ފަންޑަމެންޓަލް ރައިޓްސް އެންޑް ޖުޑީޝަލް ކޮންޑަކްޓް އިން ތިޔަރީ އެންޑް ޕްރެކްޓިސް ނަމުގައި ހިންގި ޓްރޭނިންގ ޕްރޮގްރާމް ނިމިއްޖެ

ސުޕީރިއަރ ކޯޓުތަކުގެ ޤާޟީންނާއި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން 27 ސެޕްޓެމްބަރ 2020 އިން 1 އޮކްޓޫބަރ 2020 އަށް ކުރިއަށްގެންދެވުނު ފަންޑަމެންޓަލް ރައިޓްސް އެންޑް ޖުޑީޝަލް ކޮންޑަކްޓް އިން ތިޔަރީ އެންޑް ޕްރެކްޓިސް ނަމުގައި ހިންގި ޓްރޭނިންގ ޕްރޮގްރާމް 01 އޮކްޓޫބަރ 2020 ވަނަ ދުވަހު ނިމިއްޖެއެވެ. މި ޓްރޭނިންގ ހިންގާފައިވަނީ މެކްސް ޕްލޭންކް ފައުންޑޭޝަން ފޮރ އިންޓަރނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އާގުޅިގެން ޖުޑީޝަލް އެކެޑަމީއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

އޮންލައިންކޮށް ފަސް ދުވަހުގެ މުއްދައްތަށް ހިންގި މި ތަމްރީނު ޕްރޮގްރާމުގައި ސުޕްރީއަރ ކޯޓުތަކުގެ ޤާޟީންނާއި  މެޖިސްޓްރޭޓުންގެ 59 ބޭފުޅަކަށް ފުރުޞަތު ދެވިފައި ވެއެވެ. މި ތަމްރީނު ޕްރޮގްރާމްގެ ރިސޯސް ބޭފުޅުންނަކީ މެކްސް ޕްލޭންކް ފައުންޑޭޝަންގެ ފަރާތުން ކަނޑައެޅުއްވި ތަޖުރިބާ ލިބިފައިވާ ރާއްޖޭން ބޭރުގެ ބޭފުޅުންނެވެ. މި ޕްރޮގްރާމްގެ ނިމުން ފާހަގަކުރި ބައްދަލުވުމުގައި  ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ ބައިވެރިންނާ މުޚާޠަބުކޮށް ވާހަކަ ދައްކަވައިފައިވެއެވެ. އެކަމަނާގެ ވާހަކަފުޅުގައި މި ފަދަ ތަމްރީނުތައް ބޭއްވުމުގެ ބޭނުމަކީ ޢަދުލު އިންސާފު ޤާއިމު ކުރުމަށްޓަކައި ފަނޑިޔާރުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ ފަނޑިޔާރުންގެ ޤާބިލްކަން އިތުރު ކުރުން ކަމުގައި ފާހަގަކުރަށްވާފައިވެއެވެ.