ޕީއެސްއައިޕީ ޕްރޮޖެކްޓް ތަކުގެ ތެރެއިން 3 ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

agreement.JPG

ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓް އިމާރާތާގުޅޭ؛

2021 ވަނަ އަހަރަށް ޖުޑިޝަރީ ދާއިރާއަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. އަދި މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ފާތިމަތު އިމްތިސާލް ސަޢުދުﷲއެވެ.

4،767،379.17 ރ. (ހަތަރު މިލިއަން ހަތްލައްކަ ފަސްދޮޅަށް ހަތްހާސް ތިންސަތޭކަ ހަތްދިހަނުވަ ރުފިޔާ ސަތާރަ ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 270 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ގދ.ވާދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތާގުޅޭ؛

2021 ވަނަ އަހަރަށް ޖުޑިޝަރީ ދާއިރާއަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، ގދ.ވާދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. އަދި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ މުރުޝިދާ އަލި މަނިކްއެވެ.

4،921،880.00 ރ. (ހަތަރު މިލިއަން ނުވަލައްކަ އެކާވީސްހާސް އައްސަތޭކަ އައްޑިހަ ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތާގުޅޭ؛

2021 ވަނަ އަހަރަށް ޖުޑިޝަރީ ދާއިރާއަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. އަދި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ މުރުޝިދާ އަލި މަނިކްއެވެ.

4،916،580 ރ. (ހަތަރު މިލިއަން ނުވަލައްކަ ސޯޅަހާސް ފައްސަތޭކަ އައްޑިހަ ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.