ޝަރުޢީދާއިރާގެ ޢުމްރާނީ ތަރައްޤީގައި ކާމިޔާބު އަހަރެއް

infrastructure-2016-02

2016 ވަނަ އަހަރަކީ ޢުމްރާނީގޮތުން ޝަރުޢީދާއިރާ ގިނަގުނަ ހަރުފަތްތައް ގިރާކުރި އަހަރެކެވެ. އަދި، ހަމައެހެންމެ، ޒަމާނަށް އަންނަ ބަދަލުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށް ރައްޔިތުންނަށް ވީހާވެސް ގާތުން އިންސާފު ފޯރުކޮށްދިނުމަށްޓަކައި، ކޯޓުތަކަށް ޖާގަ ހަމަޖެއްސުމާއި، ކޯޓު ޢިމާރާތްތަކުގެ  އާބާތުރަ ފިލުވުމާއި، އައު ކޯޓު ޢިމާރާތްތައް ބިނާކުރުމުގެ މަސައްކަތުގައި ޝަރުޢީދާއިރާ މިއަހަރުގެ މިހާތަނަށް ނިންމާފައިވާ މަޝްރޫޢުތަކަށް ބަލާއިރު މި އަހަރަކީ ފާއިތުވި އަހަރުތަކާ އަޅައި ބަލާއިރު އުމްރާނީ ތަރައްޤީގެ ދުވެލި ހަލުވިމިނެއްގައި ގެންދެވުނު އަހަރެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވެފައިވަނީ މަޝްރޫޢުތަކަށް ޚަރަދުކުރާނެ ފައިސާގެ ކަންތައްތައް ހަމަޖެއްސުމާއި، ރާއްޖޭގެ އުތުރުން ދެކުނަށް ހުރި ޝަރުޢީދާއިރާގެ 100 އަށްވުރެ ގިނަ ޢިމާރާތްތައް ބެލެހެއްޓުމާއި އާބާތުރަ ފިލުވުމާއި، އައު ޢިމާރާތްތައް ބިނާކުރުމުގެ މަސައްކަތް އެއް ފަހަރާއި ކުރިއަށް ގެންދިއުމެވެ. ނަމަވެސް، މި ފަދަ ގޮންޖެހުންތަކަށް އެކަށީގެންވާ ހައްލުހޯދައި، 2016 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރާ އެއްގޮތަށް ޝަރުޢީދާއިރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވޭނެކަމަށް ލަފާކުރެވެއެވެ. 

infrastructure-2016-01

2016ވަނަ އަހަރު ފެށުނުއިރު މެޖިސްޓްރޭޓް ކޯޓުތަކަށް ޖާގަ ތަނަވަސްކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން 24 މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. އަދި، ސުޕީރިއަރ ކޯޓުތަކުގެ މަސައްކަތް ހިންގުމަށް އެންމެ އެކަށީގެންވާ މާހައުލެއް އެ ކޯޓުތަކަށް ޤާއިމްކޮށްދިނުމަށްޓަކައި ކްރިމިނަލް ކޯޓު ކުރީގެ އެސްޓީއޯ ހެޑް އޮފީސް ހިންގި ޢިމާރާތަށް ބަދަލުކޮށް، ޖަސްޓިސް ބިލްޑިންގގެ ގްރައުންޑް ފްލޯރގެ ބަޔަކާއި، ޖަސްޓިސް ބިލްޑިންގެ 3 އަދި 4 ވަނަ ފަންގފިލާގެ އެތެރެއަށް ބަދަލުގެނެސް ސިވިލް ކޯޓާއި ފެމިލީ ކޯޓު ބަދަލުކުރެވިފައިވެއެވެ. އަދި 21 މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތްތައް ބިނާކުރުމާއި، 01 މެޖިސްޓްރޭޓް ކޯޓަށް ޖާގަ އިތުރުކުރުމާއި، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުގެ މަސައްކަތް ހިންގުމަށްޓަކައި ހުޅުމާލެ ޕްރީސްކޫލް ހިންގި ޢިމާރާތަށް ބަދަލުގެނެސް އިތުރު ބައެއް ޢިމާރާތްކުރެވިފައިވެއެވެ. އަދި ފެމިލީ ކޯޓަށް ޖާގަ އިތުރުކޮށްދިނުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ ނިމުމަކަށް ގޮސްފައެވެ.

infrastructure-2016-03

infrastructure-2016-04

ޝަރުޢީދާއިރާގެ އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމުގެ މަޝްރޫޢުގެ ދަށުން 14 މެޖިސްޓްރޭޓް ކޯޓެއްގެ މަސައްކަތް ނިންމައި ކޯޓުގެ މަސައްކަތް އައު ޢިމާރާތް ތަކަށް މިހާރުވަނީ ބަދަލުކުރެވިފައެވެ. އަދިމިހާރު މަސައްކަތް ހިނގަމުންދާ 09 މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގެ ތެރެއިން 02 ކޯޓު ޢިމާރާތް ފިޔަވައި ދެންހުރި ކޯޓު ޢިމާރާތްތަކުގައި ކުރެވެމުންދަނީ އެ ޢިމާރާތްތައް ނިންމުމުގެ މަސައްކަތެވެ. އަދި، ޝެޑިއުލް ކުރެވިފައިވާ ގޮތަށް ބަލާއިރު 2016 ވަނަ އަހަރު ނިމުމުގެ ކުރިން މިހާރު ޢިމާރާތް ކުރުމުގެ މަސައްކަތް ހިނގަމުންދާ ކޯޓުތަކުގެ މަސައްކަތް ނިމި ކޯޓުގެ ރަސްމީ މަސައްކަތްތައް އެ ޢިމާރާތް ތަކަށް ބަދަލުކުރެވިގެން ދާނެކަމަށް ލަފާކުރެވެއެވެ.

މި އަހަރުގެ ތެރޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ނިމުނު 14 މެޖިސްޓްރޭޓް ކޯޓަކީ:

 1. ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓު
 2. ށ.ކަނޑިތީމު މެޖިސްޓްރޭޓް ކޯޓު
 3. ށ.ފީވަކު މެޖިސްޓްރޭޓް ކޯޓު
 4. ރ.ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
 5. ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓު
 6. ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓް
 7. ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓު
 8. ކ.ދިއްފުށި މެޖިސްޓްރޭޓް ކޯޓު
 9. ދ.މީދޫ މެޖިސްޓްރޭޓް ކޯޓު
 10. ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
 11. ލ. މާވަށު މެޖިސްޓްރޭޓް ކޯޓު
 12. ލ.މާބައިދޫ މެޖިސްޓްރޭޓް ކޯޓު
 13. ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓު
 14. ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓު

މިހާރު މަސައްކަތް ހިނގަމުންދާ 09 މެޖިސްޓްރޭޓް ކޯޓަކީ:

 1. ދ.ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު
 2. ހދ.ކުމުންދޫ މެޖިސްޓްރޭޓް ކޯޓު
 3. ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓު
 4. ނ.ކުޑަފަރީ މެޖިސްޓްރޭޓް ކޯޓު
 5. ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
 6. މ.މުލަކު މެޖިސްޓްރޭޓް ކޯޓު
 7. ދ.ހުޅުދެލި މެޖިސްޓްރޭޓް ކޯޓު
 8. ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓު
 9. ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓު

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno