"ޓްރޭނިންގ ވާރކްޝޮޕް އޮން އިފެކްޓިވެ އެޖުޑިކޭޝަން އޮފް މެރިޓައިމް ކޭސަސް އިން އަ ކައިންޓަރ ޓެރަރިޒަމް ކޮންޓެކްސްޓް" ގެ ނަމުގައި ފަނޑިޔާރުންނަށް ޕްރޮގްރާމެއް ފެށުން.

"ޓްރޭނިންގ ވާރކްޝޮޕް އޮން އިފެކްޓިވެ އެޖުޑިކޭޝަން އޮން މެރިޓައިމް ކޭސަސް އިން އަ ކައުންޓަރ ޓެރަރިޒަމް ކޮންޓެކްސްޓް" ގެ ނަމުގައި 2 ދުވަހުގެ ޕްރޮގްރާމެއް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް އަމާޒުކޮށް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ، 'ސަޕޯރޓް ޓު މޯލްޑިވްސް އޮން ކައުންޓަރ ޓެރަރިޒަމް' ޕްރޮޖެކްޓްގެ ދަށުން، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާއި ޖުޑީޝަލް އެކެޑަމީ ގުޅިގެން 2021 ޖުލައި 11 އިން 12 އަށް ވަރޗުއަލްކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގެ މަޤްޞަދަކީ، މެރިޓައިމާއި ޓެރަރިޒަމްއާ ގުޅޭ ކަންކަމުގައި މައްސަލަތައް ނިންމުމަށްޓަކައި ފަނޑިޔާރުންނަށް ބޭނުންވާނެ މުހިއްމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމެވެ. މިގޮތުން މި ޕްރޮގްރާމްގައި އަލިއަޅުވާލާނެ ބައިތަކުގެ ތެރޭގައި،  މިފަދަ ކަންކަމުގައި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސް، މެރިޓައިމް މައްސަލަތަކުގައި ހެކި ހޯދުމާއި އެކަމުގައި ދިމާވާ ގޮންޖެހުންތައް، މެރިޓައިމް ޒޯންތަކާއި އެ ޒޯންތަކުގެ އިޙްތިޞާސްތައް، އަދި ފަނޑިޔާރުންގެ ދައުރާއި އިފެކްޓިވް ކޭސް މެނޭޖްމަންޓް އާއި ބެހޭގޮތުން އެމެރިކާ އާއި އިނގިރޭސިވލާތުގެ އެކްސްޕަރޓް ޖަޖުންގެ ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ.

މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ކްރިމިނަލް ކޯޓު އަދި ޑްރަގް ކޯޓުގެ ޤާޟީން އަދި މެޖިސްޓްރޭޓުން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި މި ޕްރޮގްރާމްގެ ފެސިލިޓޭޓަރުންގެ ގޮތުގައި  ޔޫ.އެން.އޯ.ޑީ.ސީ ގެ ކަމާބެހޭ މާހިރުންގެ އިތުރުން، ޕެނަލިސްޓުންގެ ގޮތުގައި އެމެރިކާ އަދި އިނގިރޭސިވިލާތުގެ އެކްސްޕާރޓް ޖަޖުން ބައިވެރިވެ ވަޑައިގަންނަވައެވެ.