަނުމާގުޅިގެން ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ދަތިވެ، މިއަދަށް ތާވަލުކުރެވިފައިވާ ބައެއް ޝަރީޢަތްތައް ކެންސަލްކޮށްފައިވާކަމަށް އެކޯޓުން މަޢުލޫމާތު ދެއްވައެވެ.

މިއަދު ކުރި ވިއްސާރައިގައި ކޯޓުގެ ގޯތިތެރޭގައި ފެންބޮޑުވެ، ސީލިންގ އިން ކޯޓުގެ ކައުންޓަރަށާއި ކޯޓު ތެރެއަށް ފެން ފައިބާފައިވާތީ، ކޯޓުގެ ކައުންޓަރުން ދެމުން ދިޔަ ޚިދުމަތްތައް ވެސް ގިނައިރުތަކަށް މެދުކަނޑާލަންޖެހުނެވެ. މިގޮތަށް ދިމާވުމުގެ ސަބަބުން މިއަދު ތާވަލުކޮށްފައިވާ ބައެއް މައްސަލަތައް ކެންސަލްކުރެވުނު ނަމަވެސް، އެހާތަނަށް ކޯޓަށް ޙާޟިރުވެފައިވަ ޚަސްމުން ހިމެނޭ ޝަރީޢަތްތައް ކުރިޔަށް ގެންދެވުނުކަމަށް ކޯޓުން މަޢުލޫމާތު ދެއްވައެވެ.

ކޯޓުން ފެން ހިންދުމުގެ މަސައްކަތާއި ލިޔެކިޔުންތައް ފެނުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކޯޓުގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.