ހައިކޯޓު ދެކުނު ގޮފީގެ ރަސްމީ ވެބްސައިޓް ޢާންމުކޮށްފި

ހައިކޯޓު ދެކުނު ގޮފީގައި ބޭނުންކުރާނެ ޚާއްޞަ ވެބްސައިޓެއް ޤާއިމްކޮށް އެ ވެބްސައިޓް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދޭން ފަށައިފިއެވެ.

ހައިކޯޓު ދެކުނު ގޮފިން ދެމުންގެންދާ ޚިދުމަތްތައް ވީހާވެސް ފަސޭހަކަމާއި އަވަސް ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމް ކުރެވުނު މި ވެބްސައިޓް މެދުވެރިކޮށް، ހައިކޯޓު ދެކުނު ގޮތްޕާއި ބެހޭ އެންމެހައި މަޢުުލޫމާތު ފަސޭހަކަމާއެކު ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި، ހައިކޯޓު ދެކުނު ގޮފި، ނިސްބަތްވާ ސަރަޙައްދާއި، ހައިކޯޓު ދެކުނު ގޮފީގެ އިޚްތިޞާޞް ފަދަ މަޢުލޫމާތުގެ އިތުރުން، ހައިކޯޓު ދެކުނު ގޮފީން ނިންމާފައިވާ ޤަޟިއްޔާތަކާއި ނެރޭ އަމުރުތައް މިވެބްސައިޓުގައި ޝާއިޢުކުރެވުމުން ދާނެއެވެ. އަދި ހައިކޯޓު ދެކުނު ގޮފިން ދެމުންގެންދާ ޚިދުމަތްތައް ހޯދުމަށް ބޭނުންވާ ފޯމްތައްވެސް މި ވެބްސައިޓުން ފަސޭހަކަމާއެކު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އަދި މީގެ އިތުރުންވެސް ޤާނޫނާއި ގަވައިދުތަކަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ މަގުވެސް މި ވެބްސައިޓުގެ ޒަރިއްޔާއިން ފަހި ވެގެންދާނެއެވެ.

ހައިކޯޓު ދެކުނު ގޮފީގެ ވެބްސައިޓް އެޑްރެހަކީ http://www.highcourtsouthern.gov.mv އެވެ.