ހައިކޯޓު ދެކުނު ގޮފި ބައްލަވައިލެއްވުމަށާއި މެޖިސްޓްރޭޓުންނާ ބައްދަލުކުރެއްވުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައްޑޫ ސިޓީއަށް ވަޑައިގެންފި

image1 1

ހައިކޯޓު ދެކުނު ގޮފި ހިންގުމަށް ހަމަޖެހިފައިވާ އިމާރާތް ބައްލަވައިލެއްވުމަށާއި އައްޑޫ ސިޓީގެ މެޖިސްޓްރޭޓުންނާ ބައްދަލުކުރެއްވުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙަސަން ސަޢީދު 10 އޮކްޓޯބަރު 2015 ވީ ހޮނިހިރު ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

 

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައްޑޫ ސިޓީއަށް ކުރެއްވި މިދަތުރުފުޅުގައި މިހާރު މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ހައިކޯޓު ދެކުނު ގޮފި ހިންގުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތްތައް ގޮސްފައިވާ މިންވަރާއި، ހައިކޯޓު ދެކުނު ގޮފި ހިންގުމުގެ އިންތިޒާމުތައް އެއިމާރާތުގައި ހަމަޖެހިފައިވާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.

ހައިކޯޓު ދެކުނު ގޮފި ހިންގުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބައްލަވައިލެއްވުމަށް ފަހު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ވަނީ އައްޑޫ ސިޓީގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކަށް ޒިޔާރަތްކުރައްވައި، އައްޑޫ ސިޓީގެ މެޖިސްޓްރޭޓުންނާ ބައްދަލުކުރައްވާފައެވެ. މިޒިޔާރަތުގައި، ކޯޓު އިމާރާތްތަކުގެ ޙާލަތު ބައްލަވައިލައްވައި، ކޯޓުތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ބައްލަވައިލެއްވިއެވެ. އަދި އިދާރީ ގޮތުން ކޯޓުތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުންނާއި، އިދާރީ އިންތިޒާމްތައް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މެޖިސްޓްރޭޓުންނާ މަޝްވަރާކުރައްވައި، ޚިޔާލު ބަދަލުކުރެއްވިއެވެ. މިގޮތުން ކުރެވުނު މަޝްވަރާގައި، ޝަރުޢީ ދާއިރާގެ މައި ސޮފްޓްވެއަރ "މޯލްޑިވްސް އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް" (މެމްސް) އައްޑޫ ސިޓީގެ ކޯޓުތަކުގައި ތަޢާރަފުކުރުމުގެ މުހިންމު ކަން މެޖިސްޓްރޭޓުން ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގައި 6 މެޖިސްޓްރޭޓް ކޯޓު ހުންނައިރު، ޖުމްލަ 11 މެޖިސްޓްރޭޓުން މިވަގުތު އައްޑޫ ސިޓީގައި މަސައްކަތް ކުރައްވައެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން، ހައިކޯޓުގެ ދެ ގޮފި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަޙައްދެއްގައި ޤާއިމުކޮށް، މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އެމެޖިސްޓްރޭޓް ކޯޓެއް ހުންނަ ސަރަޙައްދަށް ނިސްބަތްވާ ހައިކޯޓު ގޮފީގައި އިސްތިއުނާފުކުރާ ގޮތަށް ހަމަޖެހިގެން ދިއުމާގުޅިގެން، ހައިކޯޓު ދެކުނު ގޮފި އައްޑޫ ސިޓީގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno