ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ނެގޭނެ އިންތިޒާމް ހަމަޖެހިއްޖެ

ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ޙިދުމަތް ހޯދޯފަރާތް ތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް އެކިކަންކަމުގައި ހިދުމަތް ހޯދުމަށް އަންނަ ޢާއްމު ފަރާތްތަކަށް ލުއިފަސޭހަގޮތް ހޯދައިދިނުމަށާއި ޢާއްމުންނަށް ފޯރުކޮށްދޭ ޙިދުމަތް އަވަސްކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ކިއު ނަންބަރު ސީދާ ޑިޕާޓްމަންޓަށް އައިސް ނެގުމުގެ އިތުރުން ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.  

މި ޙިދުމަތް ބޭނުންކުރެއްވުމަށްޓަކައި ފޯނަށް ކިއުބީ އެޕްލިކޭޝަން އެޅުއްވުމަށްފަހު ރަޖިސްޓްރީ ކުރެއްވުމުން ނަންބަރު ނެގޭނެއެވެ. މި އެޕްލިކޭޝަން އެޕަލް އަދި އެންޑްރޮއިޑް ފޯނުތަކަށް ސަޕޯޓްކުރާނެއެވެ. އެޕްލިކޭޝަން އެޅުމަށްޓަކައި އެންޑްރޮއިޑް ނަމަ ޕްލޭސްޓޯރ އަދި އެޕަލް ފޯނެއް ނަމަ އެޕް ސްޓޯރ އިން ކިއުބީ އެޕް ޑައުންލޯޑް ކުރެއްވުމަށްފަހު ބޭނުންވާ ޙިދުމަތެއް ނެންގެވުމުން ކިއު ނަންބަރު ލިބޭނެއެވެ. ނަންބަރު ކެންސަލް ވުމުގެ ކުރިން ޙިދުމަތް ހޯއްދަވާ ފަރާތްތަކުން ޑިޕާޓްމަންޓަށް ވަޑައިގެން ޙިދުމަތް ހޯއްދެވުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަރަށްބޮޑު އެދުމެކެވެ.  

Q1.pngQ2.png