ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނަށް ޝަރުއީ ދާއިރާގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ބައެއްގެ ގޮތުން މި މައުލޫއާގުޅޭ ސެންސިޓައިޒޭޝަން ސެޝަންތަކެއް، އޭޕްރީލް މަހުގެ 3 ން 6 އަށް، ޖުޑީޝަލް އެކެޑަމީގެ ފަރާތުން ކުރިއަށް އެބަގެންދެއެވެ.  

މި ޕްރޮގްރާމްގައި، ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި، އަދި ޖިންސީ ކުށްތައް ހުއްޓުވުމަށްޓަކައި މުޖުތަމަޢުގައި އުޅޭއިރު ވިސްނަންޖެހޭ ކަންކަމާއި، އަދި ޝަރުއީ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، މިދާއިރާގެ މުވައްޒަފުން ވިސްނުން މުހިންމު ކަންތައްތަކަށް އަލިއަޅުވާލާނެއެވެ. މިގޮތުން ހިމެނިގެންދާނެ މުހިއްމު ބައިތަކުގެ ތެރޭގައި، އީކުއަލިޓީ އަދި އިކުއިޓީ، ސޯޝަލައިޒޭޝަން، ޖެންޑަރ ބޭސްޑް ބިހޭވިއަރ، ޖެންޑަރ ސްޓީރިއޯޓައިޕިނގް، ޖެންޑަރ ސެންސިޓިވިޓީ، ޖެންޑަރ ބްލައިންޑްނަސް، އިމްޕާރޝަލިޓީ އަދި އެމްޕަވަރމަންޓް ނުވަތަ ބާރުވެރިކުރުވުމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ.

މި ޕްރޮގްރާމްގެ މިބުރު އަމާޒުކޮށްފައިވަނީ މާލޭގެ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ލީގަލް މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ މުވައްޒަފުންނަށެވެ. މިގޮތުން، މި ބުރުގައި ޖުމްލަ 80 މުވައްޒަފުން ބައިވެރިވެއެވެ.

މި ޕްރޮގްރާމަކީ، ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށް ބޭއްވޭ ޕްރޮގްރާމެއް ކަމުން، މި ޕްރޮގްރާމްގެ އެކި ބުރުތައް މިއަހަރުގެ ތެރޭ ބަހާލައިގެން ކުރިއަށް ގެންދެވޭނެއެވެ. އަދި މި ދެ ޤާނޫނުގެ ދަށުން އެކުލަވާލާ ޤަވާއިދުތައް ތަންފީޒު ކުރަން ފަށާއިރު، ފަނޑިޔާރުންނަށް އަމާޒުކޮށްވެސް މި ޕްރޮގްރާމްގެ ދަށުން، ޤަވާއިދަށް އަހުލުވެރި ކުރުވުމާއި، ސެންސިޓައިޒޭޝަން ސެޝަންތައް ހިންގޭނެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނަށް ޝަރުއީ ދާއިރާގެ މުވައްޒަފުން އަހުލުވެރި ކުރުވުމަށް ހިންގޭ މި ޕްރޮގްރާމަކީ، ބްރިޓިޝް ހައިކޮމިޝަންގެ ސަޕޯޓާއިއެކު ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އިން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ފޯރުކޮށްދެމުންދާ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައިދެއްވަނީ ޔޫ.އެން.ޑީ.ޕީން ހަމަޖައްސަވާދެއްވާފައިވާ ކޮންސަލްޓަންޓް އަލްއުސްތާޛާ އާމިނަތު އަރީޖް ޙުސައިންއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޓެކްނިކަލް ބޭފުޅުންގެ އެހީވެސް ވަނީ ހޯދިފައެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno