"ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އަށް ފަނޑިޔާރުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް

thumbnail image1

thumbnail image0

 20210826 130408

 

ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުުޤޫބާތު) ގެ 1000 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކުލަވާލައްވާފައިވާ "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" (ނަންބަރު 02/2021) އާ ގުޅޭ ތަމްރީން ޕްރޮގްރާމްތަކެއް، ކްރިމިނަލް ކޯޓުގެ ޤާޟީންނާއި މެޖިސްޓްރޭޓުންނަށް އަމާޒުކޮށް 2021 އޮގަސްްޓް 22 އިން 25 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ 01 ޖުލައި 2021 ގައި ޢާންމު ކުރެވިފައިވާ "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އަށް 01 ސެޕްޓެމްބަރ 2021 ގައި ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާތީ، ޤާޟީންނާއި މެޖިސްޓްރޭޓުން މި އުޞޫލަށް އަޙުލުވެރިކުރުވުމެވެ.

މި ޕްރޮގްރާމްގައި، މުޅި އުސޫލަށް އަހުލުވެރިކުރުވުމުގެ އިތުރުން، އުސޫލު އެކުލަވާލެވުނު މަޤުސަދު ސާފުކޮށްދިނުމާއި އުސޫލަށް ޢަމަލުކުރާއިރު ފަނޑިޔާރުން ސަމާލުކަން ދެއްވަންޖެހޭ ކަންކަން އޮޅުންފިލުވައިދެވިފައިވެއެވެ.

ސިލްސިލާ ސެޝަންތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކްރިމިނަލް ކޯޓުގެ ޤާޟީންނާއި މެޖިސްޓްރޭޓުން ހިމެނިވަޑައިގަންނަވާގޮތަށް ޖުމްލަ 99 ޤާޟީން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ތަމްރީން ޕްރޮގްރާމްތައް ފެސިލިޓޭޓްކޮށްދެއްވީ، ކްރިމިނަލް ކޯޓުގެ ޤާޟީ  އަލްއުސްތާޛު އާދަމް މުޙައްމަދު އަދި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް އާރިފްއެވެ. މީގެ އިތުރުން، މެޖިސްޓްރޭޓުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި، ގެސްޓް ފެސިލިޓޭޓަރުންގެ ގޮތުގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ  އަލްއުސްތާޛު އަޙްމަދު ޝަކީލު އާއި ޤާޟީ  އަލްއުސްތާޛު މުޙައްމަދު މިޞްބާޙްބައިވެރިވެ ވަޑައިގެންނެވިއެވެ.    

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno