ޖަސްޓިސް ބިލްޑިންގް ރީތިކުރުމުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ

justice

ޖަސްޓިސް ބިލްޑިންގްގެ އާބާތުރަ ފިލުވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ފުރަތަމަ ފިޔަވަހި މިއަދު ނިމިއްޖެއެވެ. މިފިޔަވަހީގައި ޖަސްޓިސް ބިލްޑިންގްގެ ބޭރުގައި ކުލަލުމާއި، ބޭރު ރަނގަޅު ފެންވަރަކަށް ދިއްލުމާއި، ސަލާމަތީ ފިޔަވަޅު ރަނގަޅުކުރުމަށް ސެކިއުރިޓީ ކެމެރާތައް ބެހެއްޓުން ހިމެނެއެވެ. އަދި ޖަސްޓިސް ބިލްޑިންގްގެ ފުއްކަފަ ގޯޅީގެ އެންޓްރެންސް މަރާމާތުކޮށް، ނަންބޯޑުތައް ޖަހައި، ނަންއެޅުމުގެ މަސައްކަތްވެސް މިފިޔަވަހީގައި ވަނީ ނިމިފައެވެ.

ޖަސްޓިސް ބިލްޑިންގްގެ އާބާތުރަ ފިލުވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ޖަސްޓިސް ބިލްޑިންގް ގެ މޫނުމަތި ރީތިކުރުމުގެ މަސައްކަތާއި އެތެރޭގައި ކުލަލުމާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޔޫޒަރ-ފްރެންޑްލީ ކޯޓު ރިސެޕްޝަންތައް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ.