ޤާނޫނުލް ޢުޤޫބާތާއި ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރު ފައްޓަވައި ދެއްވައިފި

 

hgh.jpg

 

ޖުޑީޝަލް އެކެޑަމީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ޤާނޫނުލް ޢުޤޫބާތާއި ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރު، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ހުސައިން މިއަދު ފައްޓަވައި ދެއްވައިފިއެވެ. ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) އާއި ޤާނޫނު ނަންބަރު 2014/12 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) އަދި ޖިނާއީ ޢަދުލުގެ ނިޒާމާ ބެހޭ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި ޖުޑީޝަލް އެކެޑަމީން ބާއްވަމުން ގެންދާ ތަމްރީން ޕްރޮގްރާމްގެތެރެއިން 2019 ވަނަ އަހަރު ނިމުނުއިރު އެކި ސަބަބުތަކާއި ހުރެ ތަމްރީނު ނުކުރެވިތިބި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ބާއްވާ މި ތަމްރީން ޕްރޮގްރާމް ފައްޓަވައި ދެއްވަމުން ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ހުސައިން ދެއްކެވި ވާހަކަފުޅުގައި މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ މުހިއްމުކަން ފާހަގަ ކުރަށްވާފައިވެއެވެ. އެގޮތުން ޢަދުލު އިންސާފު ގާއިމުކުރުމުގެ މައިގަނޑު ތަނބަކީ ޤާނޫނުތަކަށް ފުރިހަމައަށް އަޙުލުވެރިވެލައްވައިގެން ތިއްބެވުމާއިއެކު ޤާނޫނާ އެއްގޮތަށް ހުކުމް ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދުލުވެރިކަމާއި އިންސާފުވެރިކަމާއިއެކު ހުކުމް ކުރުމުގެ ބިންގާ ރަނގަޅަށް ނޭޅިއްޖެނަމަ ރައްޔިތުންނަށް ލިބެންޖެހޭ އިންސާފެއް ނުލިބޭނެކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގެ ޝަކުވާ އަބަދުވެސް އަންނާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި މި އަހަރަކީ ޖުޑީޝަލް އެކެޑަމީއިން ހަރުދަނާކަމާއިއެކު ދެމެހެއްޓެނެވި ގޮތަކަށް ތަމްރީން ޕްރޮގްރާމްތައް ހިންގަން ރާވާފައިވާ އަހަރެއްކަން ފާހަގަ ކުރަށްވަމުން ޖުޑީޝަލް އެކެޑަމީއިން މިއަހަރު ހިންގާ ތަމްރީން ޕްރޮގްރާމް ތަކަކީ ވަކި ޤާނޫނަކަށް އަހުލުވެރިކުރުވުމުގެ ބޭނުމުގައި ނުވަތަ އަލަށް އަންނަ ގާނޫނުތަކަށް ނިސްބަތްކޮށް ހިންގާ ޕްރޮގްރާމްތަކަކަށް އެކަނި ވެގެން ނުދާނެކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދެމެހެއްޓެނެވި ގޮތަށް ފަނޑިޔާރުންނަށް ހިންގަންޖެހޭ ތަމްރީން ޕްރޮގްރާމްތަކާއި، ޤާނޫނުތަކަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތަކާއި، އަދި ރިފްރެޝަރ ޕްރޮގްރާމްތައް ހިންގުން އެއީ ރޭވިގެން އިންތިޒާމް ކުރެވިގެން ކޮންމެ އަހަރަކުވެސް ކަލަންޑަރުގައި ހިމަނައިގެން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެފުރުސަތުތައް ހޯދައިދީގެން ހިންގޭ ޕްރޮގްރާމް ތަކަކަށް ހެދުން އެއީ އެކެޑަމީގެ މިއަހަރުގެ އަމާޒަކަށް ވެގެން ދާނެކަމެވެ.

photo6188234304107161967.jpg

 

ޖުޑީޝަލް އެކެޑަމީން ހިންގާ ޕްރޮގްރާމްތަކަކީ ހަމައެކަނި ފަނޑިޔާރުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމް ތަކެއް ނޫންކަމާއި ޝަރުޢީދާއިރާގެ މުވައްޒަފުން ތަމްރީންތަކުގައި ބައިވެރިކޮށްގެން ކުރިއަށްގެންގޮސްގެން މެނުވީ ފަނޑިޔާރުގެއަށް ގެންނަން މިއުޅޭ ބަދަލު ގެނެވޭނެކަމަށް ގަބޫލުފުޅު ނުކުރެއްވޭކަމަށް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ފަނޑިޔާރުންނަށް ކިތަންމެ ރަނގަޅަށް ތަމްރީން ދެވުނު ކަމުގައިވީނަމަވެސް އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީވެސް އެ ތަމްރީން ދެވިގެން އެ އިލްމު އެނގިވަޑައިގެން ތިއްބެވި ބޭފުޅުން ކަމުގައިވާނަމަ ފަނޑިޔާރުގޭގެ މަސައްކަތް އިންތިހާއަށް ފަސޭހަވެގެންދާނެއެވެ. އަދި މަސައްކަތްތައް ލުޔިވެގެންދާނެއެވެ."

ޖުޑީޝަލް އެކެޑަމީން ކުރިއަށްގެންދާ މި ސެމިނާރު 2020 ފެބުރުވަރީ 06 ން 17 އަށް ސްޓެލްކޯގެ ސެމިނާރ ހޯލުގައި ކުރިއަށް ދާނެއެވެ.

mersin escort - escort bursa';
antalya bayan escort
kadikoy escort
bodrum escort
konya escort
astropay bozdurma
izmir escort gaziantep escort
denizli bayan escort hd sex videos
free sex video
ankara escort
sex watch
porn
kartal escort
izmir escort
izmit escort
freehdporn.mobi
porno
instagram takipci
bitcoin cloud mining