ޝަރުޢީ ދާއިރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އަދި އަހަރުގެ ރިވިއުއާ ގުޅޭ ވޯކްޝޮޕް ބާއްވައިފި

WhatsApp Image 2019-12-19 at 10.04.18.jpeg

ޝަރުޢީ ދާއިރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2023-2019 ގައި އިތުރަށް ހިމަނަންޖެހޭ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށް، ހިނގަމުންމިދާ އަހަރުގެ ރިވިއު އެކުލަވައިލުމާ ގުޅޭގޮތުން 02 ދުވަހުގެ ވޯކްޝޮޕެއް ބާއްވައިފިއެވެ. 2019 ޑިސެމްބަރު 18 އިން 19 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރެއިނިންގ ހޯލްގައި ކުރިއަށް ގެންދެވުނު މި ބައްދަލުވުމަކީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2023-2019 ގައި ހިމެނޭ ޝަރުޢީ ދާއިރާއާ ގުޅުންހުރި ކަންކަން އެގޮތުގައި ޙާޞިލުކުރުމަށް ޓަކައި ޝަރުޢީ ދާއިރާއިން އެކަށައަޅަންޖެހޭ ޕޮލިސީތަކާއި ޕްލޭންތައް އެކުލަވައިލުމާއި، ޝަރުޢީ ދާއިރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، އަދި ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭންގައި އިތުރަށް ހިމަނަންޖެހޭ ކަންކަމާގުޅޭގޮތުން މަޝްވަރާކުރުމަށް ޓަކައި ބޭއްވުނު ވޯކްޝޮޕެކެވެ.

WhatsApp Image 2019-12-19 at 10.03.11.jpeg

SAPWorkshop2019-05.jpeg

SAPWorkshop2019-02.jpeg

SAPWorkshop2019-01.jpeg

އަދި މީގެއިތުރުން، ހިނގަމުންމިދާ 2019 ވަނަ އަހަރުގެ ތެރޭގައި ކުރުމަށް ޕްލޭންކުރެވުނު ކަންތައްތަކާއި އެކަންތައްތަކުގެ ތެރެއިން ޙާޞިލުނުކުރެވިވާ ކަންކަން ޙާޞިލުކުރުމަށް ޓަކައި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ޕްލޭންކުރުމާގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ވޯކްޝޮޕްގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ފެމިލީ ކޯޓާއި، ޖުވެނައިލް ކޯޓާއި، ޑްރަގް ކޯޓުގެ އިދާރީ އިސްވެރިންގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސެކްޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.