ހައިކޯޓު ދެކުނު ގޮފީގެ ރަސްމީ ވެބްސައިޓް ޢާންމުކޮށްފި

ހައިކޯޓު ދެކުނު ގޮފީގައި ބޭނުންކުރާނެ ޚާއްޞަ ވެބްސައިޓެއް ޤާއިމްކޮށް އެ ވެބްސައިޓް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދޭން ފަށައިފިއެވެ.

ހައިކޯޓު ދެކުނު ގޮފިން ދެމުންގެންދާ ޚިދުމަތްތައް ވީހާވެސް ފަސޭހަކަމާއި އަވަސް ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމް ކުރެވުނު މި ވެބްސައިޓް މެދުވެރިކޮށް، ހައިކޯޓު ދެކުނު ގޮތްޕާއި ބެހޭ އެންމެހައި މަޢުުލޫމާތު ފަސޭހަކަމާއެކު ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި، ހައިކޯޓު ދެކުނު ގޮފި، ނިސްބަތްވާ ސަރަޙައްދާއި، ހައިކޯޓު ދެކުނު ގޮފީގެ އިޚްތިޞާޞް ފަދަ މަޢުލޫމާތުގެ އިތުރުން، ހައިކޯޓު ދެކުނު ގޮފީން ނިންމާފައިވާ ޤަޟިއްޔާތަކާއި ނެރޭ އަމުރުތައް މިވެބްސައިޓުގައި ޝާއިޢުކުރެވުމުން ދާނެއެވެ. އަދި ހައިކޯޓު ދެކުނު ގޮފިން ދެމުންގެންދާ ޚިދުމަތްތައް ހޯދުމަށް ބޭނުންވާ ފޯމްތައްވެސް މި ވެބްސައިޓުން ފަސޭހަކަމާއެކު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އިތުރަށް ވިދާޅުވުމަށް...

ހައިކޯޓުގެ ސަރަޙައްދީ ގޮފިތައް އުފެދުނުފަހުން އެސަރަޙައްދުތަކުން އިސްތިއުނާފަށް ހުށަހެޅި މައްސަލަތަކުގެ އަދަދު މިއަހަރުގެ މިހާތަނަށް %119 އިތުރުވެއްޖެ

HCstat1

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ސަރަޙައްދީ ގޮފިތައް ޤާއިމުކުރާ ގޮތަށް ހަމަޖެހުނު ފަހުން އެސަރަޙައްދުތަކުން އިސްތިއުނާފަށް ހުށަހެޅި މައްސަލަތަކުގެ އަދަދު މިއަހަރުގެ މިހާތަނަށް %119 އިތުރުވެއްޖެ އެވެ.

އިތުރަށް ވިދާޅުވުމަށް...

ހައިކޯޓު ދެކުނުގޮފީގެ މުވައްޒަފުންގެ ތަރާވީސް 1437

tharaavees

ހައިކޯޓު ދެކުނުގޮފީގެ މުވައްޒަފުން އިސްނަންގަވައިގެން، ސ.ހުޅުދޫމީދޫގައި ޝަރުޢީދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންނަށް 27 ޖޫން 2016 ވަނަ ދުވަހުގެ ރޭ ތަރާވީހެއް ބާއްވައިފިއެވެ. މި ތަރާވީހަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދެވުނު ޙަރަކާތެކެވެ.

އިތުރަށް ވިދާޅުވުމަށް...

ވަޒީފާގެ ފުރުޞަތު

 ދިވެހިރާއްޖޭގެ ހައިކޯޓު ދެކުނު ގޮފީގެ އެސިސްޓެންޓް ލީގަލް އޮފިސަރ ކަމުގެ މަޤާމާއި، ޑްރައިވަރ ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު 09 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ވަނީ ހުޅުވައިލެވިފައެވެ.

 

އިޢުލާނު ވިދާޅުވުމަށް

ހައިކޯޓު/ ދެކުނު ގޮފީގެ ފަނޑިޔާރުން ހަމަޖެއްސުމާ ބެހޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރު

ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ، ދެ ސަރަހައްދެއްގައި ޤާއިމުކުރަންޖެހޭ ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ، ދިވެހިރާއްޖޭގެ ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސްފާރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއްކަމަށް ބުނެވިދިޔަ ޤާނޫނުގެ 35 ވަނަ މާއްދާގެ (ޅ)ގައި ކަނޑައެޅިބަޔާންވެފައި އޮންނައޮތުމަށާއި، ފަނޑިޔާރުން ހަމަޖެއްސުމުގައި ރިޢާޔަތްކުރަންޖެހޭނެކަމަށް ޤާނޫނުގައި ބުނެފައިވާ ކަންކަމުގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ މައްޗަށާއި ޝަރުޢީ ހަމަތަކުގެ މައްޗަށް ވިސްނާބެލުމަށްފަހު، ޤާނޫނު ނަންބަރު 2010/22  (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން ޤާއިމުކުރެވިފައިވާ ހައިކޯޓު/ ދެކުނު ގޮފީގެ ފަނޑިޔާރުކަމަށް އަލްއުސްތާޛް ޝުޖާޢު އުޘްމާން (A054911/ ހިލިހިލާއާގެ، ގއ. ވިލިނގިލި) މީލާދީ ސަނަތުން 2016 ވަނަ އަހަރުގެ މެއި މަހުގެ 23، ހިޖުރީސަނަތުން1437 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 16 ވަނަ ދުވަހު ބޭއްވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، މިކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ވަނީ ނިންމަވާފައެވެ.


ހައިކޯޓު / ދެކުނު ގޮފީގެ ފަނޑިޔާރުން ހަމަޖެއްސުމާ ބެހޭ ިދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރު ވިދާޅުވުމަށް

ހ.ލޮބީ، ޙުސެއިން ހުމާމްގެ ވަކީލާ ޙަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ޚަބަރާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނުރެއްވި ނޫސް ބަޔާން

highcourtnoos

ހ.ލޮބީ/ ޙުސެއިން ހުމާމް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނަންބަރު: 2014/HC-A/180 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް، ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ވެސް ލިބިފައިނުވާކަމަށް ވިދާޅުވެ، ހ.ލޮބީ/ޙުސެއިން ހުމާމް އަޙްމަދުގެ ވަކީލު، އަލްއުސްތާޛު ޢަބްދުﷲ ޙަސީން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކެވި ވާހަތަކާ ޙަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ޚަބަރާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުން ނުރެއްވި ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖައްސަވައިފި

didi

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖެއްސުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ. ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖެއްސުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވާފައިވަނީ އެ މަޤާމަށް ކުރިމަތިލެއްވި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ” އިން ކަނޑައަޅުއްވާފައިވާ ކްރައިޓީރިއާ އާ އެއްގޮތަށް މާކްސް ދެއްވައި، އިންޓަރވިއު ކުރެއްވުމަށްފަހު އެކޮމިޓީން ކޮމިޝަނަށް ހުށަހެޅުއްވި ކަރުދާހުގައިވާ ފަރާތްތަކުގެ ތެރެއިން، ހައިކޯޓުގެ އިސްފަނޑިޔާރަކު ހަމަޖެއްސުމަށް މިއަދު އެ ކޮމިޝަނުގައި ނެގުނު ސިއްރު ވޯޓުންނެވެ. އަލްއުސްތާޛު ޢަބްދުﷲ ދީދީއަކީ، ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމާ ހަމައަށް އެމަނިކުފާނު ހުންނެވީ ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައެވެ. އަލްއުސްތާޛު ޢަބްދުﷲ ދީދީ ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި ޖުވެނައިލް ކޯޓުގެ ޤާޟީކަމާއި ގއ. ދެއްވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމާއި ކ. ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، ކޯޓު ނަންބަރު 2 ގެ ޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން ޖުޑީޝަލް ކައުންސިލްގެ މެންބަރު ކަމާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމާއި އެ ކޮމިޝަންގެ ނާއިބު ރައީސް ކަން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ކުރައްވާފައިވެއެވެ.

އިޢުލާން – ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މި ޑިޕާޓްމަންޓްގެ ބޭނުމަށް ސ.ހުޅުދޫއާއި، ސ.މީދޫއިން ކުއްޔަށް ހިފާފައިވާ 3 ގޭގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
މަސައްކަތުގެ މައުލޫމާތު ޝީޓް މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 20 ޑިސެމްބަރ 2015 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން 7786365 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އިޢުލާނާއި މަޢުލޫމާތު ޝީޓް ވިދާޅުވުމަށް

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ފެށުމަށްޓަކައި ފަނޑިޔާރުން އައްޑޫ ސިޓީއަށް ވަޑައިގެންފި

Image-1

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ފެށުމަށްޓަކައި އެ ގޮތްޕަށް ހަމަޖައްސަވާފައިވާ 3 ފަނޑިޔާރުން އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. ހައިކޯޓު ދެކުނު ގޮތްޕައް ހަމަޖައްސަވާފައިވާ 3 ފަނޑިޔާރުންނަކީ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އެވެ.

އިތުރަށް ވިދާޅުވުމަށް...

ހައިކޯޓުގެ އުތުރާއި ދެކުނު ގޮތްޕަށް ބޭނުންވާ އޮފީސް މެޝިނަރީސް ސަޕްލައި ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

divi

ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ހައިކޯޓުގެ ގޮފިތަކަށް ބޭނުންވާ އޮފީސް މެޝިނަރީސް ސަޕްލައި ކުރުމުގެ މަސައްކަތް ޑިވިޜަން އޮފް އޯޑިއޯ ވިޝުއަލް އާ ޙަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި މިއަދު އޮތް ރަސްމިއްޔާތުގައި، ޑިޕާޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސިސްޓެންޓް ޑިރެކްޓަރ އަމީރާ އަބްދުއްރަޝީދެވެ. އަދި ޑިވިޜަން އޮފް އޯޑިއޯ ވިޝުއަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ ޝިރާޒް މުސްތޮފާއެވެ.

އިތުރަށް ވިދާޅުވުމަށް...

ފަހުގެ ޚަބަރުތައް