ޔޫ.އެން.އޯ.ޑީ.ސީ އާއި އެކު ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމްއާއި ގުޅޭ ޓްރެއިނިންގ އޮފް ޓްރެއިނާސް (ޓީ.އޯ.ޓީ) ޕްރޮގްރާމް

 

Capture10.png

ޔުނައިޓަޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާއި ކައުންޓަރ ޓެރަރިޒަމް ކޮމިޓީ އެގްޒެކަޓިވް ޑައިރެކްޓޮރޭޓް (ޔޫ.އެން.ސީ.ޓީ.އީ.ޑީ) ގުޅިގެން ރާއްޖޭގައި 2019 ވަނަ އަހަރު ވަނީ، ކައުންޓަރ ޓެރަރިޒަމްއާ ގުޅޭގޮތުން ޖޮއިންޓް އެސެސްމަންޓެއް ކުރިއަށް ގެންގޮސްފައެވެ. މި އެސެސްމަންޓާއި ގުޅިގެން، ރާއްޖެއަށް ދެފަހަރެއްގެ މަތީން ވަނީ މިޝަންތައް ވަޑައިގެން މަޝްވަރާ ބައްދަލުވުންތައް ބޭއްވިފައެވެ. މިގޮތުން، ދެވަނަ މިޝަންގެ މަޝްވަރާތަކުގައި، ކައުންޓަރ ޓެރަރިޒަމް އާއި ގުޅުން ހުރި ދާއިރާތަކާއެކު ރައުންޑް ޓޭބަލް މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވެއެވެ. 

ކައުންޓަރ ޓެރަރިޒަމް ޓްރެއިނިންގް އޮފް ޓްރެއިނާސް ޕްރޮގްރާމް (ޓީ.އޯ.ޓީ) އަކީ މި މަޝްވަރާތަކުން 2020 ގައި ތަރައްޤީވެގެން އައިސްފައިވާ ޕްރޮގްރާމެކެވެ.  

"ޓްރެއިން ދަ ޓްރެއިނަރ ވަރކްޝޮޕް ފޮރ ޖަޖަސް ފޮރ ދަ އިފެކްޓިވް އެޑްޖުޑިކޭޝަން އޮފް ޓެރަރިޒަމް ކޭސަސް"ގެ ނަމުގައި ކުރިއަށް ގެންދާ މި ޓީ.އޯ.ޓީ ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް އާ ގުޅޭ ތަފާތު އެސްޕެކްޓް ތަކަށް ފަނޑިޔާރުން އަހުލުވެރި ކުރުމާއި، ޓީ.އޯ.ޓީ ޕްރޮގްރާމުން ޙާޞިލް ކުރެވޭ މަޢުލޫމާތު، މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން މެދުވެރިކޮށް ދާއިރާގެ އެހެން ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ. މި ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައި ދެއްވަނީ ޔޫ.އެން.އޯ.ޑީ.ސީ.ގެ ފަރާތުން ކަނޑައަޅުއްވާފައިވާ ކަމާގުޅޭ ފަންނީ މާހިރުންނެވެ.

މި ޓީ.އޯ.ޓީ ޕްރޮގްރާމުގެ ދެ ބުރު ކުރިއަށް ގެންދާއިރު، ޕްރޮގްރާމުގެ ފުރަތަމަ ބުރު މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ވަނީ ހިންގާފައެވެ. ޖުލައި 03 އިން 05 އަށް ކުރިއަށް މި ގެންދާ ޓީ.އޯ.ޓީ ޕްރޮގްރާމުގެ ދެވަނަ ބުރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިތުރުން ސުޕީރިއަރ ކޯޓުތަކުގެ ޤާޟީން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިގޮތުން،  މި ޓީ.އޯ.ޓީ ޕްރޮގްރާމުގެ ދެވަނަ ވަނަ ބުރުގައި ޖުމްލަ 16 ފަނޑިޔާރުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ދެވިފައެވެ.