ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމަށް ހ.ވަލަންޖު، މާލެ، އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފް ޢައްޔަން ކުރަށްވައިފި

qq.jpeg

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ 8 ވަނަ ނަންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމަށް ހ.ވަލަންޖު، މާލެ، އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފް ޢައްޔަން ކުރަށްވައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމަށް އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފް ޢައްޔަން ކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާޢިޝަތު ރިޒްނާ އެވެ.

 

Haneef 1.jpg

އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފް ޝަރުޢީދާއިރާގައި ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވީ 24 ޖެނުއަރީ 2019 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ލީގަލް އޮފިސަރެއްގެ މަޤާމުގައެވެ. އެއަށްފަހު 06 ނޮވެމްބަރ 2019 ގައި ލީގަލް މަޤާމުތަކުގެ އޮނިގަނޑަށް ގެނެވުނު އިސްލާހާއި ގުޅިގެން ލީގަލް އޮފިސަރަކަށް ބަދަލުވެގެން ދިޔައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު އިސްލާހަށްފަހު މީގެ ކުރިންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް ސ. ހުޅުދޫ، ރަތްވިލާގެ އަލްއުސްތާޛާ ރަޢުފާ ޙައިދަރު 12 ޖަނަވަރީ 2020 ގައި ޢައްޔަން ކުރެވިފައެވެ. އަދި އެއަށްފަހު 17 ފެބްރުއަރީ 2020 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމަށް އަލްއުސްތާޛު ފައިސަލް އާދަމް އައްޔަންކުރެވިގެން ދިޔައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރަރގެ މަޤާމަށް އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފް އައްޔަނުކުރެވިގެން ދިޔައީ 20 އޮކްޓޫބަރ 2020 ވަނަ ދުވަހުއެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno