ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލެއިން ބިމެއް ސަރުކާރުން ހަމަޖައްސަވައި ދެއްވައިފި

2.jpeg

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލެއިން ބިމެއް ސަރުކާރުން ހަމަޖައްސަވައި ދެއްވައި އެ ބިން ހާވާލުކުރި ކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ކޯޓުތަކުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި އަޅާ ދިހަ ބުރީގެ ހަތަރު ޓަވަރު އެޅުމަށްޓަކައި 37494 އަކަ ފޫޓުގެ ބިން ހަމަޖެއްސި ކަމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރެވެ.  

2020 ވަނަ އަހަރުގެ ބެޖެޓުގައި ހިމަނައިގެން ހުޅުމާލޭގައި އަޅަން މި ނިންމި މިކޯޓު ކޮމްޕްލެކްސްގެ ފުރަތަމަ ފިޔަވަހީގައި 10 ބުރީގެ އެއް ޓަވަރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯޓު ކޮމްޕްލެކްސް ޚާއްޞަ ކުރެވިގެންދާނީ ސިވިލް ކޯޓު، ފެމިލީ ކޯޓު އަދި ޖުވެނައިލް ކޯޓުގެ މަސައްކަތްތަކަށެވެ. އެގޮތުން ޒަމާނީ ވަސީލަތްތަކާއިއެކު ޙިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ފަދައިން މި އިމާރާތުގެ ހިދުމަތްތައް ޤާއިމު ކުރެވިގެންދާނެއެވެ. މި އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އަދި ދެވަނަ ފޭސްގައި ބާކީހުރި އެހެން ކޯޓުތަކަށް މި ބިމުގައި ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރެވިގެން ދާނެއެވެ.

ޝަރުޢީދާއިރާއަށް މިއަހަރު ކަނޑައަޅާފައިވާ ބަޖެޓުން އައްޑޫ ސިޓީގައިވެސް ކޯޓު ކޮމްޕްލެކްސް އެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނިފައިވާ ފަދައިން ރާއްޖޭގެ އުތުރާއި ދެކުނުގައި ޑިސްޓްރިކްޓް ކޯޓުތައް ޤާއިމު ކުރެވިގެން ދާނެއެވެ. އެގޮތުން މާލޭގައި ހުރި ސުޕީރިއަރ ކޯޓުތަކުން އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މި ދެންނެވި ޑިސްޓްރިކްޓް ކޯޓުތަކުންވެސް ފޯރުކޮށްދެމުން ދާނެއެއެވެ.

މިއަދުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރު ވިދާޅުވީ "ސަރުކާރުގެވެސް ވަރަށްބޮޑު އަމާޒެއް އެއީ އާންމުންނަށް ފަސޭހަކަމާ އެކީގައި އަދުލު އިންސާފަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ ހުރިހައި ކަންތައްތަކެއް ކޮށްދިނުން. އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިމާރާތުގައި ހިނގަމުން އަންނަ ކޯޓުތަކަށް ސްޓޭންޑް އެލޯން ކޯޓުތަކަކަށް ބަދަލުވެގެން ދިޔުން. އަދި އަޅުގަނޑުމެންގެ ދެވަނަ އަމާޒަކީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި 95 އިން ސައްތަ މައްސަލަ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުން."

ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މާތްﷲ އިރާދަފުޅާއިއެކު އެޅިގެންދާ މި ކޯޓު ކޮމްޕްލެކްސްގެ ސަބަބުން ހައްލުވެގެން ދާނީ ކޯޓުތަކުގެ ޖާގައިގެ މައްސަލަ އެކަންޏެއް ނޫނެވެ. ކޯޓުތަކުން ނިންމާ މައްސަލަތައް އަވަސްވެ ނިންމާ މައްސަލަތަކުގެ ޢަދަދުވެސް އިތުރުވެގެންދާނެއެވެ. ސަބަބެއްކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ނަޒީރު ވިދާޅުވީ މި ކޮމްޕްލެކްގައި ގިނަ ކޯޓު ރޫމްތަކެއް ހެދިގެން ދާނެކަމެވެ. އަދި އެއްފަހަރާ ގިނަ މައްސަލަތަކެއް ބެލުމަށް ފުރުސަތު ފަހިވެގެން ދިޔުމުގެ ސަބަބުން މައްސަލަތައް ނިމޭ ރޭޓް އަވަސްވެގެން ދާނެކަމެވެ.

މި ކޯޓު ކޮމްޕްލެކްސް އެޅުމަށް ބިން ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް އަށާއި ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު އަށާއި އަދި އެޗް.ޑީ.ސީއަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޝުކުރު އަދާކުރެއްވިއެވެ.

ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ މި ކޯޓް ކޮމްޕްލެކްސްގެ ބިންގާ އެޅުން 2020 ފެބުރުވަރީ 20 ވަނަ ދުވަހު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno