ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު ރިޓަޔަރ ކުރެއްވުމަށް ނިންމަވައިފި

abbas shareef

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު 01 އޮކްޓޯބަރުން 2015 އިން ފެށިގެން ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރ ކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ. ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު ރިޓަޔަރ ކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވާފައިވަނީ އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ހުރިގޮތުން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަން ކުރައްވައި، މަޤާމުގެ ހުވާ ކުރައްވާފައިވަނީ 26 މާރޗް 2011 ވަނަ ދުވަހުއެވެ.

އެމަނިކުފާނު ޤާނޫނީ ރޮނގުން ކިޔަވައިވިދާޅުވެފައި ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިންނެވެ. އެގޮތުން އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާ އިން 2000 ވަނަ އަހަރު އެމަނިކުފާނު ވަނީ ބެޗްލަރ އޮފް ލޯސް ޙާޞިލު ކުރައްވާފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހުރިހާ މަރުޙަލާއެއްގެ ކޯޓުތަކުގައި އެމަނިކުފާނު ވަކާލާތު ކުރައްވާފައިވެއެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ދައުލަތުގެ ގިނަ މަޤާމުތަކެއް އެމަނިކުފާނު ފުރުއްވާފައިވެއެވެ. މިގޮތުން ފުރުއްވާފައިވާ މަޤާމުތައް ތިރީގައި އެވަނީއެވެ.
• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ލީގަލް އޮފިސަރ، ލީގަލް އޮފިސަރ އަދި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ކަން.
• ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މެންބަރުކަން.
• ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސްކަން.

މީގެ އިތުރުން އެމަނިކުފާނު ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެޕީލްސް ކޮމިޓީގެ ނާއިބު ރައީސްކަން ވެސް ކުރައްވާފައެވެ.

ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާފައިވަނީ “އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދު” ގެ ދަށުންނެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno