މަސައްކަތް ނިމި ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ މެޖިސްޓްރޭޓް ކޯޓުތައް

dhiffushimc

ޝަރުޢީދާއިރާގެ އިންފްރާސްޓްރަކްޗަރ ރައްޤީކޮށް އިތުރަށް ކުރިއެރުވުމަށްޓަކައި ޝަރުޢީދާއިރާއިން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ފާއިތުވެދިޔަ 2015 ވަނަ އަހަރަކީ ޝަަރުޢީދާއިރާއަށް އިތުރު ލަނޑުދަނޑިތަކެއް ޙާޞިލުކުރެވުނު އަހަރެކެވެ.

ކޯޓުތައް އުމުރާނީގޮތުން ތަރައްޤީކުރުމަށްޓަކައި ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައި ޝަރުޢީދާއިރާއިން ކުރެވުނު މަސައްކަތުން 08 މެޖިސްޓްރޭޓް ކޯޓެއްގެ އައު ޢިމާރާތުގެ މަސައްކަތް ނިމި، އެ ކޯޓުތަކުގެ ހިންގުން ވަނީ އައު އިމާރާތަށް ބަދަލުކުރެވިފައެވެ. އެއީ؛

އިތުރަށް ވިދާޅުވުމަށް...

ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވީނަމަވެސް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިޔަށް ދިޔަ

25 ޖަނަވަރީ 2016 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގދ.ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވުމުގެ ސަބަބުން ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވީ ނަމަވެސް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތްތައް އެހެނިހެން ރަސްމީ ދުވަސްދުވަހެކޭ އެއްގޮތަށް  ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން އެހެނިހެން ރަސްމީ ދުވަސްދުވަހެކޭ އެއްގޮތަށް ހެނދުނު 8:00 ގައި ކޯޓުގެ ރަސްމީ މަސައްކަތްތައް ފަށައި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދެމުންގޮސްފައިވެއެވެ.

ގދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްފާޟިލް އަޙްމަދު ޝަރީފް ވިދާޅުވިގޮތުގައި ޝަރީޢަތުގެ އަޑުއެހުމެއް ކުރިޔަށް ނުދިޔަކަމުގައިވީނަމަވެސް މުއްދަތު ޖެހުމުގެ މައްސަލަތައް ކޯޓުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. ކަރަންޓުގެ ޚިދުމަތް ނެތުމާއެކު ކޯޓުގައި ކުރިޔަށް ދިޔަ މިފަދަ މައްސަލަތަކުގައި ލިޔުންތައް ތައްޔާރުކޮށްފައިވަނީ ކޮޕީ ކަރުދާސް ބޭނުންކޮށްގެން، ކުށުގެ ތުހުމަތުކުރެވިފައިވާ ފަރާތާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ކޯޓަށް ކޮޕީއެއް އޮންނާނޭ ގޮތަށް، އަތު ލިޔުމުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އެހެން އިމާރާތަކަށް ބަދަލުކޮށްފި

hulhudhoo

ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ހިންގުން ހުޅުދޫ ޑިޓޮކްސް ސެންޓަރު ހިންގަމުންދިޔަ ކުރީގެ ރަށްވެހިގެއަށް ބަދަލުކޮށްފިއެވެ. ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ހިންގުން މި އިމާރާތަށް ބަދަލުކޮށްފައި މިވަނީ މި އިމާރާތް މަރާމާތުކުރުމަށް ފަހު، ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެހުމުންނެވެ. މި އިމާރާތުގައި، ޝަރީޢަތް ކުރާ ކޮޓަރިކޮޅަކާއި މެޖިސްޓްރޭޓް މަސައްކަތް ކުރައްވާ ކޮޓަރިކޮޅަކާއި އިދާރީ މުވައްޒަފުން މަސައްކަތް ކުރާ ބައެއް ހިމެނެއެވެ.

އިތުރަށް ވިދާޅުވުމަށް...

ލ.،ގާދޫ މެޖިސްޓްރޭޓް ކޯޓުގައި ހުރި މައްސަލަތަކާއި އެ ކޯޓުގެ މުވައްޒަފުން ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުމަށް ނިންމަވައިފި

gaadhoo

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ލ.ގާދޫ އަކީ މީހުން ބަދަލުކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، ލ.ގާދޫ ރައްޔިތުން ލ.ފޮނަދޫ އަށް ބަދަލުކުރުމަށް ނިންމަވާފައިވާތީ، ލ.،ގާދޫ މެޖިސްޓްރޭޓް ކޯޓުގައި ހުރި މައްސަލަތަކާއި އެ ކޯޓުގެ މުވައްޒަފުން ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ލ.ގާދޫ އަކީ އާބާދީގައި 500 މީހުން ހަމަނުވާ ރަށަކަށް ވާތީ ލ.ގާދޫ މެޖިސްޓްރޭޓް ކޯޓުގައި ދާއިމީ މެޖިސްޓްރޭޓަކު ނުހުންނަވައެވެ. ލ.ގާދޫ މެޖިސްޓްރޭޓް ކޯޓުގައި ދާއިމީ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުން ގޮސްފައިވަނީ 2 މުވައްޒަފުންނެވެ.

ލ.ގާދޫ މެޖިސްޓްރޭޓް ކޯޓުގައި ހުރި މައްސަލަތަކާއި އެ ކޯޓުގެ މުވައްޒަފުން ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވި އިރު އެ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދަކީ 23 އެވެ.

ވިއްސާރައިގެ ސަބަބުން ގދ.ރަތަފަންދޫ ކޯޓަށް ގެއްލުން ވެއްޖެ

image1

11 ޖަނަވަރީ 2016 ވީ އަންގާރަ ދުވަހު ހަވީރުއްސުރެ މެދުކެނޑުމެއް ނެތި ގދ.ރަތަފަންދޫ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓަށް ގެއްލުންތަކެއް ވެއްޖެއެވެ. އެގޮތުން، ރޭގެ ދަންވަރުގެ ވަގުތެއްގައި ކޯޓަށް ފެންވަނުމާ ގުޅިގެން ކޯޓުގައި ހުރި ފަރުނީޗަރުގެ ތެރެއިން ދެ މޭޒަކަށާއި ފައިލް ބަހައްޓާ ތިން ރެކަށް ވަނީ ގެއްލުންތަކެއް ވެފައެވެ. އެހެންނަމަވަސް ކޯޓުގެ އެއްވެސް ލިޔެކިޔުމަކަށް ގެއްލުމެއް ވެފައެއްނުވެއެވެ. ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ނިހާމް ރަޝީދު މަޢުލޫމާތު ދެއްވި ގޮތުގައި ވިއްސާރަވެ ރަށުގައި ފެންބޮޑުވުމާ ގުޅިގެން ކޯޓުގެ ތެރެއަށް ފެން ވަނުމުގެ ކުރިން ލިޔެކިޔުންތަކަށް ގެއްލުމެއް ނުވަނޭ ގޮތަށް ކޯޓުގެ ކަންތައްތައް އިންތިޒާމް ކުރެއްވިއެވެ.

ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓަށް ފެން ނުވަންނާނޭ ގޮތަށް ވެލިބަސްތާ ޖަހައި، ކޯޓުން ފެން ހިއްކައި، ކޯޓު ސާފުކުރުމުގެ މަސައްކަތް ރޭގައި ވަނީ ކޮށްފައެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ނިންމުމުގައި މިހަފުތާވެސް ކާމިޔާބު

news mcs dhavvun

ޝަރުޢީ ކޯޓުތަކުގައި އެކަށީގެންވާ ވަރަށްވުރެ މާދިގު މުއްދަތަކަށް ނުނިމި ލަސްވެފައިވާ މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާތީ، ކޯޓުތަކުގައި ހުރި މިފަދަ މައްސަލަތައް ނިންމޭނެ ގޮތަކަށް މައްސަލަތައް މެނޭޖްކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ޝަރުޢީ ކޯޓުތަކަށް އަންގަވާފައި ވެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި ކުރެވެމުންދާ މަސައްކަތުން މިހާތަނަށް ކުރިއެރުންތަކެއް ވަނީ ޙާޞިލު ކުރެވިފައެވެ.

މައްސަލަތައް ނިންމުމަށްޓަކައި ކުރެވުނު މަސައްކަތުން ފާއިތުވެދިޔަ ހަފުތާގެ ނިޔަލަށް 543 މައްސަލަ ނިންމިފައި ވެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތައް އެންމެ ގިނަކަމަށް ފާހަގަކުރެވިފައިވާ 12 މެޖިސްޓްރޭޓް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި، ޝަރުޢީ ވަފުދުތައް ގެންދަވަނީ ކޯޓުތަކުގައި މަސައްކަތް ކުރައްވަމުންނެވެ. ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ކުޑައަޑިވަންދެން މި ވަފުދުތަކުން އަތޮޅު ތެރޭގައި މަސައްކަތްކުރައްވަމުން ގެންދަވާނެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

MCs habaru 02

ވޭތުވެ ދިޔަ ހަފުތާގެ ނިޔަލަށް ނަގާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި ކުރެވުނު މަސައްކަތުން ކުރިއެރުންތަކެއް ޙާޞިލުކުރެވެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އިތުރަށް ވިދާޅުވުމަށް...

މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމި ލަސްވެފައިވާ މައްސަލަތައް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދިއުން

ޝަރުޢީ ކޯޓުތަކުގައި އެކަށީގެންވާ ވަރަށްވުރެ މާދިގު މުއްދަތަކަށް ނުނިމި ލަސްވެފައިވާ މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާތީ، ކޯޓުތަކުގައި ހުރި މިފަދަ މައްސަލަތައް ނިންމޭނެ ގޮތަކަށް މައްސަލަތައް މެނޭޖްކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 08/2015 ޢާއްމު ސިޓީން 12 އޮގަސްޓް 2015 ވަނީ އަންގަވާފައެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި ކުރެވުނު މަސައްކަތުން މިހާތަނަށް ކުރިއެރުންތަކެއް ވަނީ ޙާޞިލުކުރެވިފައެވެ. ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނު މައްސަލަތަކާއި އަދި ހަފުތާ ނިމުނުއިރު ނުނިމިހުރި މައްސަލަތަކުގެ މަޢުލޫމާތު ދައްކުވައިދޭ ތާވަލެއް ތިރީގައި އެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 12 ކޯޓެއްގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ބެލުމުގެ މަސައްކަތް ޝަރުޢީ ވަފުދުތަކުން ފަށައިފި

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތައް އެންމެ ގިނަކަމަށް ފާހަގަކުރެވިފައިވާ 12 މެޖިސްޓްރޭޓް ކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ބެލުމުގެ މަސައްކަތް ޝަރުޢީ ވަފުދުތަކުން މިއަދު ފަށައިފިއެވެ. ޝަރުޢީ ވަފުދުތަކުގެ މަސައްކަތް ފަށާފައިވާ މި 12 މެޖިސްޓްރޭޓް ކޯޓަކީ 70 އަށް ވުރެ ގިނަ މައްސަލަ ނުނިމި ހުރި ކަމަށް ތަފާސްހިސާބުތަކުން ފާހަގަ ކުރެވިފައިވާ 12 މެޖިސްޓްރޭޓް ކޯޓެވެ. އެ ކޯޓުތަކަކީ:

އިތުރަށް ވިދާޅުވުމަށް...

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފޯނު ޚިދުމަތް ވަގުތީގޮތުން މެދުކެނޑުން


ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު ހުންނަ އެޗްޑީސީ ބިލްޑިންގ ގެ ތިރީބައިގައި ހުރި، އެ ބިލްޑިންގ ގެ ޕެނަލް ބޯޑުގައި އަލިފާން ރޯވުމުގެ ސަބަބުން މުޅި ޢިމާރާތުން ވަނީ ކަރަންޓް ކެނޑިފައެވެ.

މި މައްސަލަ ޙައްލުވަންދެން، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފޯނުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާތީ އެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ހދ.ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އައު އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ހދ.ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ނިމިގައިވާތީ، އެ ކޯޓުގެ ހިންގުން އައު އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.


ހދ.ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތަކީ، މިހާރު  އެކޯޓު ހިންގަމުންގެންދާ އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން 2012 ވަނަ އަހަރު އަލި ހަވާސާ ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހަދާފައިވާ އިމާރާތެކެވެ. މިއިމާރާތަކީ، ޝަރީޢަތްކުރާ 2 ކޮޓަރިއާއި، މެޖިސްޓްރޭޓުން މަސައްކަތްކުރައްވާ ކޮޓަރިކޮޅަކާއި މުވައްޒަފުން މަސައްކަތް ކުރާ އޭރިއާއަކާއި ވަކީލުން މަޑުކުރެއްވުމަށް ޚާއްޞަކޮށްފައިވާ އޭރިއާއެއް ހިމެނޭގޮތަށް ހަދާފައިވާ އިމާރާތެކެވެ. އަދި ބަންދުގައި ބައިތިއްބައިގެން ކޯޓަށް ޙާޟިރުކުރާ ފަރާތްތައް ތިބުމަށް ޕްރިޒަން ސެލް އޭރިއާއަކާއި އެފަރާތްތައް ކޯޓަށް ޙާޟިރުކުރާ ޕޮލިސް އޮފިސަރުން މަޑުކުރެއްވުމަށް ޚާއްޞަކޮށްފައިވާ އޭރިއާއަކާއި ކޮންފަރެންސް ހޯލަކާއި އާރކައިވް ރޫމެއްވެސް މި އިމާރާތުގައި ހިމެނެއެވެ.

އިތުރަށް ވިދާޅުވުމަށް...

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno