ހައިކޯޓުގެ އުތުރާއި ދެކުނު ގޮތްޕަށް ބޭނުންވާ އޮފީސް މެޝިނަރީސް ސަޕްލައި ކުރުމުގެ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

max 1

ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ހައިކޯޓުގެ ގޮފިތަކަށް ބޭނުންވާ އޮފީސް މެޝިނަރީސް ސަޕްލައި ކުރުމުގެ މަސައްކަތް ސިމްޑީ ޓެކް އާއި މެކްސްކޮމް ޓެކްނޮލޮޖީސް އާ ޙަވާލުކޮށް، މަސައްކަތު ދެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ވަކިވަކިން މިއަދު އޮތް ދެ ރަސްމިއްޔާތުގައި، ޑިޕާޓްމަންޓްގެ ފަރާތުން ދެ އެއްބަސްވުމުގައި ވެސް ސޮއި ކުރެއްވީ އެސިސްޓެންޓް ޑިރެކްޓަރ އަމީރާ އަބްދުއްރަޝީދެވެ.

މި ދެ މަސައްކަތް ވެސް ޙަވާލުކޮށްފައިވަނީ 16 އޮކްޓޯބަރު 2015 ވަނަ ދުވަހުގެ ކުރިން ތަކެތި ސަޕްލައިކޮށް ނިންމަންޖެހޭ ގޮތަށެވެ. 

ހައިކޯޓުގެ ދެކުނު ގޮތްޕަށް މުވައްޒަފުން ނެގުމަށް ކުރި އިންޓަރވިއު ބާތިލުކުރުމާ ގުޅޭ

Image-1

ހައިކޯޓުގެ ދެކުނު ގޮތްޕަށް މުވައްޒަފުން ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރެއްވި ނަންބަރު: (IUL)197-A1/1/2015/24 އިޢުލާނަށް އިޖާބަ ދެއްވި ފަރާތްތަކުގެ ތެރެއިން މަޤާމުތަކަށް ހަމަޖައްސާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ކުރިޔަށް ގެންދިޔަ އިންޓަރވިއު 13 އޮކްޓޯބަރު 2015 ވީ އަންގާރަ ދުވަހު ބާތިލުކޮށް، އިންޓަރވިއު ޕެނަލް އަލުން އެކުލަވައިލުމަށް ފަހު އިންޓަރވިއު ބޭއްވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ހައިކޯޓު ދެކުނު ގޮފި ބައްލަވައިލެއްވުމަށާއި މެޖިސްޓްރޭޓުންނާ ބައްދަލުކުރެއްވުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައްޑޫ ސިޓީއަށް ވަޑައިގެންފި

image1 1

ހައިކޯޓު ދެކުނު ގޮފި ހިންގުމަށް ހަމަޖެހިފައިވާ އިމާރާތް ބައްލަވައިލެއްވުމަށާއި އައްޑޫ ސިޓީގެ މެޖިސްޓްރޭޓުންނާ ބައްދަލުކުރެއްވުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙަސަން ސަޢީދު 10 އޮކްޓޯބަރު 2015 ވީ ހޮނިހިރު ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ހައިކޯޓު ދެކުނު ގޮފީގެ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން އެގޮފީގެ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ. އެގޮތުން އެގޮފީގެ މުވައްޒަފުން ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރެއްވި ނަންބަރު ނަންބަރު: (IUL)197-A1/1/2015/24އިޢުލާނަށް އިޖާބަ ދެއްވި ފަރާތްތަކުގެ ތެރެއިން މަޤާމުތަކަށް ހަމަޖައްސާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި 9 އޮކްޓޯބަރު 2015 ވާ ހުކުރު ދުވަހާއި 10 އޮކްޓޯބަރު 2015 ވާ ހޮނިހިރު ދުވަހު އިންޓަރވިއު ކުރުން ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިންޓަރވިއު އޮންނާނީ ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

އިތުރަށް ވިދާޅުވުމަށް...

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު ރިޓަޔަރ ކުރެއްވުމަށް ނިންމަވައިފި

abbas shareef

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު 01 އޮކްޓޯބަރުން 2015 އިން ފެށިގެން ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރ ކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ. ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު ރިޓަޔަރ ކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވާފައިވަނީ އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ހުރިގޮތުން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަން ކުރައްވައި، މަޤާމުގެ ހުވާ ކުރައްވާފައިވަނީ 26 މާރޗް 2011 ވަނަ ދުވަހުއެވެ.

އިތުރަށް ވިދާޅުވުމަށް...

ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކަށް ނިސްބަތްވާ ސަރަޙައްދުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފި

ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކަށް ނިސްބަތްވާ ސަރަޙައްދުތައް 12 ފެބްރުވަރީ 2015 ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ. ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކަށް ނިސްބަތްވާ ސަރަޙައްދުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2015/07/SC ސަރކިއުލަރ އިންނެވެ.
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2015/07/SC ސަރކިއުލަރގައި ވާގޮތުން، ދިވެހިރާއްޖޭގެ އުތުރު ސަރަޙައްދުގައި ޤާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަޙައްދަކީ ހއ (ތިލަދުންމަތީ އުތުރުބުރި)، ހދ (ތިލަދުންމަތީ ދެކުނުބުރި)، ށ (މިލަދުންމަޑުލު އުތުރުބުރި)، ނ (މިލަދުންމަޑުލު ދެކުނުބުރި)، ރ (މާޅޮސްމަޑުލު އުތުރުބުރި) އަދި ބ (މާޅޮސްމަޑުލު ދެކުނުބުރި) ގައި ހިމެނޭ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކެވެ. މާލޭގައި ޤާއިމްކުރެވިފައިވާ ހައިކޯޓަށް ނިސްބަތްވާ ސަރަހައްދަކީ، މާލެ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން)، ޅ (ފާދިއްޕޮޅު)، ކ (މާލެ އަތޮޅު)، އއ (އަރިއަތޮޅު އުތުރުބުރި)، އދ (އަރިއަތޮޅު ދެކުނުބުރި)، ވ (ފެލިދެއަތޮޅު)، މ (މުލަކައަތޮޅު)، ފ ( ނިލަންދެއަތޮޅު އުތުރުބުރި)، ދ (ނިލަންދެއަތޮޅު ދެކުނުބުރި)، ތ (ކޮޅުމަޑުލު) އަދި ލ (ހައްދުންމަތި) ގައި ހިމެނޭ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކެވެ. އަދި ދިވެހިރާއްޖޭގެ ދެކުނުގައި ޤާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަޙައްދަކީ ގއ. (ހުވަދުއަތޮޅު އުތުރުބުރި)، ގދ (ހުވަދުއަތޮޅު ދެކުނުބުރި)، ޏ (ފުވައްމުލައް) އަދި ސ (އައްޑުއަތޮޅު) ގައި ހިމެނޭ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކެވެ.
ޤާނޫނު ނަންބަރު 2014/40 (ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާއަށް ގެނެވިފައިވާ އިޞްލާޙުގައި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ ދެ ސަރަޙައްދެއްގައި ހައިކޯޓުގެ ދެ ގޮފި ޤާއިމްކޮށް އެ ސަރަޙައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ އިންތިޒާމް ހަމަޖއްސަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިގޮތުން ޤާއިމްވެގެންދާ ހައި ކޯޓުގެ ދެ ގޮފި ޤާއިމް ކުރާނެ ރަށަކާއި، އެ ދެ ގޮތްޕަށް ނިސްބަތްވާ ސަރަޙައްދުތަކަކީ ކޮބައިކަން ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާއަށް ގެނެވިފައިވާ އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2015/07/SC ސަރކިއުލަރ ވިދާޅުވުމަށް

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޔޫސުފް ޙުސެއިން ރިޓަޔަރ ކުރައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޔޫސުފް ޙުސެއިން ރިޓަޔަރ ކުރައްވައިފިއެވެ. މިއަދުން ފެށިގެން، ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރެއްވި ފަނޑިޔާރު އަލްއުސްތާޛު ޔޫސުފް ޙުސެއިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ފަނޑިޔާރު އަލްއުސްތާޛު ޔޫސުފް ޙުސެއިން ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އިންތިޤާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާ، އާއިލާއާ ބެހޭ ކޯޓުގެ އިސްޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާ ކޯޓު ނަންބަރު 1 ގެ ޤާޟީކަން އަދި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ލީގަލް އޮފިސަރުކަން ފަނޑިޔާރު އަލްއުސްތާޛު ޔޫސުފް ޙުސެއިން އަދާކުރެއްވިއެވެ.

ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ބަންދު އަމުރުގެ މައްސަލަތަކުގެ އަޑުއެހުން އާއްމުކޮށް ހުޅުވާނުލާ ކުރިއަށްގެންދަން ހައިކޯޓުން ނިންމައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ބަންދު އަމުރުގެ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލީސް އަޑު އަހަން، އާއްމުކޮށް ނުވަދެވޭ ގޮތަށް ނިންމައިފިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި ނިންމި ނިންމުމާއި އެއްގޮތަށް އަމަލުކުރަން ފަށާނީ 2015 ޖެނުއަރީ 28 ވަނަ ދުވަހުން ފެށިގެންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށްދާ ބަންދު އަމުރުގެ މައްސަލަތަކުގެ ޝަރީޢަތުގެ އަޑު އެހުމަށް، އާއްމުކޮށް ނުވަދެވޭ ގޮތަށް ނިންމި ނަމަވެސް، މަރުގެ މައްސަލަތަކާއި، މާރާމާރީ ހިންގުމާއި، މަސްތުވާތަކެއްޗާއި އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ގުޅޭ ބާވަތުގެ ބަންދު އަމުރުގެ މައްސަލަތައް ފިޔަވާ އެހެނިހެން މައްސަލަތަކުގައި، ޙާލަތުތަކަށް ރިޢާޔަތްކުރުމަށްފަހު އެފަދަ މައްސަލަތައް ބައްލަވާ ބެންޗުން މައްސަލައިގެ އަޑުއެހުމަށް މީހުން ވެއްދުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މިގޮތުން އަޑުއަހަން ވަންނަ ފަރާތަކީ މައްސަލައިގެ ހެއްކަކަށްވެދާނެ ފަދަ މީހަކު ކަމުގައިނުވާ، މައްސަލައިގާ ހިމެނޭ ފަރާތުގެ ގާތް ތިމާގެ މީހުންނަށް ޝަރީޢަތް އަޑު އެހުމަށް ވަދެވިދާނެއެވެ.

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) އަދި ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ޤާނޫނުގެ 71 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަރީޢަތުގެ މަޖިލީސް އެއްކޮށް، ނުވަތަ ޝަރީޢަތުގެ މަޖިލީހުން ބައެއް އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno