ފަނޑިޔާރުންގެ މަހާސިންތާ 2020 މިއަދު ނިމިއްޖެ

13.png

ފަނޑިޔާރުންގެ މަހާސިންތާ 2020 މިއަދު ނިމިއްޖެއެވެ. 2020 ފެބުރުވަރީ 19 އިން 20 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މަހާސިންތާގައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން ފުރަތަމަ ދުވަހުގެ ސެޝަންގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގެ ހެކިބަސް ނެގުމުގައި ކްރިމިނަލް ކޯޓަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ޕްރެޒެންޓޭޝަނެއް ހުށަހަޅާދެއްވިއެވެ. އަދި ޖިނާއީ ޢަދުލުގެ ނިޒާމަކީ އަވަހަށް އިންސާފު ޤާއިމުކޮށްދޭ، ޚަރަދު ކުޑަ ނިޒާމަކަށް ހެދުމަށް މެދުކެނޑުމެއް ނެތި ޝަރީޢަތް ހިންގުމުގެ މުހިންމުކަމާއިގުޅޭ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަދި ކުޑަކުދިންނާ ދެކޮޅަށް ކުރާ ކުށްތަކުގެ މައްސަލަތައް ކުރިޔަށް ގެންދިޔުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ބަލާލާ އާރކް އަދި ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުންވެސް ޕޭޕަރެއް ހުށަހަޅާ ދެއްވިއެވެ.

ދެވަނަ ދުވަހުގެ ސެޝަންގައި ކުރިއަށްދިޔައީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. މި ކަރުދާސް ހުށަހަޅުއްވައި ދެއްވީ ޖުވެނައިލް ކޯޓުގެ ފަރާތުންނެވެ. އަދި ކޯޓުތަކާއި ގުޅިގެން މަސައްކަތް ކުރުމުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ދައުރާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވިގެން ދިޔައެވެ.

މި ކޮންފަރެސްގައި މާލޭ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ފެމިލީ ލީގަލް ކްލިނިކް،އާރކް އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ފަރާތުން ސެޝަންތަކުގައި ބައިވެރިވެވަޑައިގެން ޕޭޕަރު ހުށަހަޅާ ދެއްވައި މަޝްވަރާތައް ކުރެވިގެން ދިޔައެވެ.

ފަނޑިޔާރުންގެ މަހާސިންތާ އަކީ ކޮންމެ އަހަރަކުވެސް ޤަޟާއީ އަހަރު ފެށުމުގެ ރަސްމިއްޔާތައްފަހު ކުރިއަށްގެންދާ މަހާސިންތާއެކެވެ. މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ އިފްތިތާޙްކޮށްދެއްވީ 2020 ފެބުރުވަރީ 18 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވުނު ޤަޟާއީ އަހަރު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.  

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno