ޝަރުޢީދާއިރާގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމުގެ މަޝްރޫޢުގެ ދަށުން ގިރާކުރެވޭ އައު ހަރުފަތެއް – މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތް

Mulakucover

2015ވަނަ އަހަރުގެ އޮކްޓޯބަރ 25 ވަނަ ދުވަހު، 6 މިލިއަން ރުފިޔާ އަށް އެސް ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް އާ ޙަވާލުކުރެވުނު މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ މަސައްކަތް ނިމި ޢިމާރާތާއި ޙަވާލުވުމުގެ މަސައްކަތް މިވަގުތު ދަނީ ކުރެވެމުންނެވެ.

މުލަކަ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓު ޢިމާރާތްތަކުގެ ތެރެއިން މ.މުލަކު މެޖިސްޓްރޭޓް ކޯޓު ޢިމާރާތް ވެގެންދާނީ މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތް ކުރުމަށްޓަކައި އަތޮޅުގައި ޤާއިމްކުރެވުނު ޖާގައިގެ ގޮތުން ތަނަވަސް އެންމެ ފުރިހަމަ އެއް މެޖިސްޓްރޭޓް ކޯޓު ޢިމާރާތްކަމުގައެވެ. މި ޢިމާރާތް ފަރުމާކުރެވިފައިވަނީ ޝަރީޢަތް ކުރުމަށް ޚާއްޞަ 02  މާލަމާއި  މެޖިސްޓްރޭޓު ކޮޓަރިއާއި، އިދާރީ މުވައްޒަފުން މަސައްކަތްކުރާ އޭރިއާއަކާއި، ޖަލު ގޮޅިއެއް ހިމެނޭ ގޮތަށެވެ.

އިތުރަށް ވިދާޅުވުމަށް...

ސ.ހިތަދޫއަށް މިއަދުކުރި ވިއްސާރައިގައި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފެން ވަނުމާގުޅިގެން ޝަރީޢަތްތައް މެދުކަނޑާލުން

hith

ސ.ހިތަދޫއަށް މިއަދުކުރި ވިއްސާރައިގައި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފެން ވަނުމާގުޅިގެން ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ދަތިވެ، މިއަދަށް ތާވަލުކުރެވިފައިވާ ބައެއް ޝަރީޢަތްތައް ކެންސަލްކޮށްފައިވާކަމަށް އެކޯޓުން މަޢުލޫމާތު ދެއްވައެވެ.

އިތުރަށް ވިދާޅުވުމަށް...

ރ. ޖުޑީޝަލް ދާއިރާއިރާގެ ގުޅުން ބަދަހިކުރުމުގެ އެއްވެލުން

dhuvaafarucover

ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި މުވައްޒަފުންގެ ޢާއިލާތަކަކީ، ގުޅުން ބަދަހި އެކުވެރި ޢާއިލާތަކަކަށް ހެދުމަށާއި އަދި އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް، ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެދިވަޑައިގެންފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް...

މިނިވަންދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު މެޖިސްޓްރޭޓް ކޯޓުތަކުގައި ބާއްވައިފި

fn03

2016 ވަނަ އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ދިދަ ނެގުމުގެ ޚާއްޞަ ރައްސްމިއްޔާތު ޝަރުޢީ ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި، މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، މުވައްޒަފުންނާއި، ކުރިން ކޯޓުތަކުގައި މަސައްކަތްކުރެއްވި މެސްޖިޓްރޭޓުންނާއި މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް...

2016 ވަނަ އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަނެގުމުގެ ޚާއްޞަ ޙަފުލާ

cover

image-0-02-01-b85d898b0abae090e3f7139b3dc7944b3cc79ed4101714a846cf79e11f2fdf0d-V

cover02

cover03

cover04

cover05

cover06

cover07

2016 ވަނަ އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ޝަރުޢީ ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިރޭ ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލް އިދާރާތަކާއެކު ޢިމާރާތްކޮށްފައިވާ ކޯޓުތަކުގައި މި ރަސްމިއްޔާތު ކުރިއަށްދާނީ ކައުންސިލްތަކާ ގުޅިގެންނެވެ. އަދި  ވަކިން ޢިމާރާތްކުރެވިފައިވާ ކޯޓުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ކޯޓެއްގެ މުވައްޒަފުން ބައިވެރިވެގެންނެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނުލްޢުޤޫބާތާއި، ޖިނާއީ އިޖުރާއާތާއި، ބިމާބެހޭ ޤާނޫނު އަދި ފަރާއިޟުގެ ޢިލްމަށް އަހުލުވެރިކުރުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ފެށިގެން ކުރިއަށްދަނީ

 M.mulitraining

ވ އަދި މ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ބާއްވާ، ޤާނޫނުލްޢުޤޫބާތާއި، ޖިނާއީ އިޖުރާއާތާއި، ބިމާބެހޭ ޤާނޫނު އަދި ފަރާއިޟުގެ ޢިލްމަށް އަހުލުވެރިކުރުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ކުރިއަށް އެބަދެއެވެ.

މ. މުލީ މެޖިސްޓްރޭޓް ކޯޓުން އިންތިޒާމުކުރައްވައިގެން 03 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ދާނީ 21 ޖުލައި 2016 އިން 23 ޖުލައި 2016 އަށް މ. މުލީ މެޖިސްޓްރޭޓް ކޯޓުގައެވެ.

އިތުރަށް ވިދާޅުވުމަށް...

ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އެކޯޓުގެ އައު ޢިމާރާތަށް ބަދަލުކޮށްފި

mavah1

ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އެކޯޓުގެ އައު ޢިމާރާތަށް ބަދަލުކޮށްފިއެވެ. މިބަދަލާއެކު މިއަދުން ފެށިގެން އެކޯޓުގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާނީ އެ ކޯޓުގެ އައު ޢިމާރާތުގައެވެ.

އިތުރަށް ވިދާޅުވުމަށް...

އދ. ޖުޑީޝަލް ދާއިރާގެ އެކުވި މާހެފުން

adhtollm01

ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް، ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އިލްތިމާސް ކުރައްވާފައިވާތީއާއި، އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު ޙުސައިން މިފަދަ ކަންކަމަށް ދެއްވާ ތަރުހީބާއި އެއްބާރުލެއްވުމާ އެކު، އދ. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި، "އދ.ޖުޑީޝަލް ދާއިރާގެ އެކުވި މާހެފުން – 1437" އދ.މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ބާއްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ އާއިލީ މާހެފުން 1437

RatollM01

ރަމަޟާންމަހާ ދިމާކޮށް އެކި ކޯޓުތަކުން ބާއްވަމުން ގެންދާ މާހެފުމުގެ ޙަރަކާތަކީ، ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެދިވަޑައިގެންނެވި ފަދައިން، ޝަރުޢީ ދާއިރާއަކީ އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމުކުރާ، އަދި މުވައްޒަފުންގެ އަގު ވަޒަންކުރާ އެކުވެރި ބަޔަކު އުޅޭ ދާއިރާއަކަށް ހެދުމުގެ މަޤުޞަދު ޙާޞިލްކުރެވޭނޭހެން އެންމެން ގުޅިގެން އާއިލީ ޙަރަކާތެއްގެ ގޮތުގައި ބޭއްވޭ ކަމެއްގެ ގޮތުގައި ހެދުމަށްޓަކައި، ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައި މިއަދު ވަނީ އާއިލީ މާހެފުމެއް ބާއްވާފައެވެ.

އިތުރަށް ވިދާޅުވުމަށް...

ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ އާއިލީ މާހެފުން 1437

Latoll01m

ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމުމުގެ ރަސްމިއްޔާތުގައި، ޝަރުޢީ ދާއިރާއަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ، އަދި މުވައްޒަފުންގެ އަގު ވަޒަންކުރާ އެކުވެރި ބަޔަކު އުޅޭ ދާއިރާއަކަށް ހެއްދެވުމަށް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެދިވަޑައިގެންފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް...

ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އެކޯޓުގެ އައު ޢިމާރާތަށް ބަދަލުކުރުން

Kendhoo02

ބ. އަތޮޅު ކެންދޫ މެޖިސްޓްރޭޓް ކޯޓަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ ގޮތުން، އަލަށް ޢިމާރާތްކުރެވުނު  އެކޯޓުގެ އައު ޢިމާރާތުގެ މަސައްކަތް ނިމި، ކޯޓުގެ ހިންގުން، 26 މެއި 2016 ވަނަ ދުވަހުން ފެށިގެން ވަނީ ކޯޓުގެ އައު ޢިމާރާތަށް ބަދަލުކުރެވިފައެވެ.

އިތުރަށް ވިދާޅުވުމަށް...