15 މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ދަނީ ކުރިޔަށް

infra

ޝަރުޢީ ދާއިރާގެ އިންފްރަރސްޓްރަކްޗަރ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 15 މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓްތަކަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަލަހައްޓަމުންދާ ޕްރޮޖެކްޓްތަކެކެވެ. ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިޔަށްދާ ނަމަ މި 15 ޕްރޮޖެކްޓްގެ މަސައްކަތް މި ހިނގާ 2016 ވަނަ އަހަރު ނިމި، ކޯޓުގެ މަސައްކަތްތައް އައު އިމާރާތަށް ބަދަލުކުރެވޭނެއެވެ.

އަލަށް އިމާރާތްކުރެވޭ މި 15 ކޯޓު އިމާރާތް ވެސް ޑިޒައިންގ ކޮށްފައިވަނީ ޝަރީޢަތްކުރާ މާލަމާއި، މެޖިސްޓްރޭޓުން މަސައްކަތްކުރައްވާ ކޮޓަރިކޮޅަކާއި، މުވައްޒަފުން މަސައްކަތް ކުރާ ބަޔަކާއި، ވަކީލުން މަޑުކުރެއްވުމަށް ޚާއްޞަ ބައެއް ހިމެނޭގޮތަށެވެ. އަދި ބަންދުގައި ބައިތިއްބައިގެން ކޯޓަށް ޙާޟިރުކުރާ ފަރާތްތައް ކޯޓަށް ޙާޟިރުކުރާ ޕޮލިސް އޮފިސަރުން މަޑުކުރެއްވުމަށް ޚާއްޞަ ބަޔަކާއި، ކޮންފަރެންސް ހޯލެއްވެސް ހިމެނޭގޮތަށެވެ.

މިހާރު މަސައްކަތް ހިނގަމުންދާ 15 މެޖިސްޓްރޭޓް ކޯޓަކީ:

1. ހދ.ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު
2. ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓު
3. ހދ.ކުމުންދޫ މެޖިސްޓްރޭޓް ކޯޓު
4. ށ.ކަނޑިތީމު މެޖިސްޓްރޭޓް ކޯޓު
5. ށ.ފީވަކު މެޖިސްޓްރޭޓް ކޯޓު
6. ރ.ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
7. ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓު
8. ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓު

9.ކ.ދިއްފުށި މެޖިސްޓްރޭޓް ކޯޓު

10. އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓު

 11. ދ.ހުޅުދެލި މެޖިސްޓްރޭޓް ކޯޓު

12. ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓު
13. ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓު
14. ލ.މާބައިދޫ މެޖިސްޓްރޭޓް ކޯޓު
15. ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓު

ކޮންމެ އަހަރަކުވެސް ޝަރުޢީ ދާއިރާއަށް ކަނޑައަޅާ ބަޖެޓުން އައު ކޯޓު އިމާރާތުގެ މަސައްކަތް ފަށާނެ ރަށްތައް ކަނޑައަޅަނީ އެ ކޯޓަކަށް މައްސަލަ ހުށަހެޅޭ މިންވަރާއި، ރަށުގެ އާބާދީ އަށް ރިޢާޔަތްކޮށްގެނެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން ޢަދުލު އިންސާފު ފޯރުކޮށްދިނުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، މެޖިސްޓްރޭޓް ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ނިޔަލަށް 26 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ނިމި، ޝަރުޢީ އަދި އިދާރީ މަސައްކަތްތައް ވަނީ އައު އިމާރާތަށް ބަދަލުކުރެވިފައެވެ.

qqw

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno