ޝަރުޢީދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްއުސްތާޛު އިބްރާހީމް ވަޙީދު ޢަލީ ރިޓަޔަރ ކުރައްވައިފި

 1.jpg

ޝަރުޢީދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްއުސްތާޛު އިބްރާހީމް ވަޙީދު ޢަލީ މިއަދު 23 އޮގަސްޓު 2020 ގައި ރިޓަޔަރ ކުރައްވައިފިއެވެ. އަލްއުސްތާޛު އިބްރާހީމް ވަހީދު ޢަލީ އަކީ ޝަރުޢީދާއިރާއަށް މެދުނުކެނޑި 23 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު އިބްރާހީމް ވަޙީދު ޢަލީ އަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން އަރަބި ބަހުގެ ރޮނގުން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި އަރަބިބަހުގެ އުސްތާޛެކެވެ. އަދި 2016 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވެސް ވަނީ ފުރިހަމަ ކުރައްވާފައިވެއެވެ.

Waheed PIC.jpg

އަލްއުސްތާޛު އިބްރާހީމް ވަޙީދު ޢަލީ ޝަރުޢީދާއިރާގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ 1997 ވަނަ އަހަރު އެވެ. އެގޮތުން އެމަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ކޯޓު ނަންބަރު 1 ގެ ޤާޟީ ކަމުގެ މަޤާމު، މަދަނީ ކޯޓުގެ ޤާޟީ ކަމުގެ މަޤާމް، ޖިނާޢީ ކޯޓުގެ ޤާޟީ ކަމުގެ މަޤާމް، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީ ކަމުގެ މަޤާމް، ޢާއިލާ އާ ބެހޭ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާރ ކަމުގެ މަޤާމް، ޢާއިލާއާ ބެހޭކޯޓުގެ މަޢުޒޫނު ކަމުގެ މަޤާމް، ޚާއްޞަ މަޢުޒޫނު ކަމުގެ މަޤާމް، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމް، ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމް އަދި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑަމީ ގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުވެސް ވަނީ ފުރުއްވާފައެވެ.

އެމަނިކުފާނު ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް ޚާއްސަކޮށް ޝަރުޢީ ދާއިރާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަދު ވަނީ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. ކޮވިޑް 19 އާއި ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންއާއި އެއްގޮތްވާ ގޮތުގެ މަތިން މިއަދު ބޭއްވި ރަސްމިއްޔާތުގައި އަލްއުސްތާޛު އިބްރާހީމް ވަޙީދު ޢަލީ ވިދާޅުވީ އެމަނިކުފާނު އެންމެ ހިތާމަފުޅު ކުރައްވަނީ އެމަނިކުފާނު ރިޓަޔަރ ވެގެން ވަޑައިގަންނަވާއިރު ކޮވިޑް19 އާއި ގުޅިގެން ދިމާވެފައިވާ މިހާލަތާއި ގުޅިގެން އެމަނިކުފާނާއިއެކު މަސައްކަތްކުރެއްވި މުވައްޒަފުންނާއި އެއްތަނަކުން ބައްދަލުކޮށް ނުލެވޭތީ ކަމުގައެވެ. އެހެންނަމަވެސް މުވައްޒަފުންނަށް އޮތް އެމަނިކުފާނުގެ އިލްތިމާސްއަކީ ކޮންމެ މުވައްޒަފަކުވެސް ވަޒީފާ އަދާކުރުމުގައި ތެދުވެރި ވުމަށާއި އަމާނާތް ތެރިވުމަށާއި އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން މަސައްކަތްކުރެއްވުމަށެވެ. އަދި އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ޝަރުޢީދާއިރާގެ އެކުވެރިއެއް ގޮތުގައި ކަމަށާއި އެމަނިކުފާނުގެ އެހީތެރިކަން ބޭނުންވެލެއްވި ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

އަލްއުސްތާޛު އިބްރާހީމް ވަޙީދު ޢަލީ އަށް ޝަރުޢީދާއިރާގެ ހުރިހައި ބޭފުޅުންގެ ފަރާތުން ޝުކުރު އަދާކޮށް ފުރިހަމަ ސިއްހަތާއި ކާމިޔާބީ ލިބިވަޑައިގަތުމަށް އެދެމެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno