ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ފެށުމަށްޓަކައި ފަނޑިޔާރުން އައްޑޫ ސިޓީއަށް ވަޑައިގެންފި

Image-1

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ފެށުމަށްޓަކައި އެ ގޮތްޕަށް ހަމަޖައްސަވާފައިވާ 3 ފަނޑިޔާރުން އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. ހައިކޯޓު ދެކުނު ގޮތްޕައް ހަމަޖައްސަވާފައިވާ 3 ފަނޑިޔާރުންނަކީ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އެވެ.

ހައިކޯޓުގެ ދެކުނު ގޮފި ހުންނަ ތަން
ހައިކޯޓު ދެކުނު ގޮފި ޤާއިމް ކުރެވިފައިވަނީ އައްޑޫ ސިޓީގެ ހުޅުމީދޫ ގައި ހުންނަ އެސް.ޓީ.އޯ އޮފީހުގެ ފުރަތަމަ ފަންގިފިލާގައެވެ. އަދި މި ގޮފީގެ އިދާރީ އިންތިޒާމްތައް މިހާރުވަނީ ހަމަޖެހިފައެވެ. އެގޮތުން މި ގޮފީގައި ޝަރީޢަތް ކުރާ މާލަމަކާއި ފަނޑިޔާރުން މަސައްކަތް ކުރައްވާ 3 ކޮޓަރިކޮޅާއި ރެޖިސްޓްރަރ އަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިކޮޅަކާއި ކޯޓު އެޑްމިނިސްޓްރޭޓަރަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއެއް ހުންނާނެއެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ މުވައްޒަފުންނާ ގުޅޭ
ހައިކޯޓުގެ ދެކުނު ގޮފީގެ އިދާރީ މުވައްޒަފުންގެ މަޤާމުތަކުގެ ތެރެއިން ރެޖިސްޓަރ އާއި ކޯޓު މާސްޓަރާއި އެއް އެޑްމިނިސްޓްރޭޓިވް އޮފިސަރު ފިޔަވައި އެހެން މަޤާމުތަކަށް މުވައްޒަފުން މިހާރުވަނީ ހަމަޖެހިފައެވެ. މުވައްޒަފުން ހަމަޖެހިފައި ނުވާ މަޤާމުތަކުގެ ތެރެއިން ރެޖިސްޓްރަރ ގެ މަޤާމާއި ކޯޓު މާސްޓަރުގެ މަޤާމަށް މުވައްޒަފުން ހޯދުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވެފައިވަނީ 26 ނޮވެމްބަރު 2015 ވީ ބުރާސްފަތި ދުވަހުއެވެ. އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާނީ 6 ޑިސެމްބަރު 2015 ވާ އާދިއްތަ ދުވަހުއެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުންގެ އެކޮމޮޑޭޝަނާ ގުޅޭ
ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ފެށުމަށްޓަކައި އެ ގޮތްޕަށް ހަމަޖައްސަވާފައިވާ 3 ފަނޑިޔާރުން އައްޑޫ ސިޓީއަށް ވަޑައިގަންނަވާފައިވާއިރު އެބޭފުޅުންގެ ހުރުމުގެ އިންތިޒާމްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފަނޑިޔާރުން ތިއްބެވުމަށްޓަކައި އައްޑޫ ސިޓީގެ 3 ގެ އެއް ވަނީ ހަމަޖެހިފައެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno