ދިވެހިރާއްޖޭގެ ކޯޓުތަކުގައި އިސްތިއުނާފުކުރުން

މިއީ ޝަރުޢީ ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމާބެހޭ މަޢުލޫމާތު ދިނުމަށް އެކުލަވައިލާފައިވާ ކަރުދާހެކެވެ. މި ކަރުދާހުގައި ހިމެނޭ މަޢުލޫމާތަކީ މި ކަރުދާސް އެކުލަވައިލިއިރު ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތެވެ. މި ކަރުދާސް އެކުލަވައިލީ 01 ޖެނުއަރީ 2016 ގައެވެ.

ހައިކޯޓުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ މުއްދަތު

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 39 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ހައިކޯޓުން އެ ނިންމުމެއް ނިންމިތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައެވެ. އަދި މި 60 ދުވަސް ގުނާނީ ހައިކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތުހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތަށެވެ.

ހައިކޯޓުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގައި ޢަމަލުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އިޖުރާއާތާ އެއްގޮތްވާ ގޮތުގެމަތީންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިލްތިމާސް ކުރުމުގެ މުއްދަތު

ހައިކޯޓުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 39 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، ހައިކޯޓުން އެ ނިންމުމެއް ނިންމިތާ 60 (ފަސްދޮޅަސް) ދުވަހެވެ. މި 60 (ފަސްދޮޅަސް) ދުވަސް ގުނާނީ ހައިކޯޓުން މައްސަލަ ނިންމި ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.

އިތުރަށް ވިދާޅުވުމަށް...

ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް ކޯޓުތަކުގައި އަލުން ހިންގުމަށް ޕީޖީ އެދިވަޑައިގެންފި

l 2180917

ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް މަޑުޖައްސާލާފައި އޮތްއޮތުން ނިމުމަކަށް ގެނެސް، މައްސަލަތައް އަލުން ތާވަލުކޮށްދެއްވުމަށް އަލަށް ޢައްޔަންކުރެވުނު ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމް އެދިވަޑައިގެންފިއެވެ.

ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް ކޯޓުތަކުގައި ހިންގުމަށް ބޭނުންވާ ބަޖެޓް ނެތުމާގުޅިގެން އެ މައްސަލަތައް ކުރިއަށް ނުގެންދެވުމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މުހުތާޒް މުޙުސިން އެދިވަޑައިގެންނެވުމާގުޅިގެން ކޯޓުތަކުގައި ހުރި ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް ކުރިއަށް ގެންދިއުން އޮތީ މެދުކަނޑާލެވިފައެވެ. މައްސަލަތައް ތާވަލުކުރުން މެދުކަނޑާލެވިފައި އޮތީ ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރުމުގެ ޚަރަދުގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2015 ވަނަ އަހަރުގެ ބަޖެޓަށް ލިބުނު ފައިސާ ހުސްވެފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަތަކުގައި ކޯޓުތަކަށް ދަތުރުކުރެއްވެން ނެއްތަކަމަށް އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވުމާ ގުޅިގެންނެވެ.

އިތުރަށް ވިދާޅުވުމަށް...

ސ.ހިތަދޫ / ބޯށިވަލުގެ އަލްއުސްތާޛް ޢަލީ އިބްރާހީމް އާއި، ގއ.ވިލިނގިލި / ބީޗްހައުސް އަލްއުސްތާޛް ޢަލީ ޝާހް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކުރުން

 

އިޢުލާން

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤް ކުރައްވަމުންގެންދަވާ މައްސަލައަކާ ގުޅިގެން، އެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅުއްވަންދެން 15 ނޮވެމްބަރ 2015 އިން ފެށިގެން، ސ.ހިތަދޫ / ބޯށިވަލުގެ އަލްއުސްތާޛް ޢަލީ އިބްރާހީމް (އައިޑީކާޑު ނަންބަރު A022117) އާއި، ގއ.ވިލިނގިލި / ބީޗްހައުސް އަލްއުސްތާޛް ޢަލީ ޝާހް (އައިޑީކާޑު ނަންބަރު A092898) ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައިވާކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ. 

03  ޞަފަރު  1437
15 ނޮވެމްބަރު 2015


އިޢުލާނު ވިދާޅުވުމަށް

ސ.މީދޫ ދޮންދީދީމަންޒިލް، އަލްއުސްތާޛް އަޙްމަދު ޠާލިބު ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކުރުން

އިޢުލާން

ސ.މީދޫ ދޮންދީދީމަންޒިލް، އަލްއުސްތާޛް އަޙްމަދު ޠާލިބު (އައިޑީކާޑު ނަންބަރު (A040031 އާ ގުޅޭގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް ބަލަމުންދާތީ، އެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެން 12 ނޮވެމްބަރ 2015 އިން ފެށިގެން ސ.މީދޫ ދޮންދީދީމަންޒިލް، އަލްއުސްތާޛް އަޙްމަދު ޠާލިބު (އައިޑީކާޑު ނަންބަރު (A040031 ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައިވާކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

30 މުޙައްރަމް 1437
12 ނޮވެމްބަރު 2015


އިޢުލާން ވިދާޅުވުމަށް

ކޯޓުތަކުގައި ދައުލަތް ތަމްސީލްކުރުމާ ގުޅޭ ގޮތުން ޢާއްމު ސިޓީއެއް ނެރެފި

0 134250580521 news

ޤާނޫނުއަސާސީގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ކަމުގައި ބަޔާންކުރައްވައި، އާންމު ސިޓީއަކުން އެކަން އަންގަވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

މެޖިސްޓްރޭޓުންގެ ސަލާމުގެ ޗުއްޓީ ބެލެހެއްޓުމުގައި ޢަމަލުކުރާނޭގޮތުގެ އައު އުޞޫލު އާންމު ކުރައްވައިފި

Th. Vilifushi M Courtsމެޖިސްޓްރޭޓުންގެ ސަލާމުގެ ޗުއްޓީ ބެލެހެއްޓުމުގައި ޢަމަލުކުރާނޭގޮތުގެ އައު އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާންމުކުރައްވައިފިއެވެ. މިގޮތުން 31 އޯގަސްޓް 2015 އިން ފެށިގެން މެޖިސްޓްރޭޓުންގެ ސަލާމުގެ ޗުއްޓީ ބެލެހެއްޓުމުގައި ޢަމަލުކުރާންވީ ގޮތުގެ އުޞޫލު ތިރީގައި އެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

"ލީގަލް އެންޑް ޖަސްޓިސް ސެކްޓަރ ބޭސްލައިން ސްޓަޑީ 2014" ރިޕޯޓާ ގުޅޭގޮތުން ޝަރުޢީ ދާއިރާގެ ފަރާތުން ބޭއްވި ނޫސް ކޮންފަރެންސްގެ ޚުލާޞާ

އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅިވަޑައިގެން މަސައްކަތް ކުރައްވައި ނެރުއްވި "ލީގަލް އެންޑް ޖަސްޓިސް ސެކްޓަރ ބޭސްލައިން ސްޓަޑީ 2014" ރިޕޯޓަކީ ޝާމިލު ގޮތެއްގައި، ޖުޑީޝަރީގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ރައްޔިތުންނަށް ރަނގަޅަށް އަންގައިދެވޭނެ ގޮތަކަށް ތައްޔާރު ކުރެވިފައި އޮތް ރިޕޯޓަކަށް ނުވާތީ، އަދި ރިޕޯޓުގައި ކަންބޮޑު ވާން ޖެހޭ ފަދަ އުނި ކަންތައްތަކެއް ހުރިކަން ފާހަގަ ކޮށް، ޖުޑީޝަރީގެ ކަންބޮޑުވުން ފާޅު ކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 27 އޯގަސްޓް 2015 ގައި ނިއުސް ކޮންފަރެންސްއެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑެޕިއުޓީ ލީގަލް އޮފިސަރ އަލްއުސްތާޛު އަޙްމަދު މާޖިދުއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޚާލިދު ޤާސިމެވެ. މިބައްދަލުވުމުގައި ޝަރުޢީ ދާއިރާގެ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ޚުލާޞާ ތިރީގައި އެވަނީއެވެ..

އިތުރަށް ވިދާޅުވުމަށް...

އެކިއެކި ފަރާތްތަކުށް ޝަރުޢީދާއިރާއާ މުޢާމަލާތުކުރުމާބެހޭ ސަރކިއުލަރއެއް ނެރުއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ޢަދުލް އިންސާފް ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަމުގައި ބަޔާންކޮށްފައިވުމާއެކު، ދިވެހރާއްޖޭގެ އަދުލް އިންސާފް ޤާއިމްކުރުމާބެހޭ ޖުޑީޝަލް ޕޮލިސީ ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއްކަމަށް ވީހިނދު، ޝަރުޢީ ދާރިއާ ގުޅުންހުރި ކަންތައްތަކުގައި ދައުލަތުގެ އެކިއެކި މުއްސަސާތަކާއި އޮފީސްތަކުން ވަކިވަކި ކޯޓުތަކާއި ނުވަތަ ވަކިވަކި ފަނޑިޔާރުންނާއި ނުވަތަ މުވައްޒަފުންނާއި ނުވަތަ ވަކިވަކި ފަރާތްތަކާ މުޢާމަލާތްކުރުމުގެ ބަދަލުގައި މިފަދަ ކަންކަމުގައި މުޢާމަލާތްކުރަންޖެހޭ ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަމުގައި އަންގާ ސާރކިއުލަރއެއް ނެރުއްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ފަހުގެ ޚަބަރުތައް